Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހުކުރު ދުވަހުގެ މުޒާހަރާއާއި އޭގެ ކުރީދުވަހު އަތުލި މަސްތުވާތަކެއްޗާ ގުޅުމެއްވޭ!

26 މާރިޗު 2022 | ހޮނިހިރު 04:14

މާލެއިން އެންމެ ފަހުން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑަކީ ވެސް އިދިކޮޅު ކޯލިޝަންގެ އިސް ފަރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މާރިޗު 2022 | ހޮނިހިރު 04:14
އިންޑިއާ އައުޓް ކެމްޕެއިންކުރާ މީހުންނާ މަސްތުވާތަކެއްޗާ ގުޅުން އޮންނަކަމުގެ ތުހުމަތު އެކި ފަރާތްތަކުން ކުރޭ

އިންޑިއާ އައުޓް ކެމްޕެއިންކުރާ މީހުންނާ މަސްތުވާތަކެއްޗާ ގުޅުން އޮންނަކަމުގެ ތުހުމަތު އެކި ފަރާތްތަކުން ކުރޭ

އިންޑިއާ އައުޓް ކެމްޕޭނަކީ ސޯޝަލް މީޑިއާ ބޮޓުންތަކެއް ހިންގާ ކެމްޕޭނެއް ކަމަށާއި، އެކަމުގެ ފަހަތުގައި ތިބީ މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯރކުގައި ހިމެނޭ މީހުން ކަމަށް ރާއްޖޭގެ ޑިފެންސުން މީގެ ކުރިން ބުނެފައިވެއެވެ. އިންޑިއާ އައުޓް ކެމްޕެއިން ހިންގާ މައިގަނޑު އެއް ސަބަބަކީ އެކަމުގެ ތެރޭގައި ޑްރަގުގެ ވިޔަފާރިއާއި ނެޓްވޯކްތަކާއި ގުޅިފައިވާ ބަޔަކު ހިމެނިފައި، އިންޑިއާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރާތީ ކަމަށްވެސް ޑީފެންސުން މީގެ ކުރިން ބުނެފައިވެއެވެ.

ފަހުގެ ބައެއް ތާރީޚުތަކަށް ބަލާއިރު އިންޑިއާ އައުޓާއި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ވާހަކައަކީ ކޮންމެވެސް ވަރަކަށް ގުޅިފައިވާ ވާހަކަތަކެކެވެ. ހުކުރު ދުވަހުވެސް "ނޭވާ ހޮޅިއަށް" ކަމަށް ބުނެ މުޒާހަރާއެއް ބާއްވަން އުޅުނެވެ. މި މުޒާހަރާ ބޭއްވުމުގެ 24 ގަޑިއިރު ކުރިން މާލޭގެ ގެއަކުން މަސްތުވާތަކެތި އަތުލައިގެން ވާހަކަވެސް ނޫސްތަކަށް އެރިއެވެ.

މާލެސިޓީ ގެއެއްގެ ތަޅުންގަނޑު ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދި ވާހަކަ ނޫސްތަކަށް އަރަން ފެށި ހިސާބުން ތަފާތު ވާހަކަތައް މިކަމުގައި ދެކެވެން ފެށިއެވެ. މި އޮޕަރޭޝަންގައި ގާތްގަނޑަކަށް 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. ހައްޔަރު ކުރީ ސީދާ ކާކުކަމެއް ނޭނގެއެވެ.

ބައެއް މަސްދަރުތައް ބުނާގޮތުން، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ އިސް ފަރާތެއް އެކަމުގައިވާ ކަމުގެ އަޑުތައް ފެތުރުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހާއަކީ ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އަދި އެއީ މި މަސްތުވާތަކެތީގެ ބޮޑު ކަމަށް ވެސް ވެއެވެ.

މިހެން ގޮސް 2020 ވަނަ އަހަރު ވެސް އަތުލައިގަތް 130 ކިލޯގެ މަސްތުވަތާކެތީގެ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ހިމެނޭ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ޕީޕީއެމްގެ އިސްކޮށް ހަރަކާތްތެރިވި, އަދި ޕީޕީއެމްގެ ބަދަލުގައި އެހެން ޕާޓީއެއް އުފައްދަވަން މަސައްކަތްކުރައްވައި, ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އުފެއްދެވި ޕީއެންސީގެ ކައުންސިލް މެންބަރެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއިރު ފުލުހުން ވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ނެޓްވޯރކްގެ އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. މީގެ ތެރޭގައި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލި, އަދި އިދިކޮޅު ކޯލިޝަންގައި އިސްކޮށް އުޅުނު ފަރާތެއް ވެސް ހައްޔަރުކުރިއެވެ.

މީނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތަކުގައި އުޅުނު ފަރާތެކެވެ. ރައީސް ޔާމީނާ އަރިސް ވެސް ފަރާތެކެވެ. އަނެއްހެން ދަންނަވާނަމަ ރައީސް ޔާމީންގެ ރައިޓް ހޭންޑް މޭންއެކެވެ.

އެތައް ކިލޯއިން މަސްތުވާތަކެތި އިންޑިއާގެ އެހީތެރިކަމާއެކު އަތުލައިގަނެވޭ އިރު، މީގެ ތެރޭގައި ބޮޑެތި އަދަދުތަކުން ހިމެނޭ މަސްތުވާތަކެތީ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ފަރާތްތައް ހިމެނުމާއި، ރާއްޖޭގެ ޑިފެންސުން އެފަދަ ވާހަކަތަކެއް އިންޑިއާ އައުޓް ކެމްޕެއިނާ ގުޅުވައިގެން ދައްކާ އިރު، މި ވާހަކަތަކާއި މެދު ވިސްނާލާ ކޮންމެ މީހަކަށް ވެސް އެކަމުގެ ހަގީގަތް އެނގި ހާމަވާނެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ ވާހަކައާއި އިސްތިގުލާލާއި މިނިވަންކަމާއި ދެންހުރި އެއްޗެއްގެ ވާހަކަ ވިދާޅުވެ އިސް ސަފުގައި ހުންނަވައިގެން ރައީސް ޔާމީން މަސައްކަތް ކުރައްވާ އިރު، މިކަމަށް މިލިއަނުން ފަންޑުކުރާ މީހުންވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ މީހުންނާއި، ދީނުގެ ނަމުގައި ހަގީގަތާ ޚިލާފު ވާހަކަ ދައްކާ މީހުން މި ހަރަކާތުގައި ބައިވެރިވާކަމަށާއި، މީސްމީޑިއާގައި މި ހަރަކާތް ފާއިތުވި ހަތަރު މަހެއްހާ ދުވަހު ވަރަށް ބޮޑަށް ހިންގާފައިވާކަމަށެވެ.

ފަންޑުކުރާ މީހުންގެ ވާހަކަ މިހެން ދެކެވެނިކޮށް, ބައިނަލްއަގުވާމީ ނޫސްތަކަށް އަދި މާ ބޮޑު ވާހަކައެއް އަރައިފިއެވެ. މިފަހަރު ނިހާނުގެ ރޮލެކްސް ގަޑީގެ ވާހަކައެއް ނޫނެވެ. ރޮއިޓަރސްގެ ނޫސްވެރިންނަށް ފެނުނީ ރައީސް ޔާމީން ތުރުކުރައްވައިގެން ހުންނެވި ޑައިމަންޑް ޖެހި ގަޑިއެވެ. ކޮންތާކުން ހޯއްދެވި ގަޑިއެއް ކަމެއް އަދި ކިހިނެއް ލިބިވަޑައިގެންނެވި ގަޑިއެއް ކަމެއް ނޭނގެއެވެ. މިއީ ތަހުގީގީ އިދާރާތަކުން ބެލުން ރަނގަޅު ކަމެކެވެ. އެ ގަޑި ލިބުނީ އިންޑިއާ އައުޓް ކެމްޕެއިނަށް ފަންޑު ކުރައްވާ ފަރާތްތަކުންތޯ ނޫންތޯ ވެސް ބަލާލުން ރަނގަޅެވެ. ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް އައިސްފައިވާއިރު ހިތުގައި އުފެދޭ ސުވާލަކީ ރައީސް ޔާމީނަށް މިހާތަނަށް ލިބުނު ފައިސާއަކީ ހަލާލު ފައިސާތޯ ޚުދު އެމަނިކުފާނު ބެއްލެވިތޯއެވެ؟

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއިންޑިއާ އައުޓްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް