Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުުރު ޚުތުބާ

މުއައްސަސާތަކުން ކަންކަން އިންތިޒާމް ކުރާއިރު ނަމާދަށް އިސްކަން ދިނުމަށް ޚުތުބާގައި ގޮވާލައިފި

25 މާރިޗު 2022 | ހުކުރު 10:02

ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2022 | ހުކުރު 10:02
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން

ނަމާދު އަޅާ މީހުން ގިނަ ކަމަށާއި، މުއައްސަސާތަކުން ކަންކަން އިންތިޒާމް ކުރާއިރު ނަމާދަށް އިސްކަން ދިނުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ނަމާދަކީ ދީނުގެ ތަނބެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމަށެވެ. ހަނގުރާމައިގެ ޙާލަތުގައްޔާއި، ބިރުވެރިކަމުގެ ޙާލަތްތަކުގައިވެސް ނަމާދުކުރުމަށް އަންގަވާފައިވާއިރު، ބަލިމަޑުކަމުގެ ހާލަތުގައިވެސް ނަމާދު އަޅައިގެން ނުވެއެވެ. ނަމަވެސް މިއަދު ފެންނަނީ މިއާ ހިލާފު މަންޒަރެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް މީހުން ބައްޔެއްވާއިރަށް ނަމާދު ދޫކޮށްލާ ކަމަށެވެ. އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައިވާއިރު، ޝައިޠާނާ މުސްލިމުން ނަމާދާއި ދުރުކުރުމަށްޓަކައި ވަރަށް ގިނަ ޙީލަތްތަކާއި މަކަރުތައް ހަދާ ކަމަށެވެ. ޝައިޠާނާއަށް ވެގެންވާނަމަ މުސްލިމުން ނަމާދާއި މުޅިން ދުރުކުރެވޭތޯ ބަލާނެ ކަމަށާއި، އާދަކޮށް ނަމާދު ކުރާ މީހަކުނަމަ، އޭނާ ބައެއް ނަމާދުތަކާއި ދުރުހެލި ކުރެވޭތޯ ބަލާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުސްލިމުންގެ ހާލަތަށް އިޝާރަތްކޮށް ޚުތުބާގައި ބުނީ މިހާރަށް ބަލާއިރު، ގިނަ ބަޔެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައިވާ ކަމަށެވެ. ނަމާދަށް ވުރެ އެހެނިހެން ކަންކަމަށް އިސްކަންދޭ ކަމަށެވެ.

އެގޮތުން ނަމާދުގެ ވަގުތުތަކާއި ދިމާކޮށް، ދުނިޔަވީ އަމަލުތައް ރާވައި، ހިންގާތަން ފެންނަ ކަމަށާއި، ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލައްޕަން ގަވާއިދުތައް އަމުރު ކުރާތީ އެތަންތަން ލެއްޕިއަސް އެ ތަންތަނުގެ ތެރޭގައި، ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މިއަދު މިސްކިތްތައް ވަރަށް ގިނަ ކަމަށާއި، ބާޒާރުމަތީގައްޔާއި، ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި، އަތިރިމައްޗާއި ކައިރި ހިސާބުގައި، މިސްކިތްތައް އެބަހުރި ކަމަށެވެ. މަގުތައްވަނީ އަލިވެ، ހިނގާބިނގާ އުޅޭމީހުންނަށް މިސްކިތަށް ދިޔުމަށް އަމާންވެފައިވާ ކަމަށާއި، ނަމާދު ވަގުތުތަކުގައި މިސްކިތްތަކުގެ ތާޅަފިލިތަކާއި، ރޭޑިއޯއާއި ޓީވީތަކުން ބަންގި ގޮވައި ނަމާދު ކުރުމަށް ހަނދާންކޮށްދޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ނަމާދު އަޅާ މީހުން މަދެއް ނޫންކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނީ އިދާރާތަކުން ހިންގާ ކުޅިވަރާއި، އެހެނިހެން ހަރަކާތްތައް އިންތިޒާމު ކުރުމުގައި، ނަމާދު ވަގުތުތަކަށް ފަރުވާތެރިވެ، އެހަރަކާތްތަކުގެ ބައިވެރިންނަށް ނަމާދު ކުރެވޭނެ ގޮތަށް އިންތިޒާމު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ދަރިން ތަރުބިޔަތު ކުރުމުގައި، ނަމާދަށް ފަރުވާތެރިވުމަށް ހާނުވައިގެން ތަރުބިޔަތު ދިނުމަކީ، ވަރަށް މުހިއްމު ކަމެއް ކަމަށާއި، އިސްލާމީ ގައުމެއްގައި މުސްލިމް ދަރިންތަކެއް މިސްކިތްތަކުން ބަންގި ގޮވައި، ނަމާދު ކުރެވޭ ވަގުތުގައި، ނަމާދު ނުކޮށް ކުޅިވަރު ކުޅުމުގައި، ގެންގުޅުމަކީ، އެކުދިންގެ ތަރުބިޔަތަށް ނުބައި އަސަރުތަކެއް ކުރާނެކަމުގެ އިންޒާރު ވެސް ޚުތުބާގައި ދީފައިވެއެވެ.

އެހެންކަމުން ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ހާސިލްކުރުމަށް ހުރިހާ ކަމަކުން ވެސް ނަމާދު އިސްކޮށް، ނަމާދު ކުރާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް