Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާ ޔޫކްރެއިން ހަނގުރާމަ: ޓައިމްލައިން

ޔޫކްރެއިންގެ 10 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 މާރިޗު 2022 | ބުރާސްފަތި 10:00
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަމުރާއެކު އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ 24، 2022 ގައި

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަމުރާއެކު އެގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ 24، 2022 ގައި

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން ހިފުމަށް "އަސްކަރީ އޮޕަރޭޝަން" އެއް ލޯންޗުކުރައްވާފައެވެ. ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕުގައި ހަނގުރާމައެއް ފެށިގެން ދިޔައެވެ.

މިހަނގުރާމަ ފެށުނުތާ އެއްމަސް ދުވަސް، މާޗު 24ށް ވެފައިވާއިރު، މި ދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ 10 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ޔޫކްރެއިންގެ ސިޓީތަކާއި އަވަށްތައް ފުނޑުފުނޑުވެ އެތައްހާސް ބަޔަކު ވަނީ މަރުވެފައެވެ.

ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ކުންފުނިތަކާއި ގައުމުތަކުންވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ރަޝިއާ ސަރުކާރާއި، ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ އެސެޓްތައް ފްރީޒްކުރުމާއި، ރަޝިއާގެ މުދާ އިމްޕޯޓުކުރުން މަނާކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއާއެކު ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަަކުން މުޅިން އަރައިނުގަނެވިފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ އިގުތިސާދު އިތުރަށް ގޯސްވެގެން ދިޔައެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ފުރަތަމަ މަހު ފާހަގަކޮށްލެވުނު ކަންތައްތައް:

ފެބްރުއަރީ 24: ރަޝިއާގެ ރައީސް ޔޫކްރެއިން ހިފުމަށް އެގައުމުގެ އަސްކަރިއްޔާއަށް އަމުރުކުރެއްވުމާއެކު ރަޝިއާއިން ޔޫކްރެއިން ހިފުމަށް ހަމަލާތައް ދޭން ފެށިއެވެ. އަދި އެމެރިކާއިން ރަޝިއާގެ މިއަމަލު ކުށްވެރިކޮށް އިއުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު މޮސްކޯގެ ސްޓޮކް އެކްސްޗޭންޖްގައި އަގުތައް 45 އިންސައްތަ ދަށަށް ވެއްޓުނެވެ.

ފެބްރުއަރީ 26: ބައިނަލްއަގުވާމީ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށްލުމަށް ޔޫރަޕިއަން ޔޫނިއަނުން، ސޮސައިޓީ ފޮރ ވޯލްޑްވައިޑް އިންޓަރ ބޭންކް ފައިނޭންޝަލް ޓެލެކޮމިއުނިކޭޝަން (ސްވިފްޓް) އިން ރަޝިއާގެ ބޭންކުތައް ބޭރުކޮށްލިއެވެ.

ފެބްރުއަރީ 27: ރަޝިއާގެ އާންމުން ދަތުރުކުރާ ފްލައިޓްތައް ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ސަރަހައްދުގައި އުދުހުން މަނާކުރިއެވެ. އަދި ރަޝިއާގެ ސަރުކާރުގެ ހިއްސާ އޮންނަ ސްޕަޓްނިކް އަދި ރަޝިއާ ޓުޑޭ އާއި އެމީޑިއާތަކާއި ގުޅުން ހުރި ސަބްސިޑަރީ މީޑިއާތައް ޔޫރަޕިއަން ޔޫނިއަންގެ އެއާރވޭވްސް އަދި އިންޓަނެޓުން މަނާކުރިއެވެ.

ރަޝިއާއިގެ އަސްކަރީ ފައުޖު ޔޫކްރެއިންގެ ވެރިރަށް ކިއެވް، ޚާކިވް އަދި ޚެރްސޮން އާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ފެބްރުއަރީ 28: ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމަކަށްވުމަށް ޔޫކްރެއިނުން ހުށަހެޅިއެވެ. ރަޝިއާ އާއި ޔޫކްރެއިންނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށިގެން ދިޔައެވެ. ރަޝިއާގެ ފައިސާ، ރަބްލްގެ އަގު 30 އިންސައްތަ ދަށަށް ގޮސް އެގައުމުގެ ރައީސަށް ކެޕިޓަލް ކޮންޓްރޯލް ތަންފީޒުކުރަން މަޖުބޫރުވިއެވެ. ޔޫރަޕިއަން ޔޫނިއަނުން ރަޝިއާގެ ސެންޓްރަލް ބޭންކާއެކު މުއާމަލާތްތައް ކުރުން މަނާކޮށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް އެހީވުމަށް 500 މިލިއަން ޔޫރޯގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމިއެވެ. މިއީ އީޔޫއިން ގައުމަކަށް މިގޮތަށް ހަތިޔާރު ފޯރުކޮށްދޭން އެއްބަސްވި ފުރަތަމަ ފަހަރެވެ.

މާޗު 01: 65 ކިލޯ މީޓަރުގެ ދިގުމިން ހުރި ރަޝިއާގެ އަސްކަރީ ފައުޖެއް ކިއެވްއަށް މިސްރާބު ޖެހިއެވެ. ރަޝިއާއިން ޔޫކްރެއިންގެ އިރުމަތިން، ޚާކިވް އަދި މަރިޕޯލް އަށް ދެމުންދިޔަ ހަމަލާތައް ވަރުގަދަ ކުރަން ފެށިއެވެ. އަދި އެގައުމުގެ ދެކުނުން ޚެރްސޮންއަށް ދެމުންދިޔަ ހަމަލާތައްވެސް އިތުރުވިއެވެ.

އެމެރިކާއިން އެގައުމުގެ ވައިގެ ސަރަހައްދުގައި ރަޝިއާގެ ފްލައިޓްތައް އުދުހުން މަނާކުރިއެވެ.

މާޗު 02: ރަޝިއާގެ ޓޭންކަރުތައް ޚެރްސޮންއަށް ވަދެގަނަ އެސިޓީ ރަޝިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔައެވެ. ރަޝިއާގެ އަސްކަރިއްޔާއިން މެރިޕޯލް ސިޓީ ވަށާލިއެވެ.

ގައުމު ދޫކޮށް ފިލި ޔޫކްރެއިންގެ ރައްޔިތުންގެ އަދަދު އެއް މިލިއަނަށް ވުރެ މައްޗަށް ޖެހުނެވެ.

މާޗު 03: އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ އިސް ޕްރޮސެކިއުޓަރ ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާތޯ ބެލުމަށް އެކޯޓުގެ ވަފުދެއް އެގައުމަށް ފޮނުވިއެވެ.

މާޗު 04: ރަޝިއާގެ ރައީސް ޕުޓިން އެގައުމުގައި ޓްވިޓަރ، ފޭސްބުކް، ވޮއިސް އޮފް އެމެރިކާ، ބީބީސީ އަދި ޑަޝްވެލް ފަދަ މީޑިއާ ޕްލެޓްފޯމްތަައް މަނާކުރިއެވެ. އަދި ރަޝިއާގައި "ފޭކް ނިއުސް" ފެތުރުން ގާނޫނީ ކުށަކަށް ހަދައި، ކުށް ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް ލިބޭނެ ގޮތަށް ގާނޫނު ފާސްކުރެވިގެން ދިޔައެވެ.

މާޗު 05: އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން، ޔޫކްރެއިންގެ ސެކެޓްރީ އޮފް ސްޓޭޓް ޑިމީޓްރީ ކުލެބާ އާއި ޔޫކްރެއިން-ޕޯލިޝް ބޯޑަރު ސަރަހައްދުން ބައްދަލުކުރެެއްވިއެވެ.

ރަޝިއާގައި ތިބި އެމެރިކާގެ ރައްޔިތުން އަވަހަށް އެގައުމުން ފޭބުމަށް އެމެރިކާއިން ގޮވާލިއެވެ. އަދި ރަޝިއާގެ ސަރުކާރުގެ ހިއްސާ އޮންނަ އެގައުމުގެ އެންމެ ބޮޑު އެއާރލައިން، އެއިރޯފްލޮޓް އިން ބައިނަލްއަގުވާމީ ދަތުރުތައް ކުރުން ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާޗު 07: ބްރެންޓް ކްރޫޑް ތެލުގެ އަގު ދުވަހަކުވެސް ނުއުފުލޭ ވަރަށް، ފީފާއެއްގެ އަގު 139.13 އެމެރިކާ ޑޮލަރަށް މައްޗަށް ޖެހިގެން ދިޔައެވެ. އަދި ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ހިޖުރަކުރި މީހުންގެ އަދަދު 1.7 މިލިއަނަށް އެރިއެވެ.

މާޗު 08: ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ކުރެވުނު ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ގާއިމުކުރެވުނު އިވެކުއޭޝަން ކޮރިޑޯއެއްގެ ތެރެއިން ސުމީގައި ދިރިއުޅެމުންދިޔަ އާންމު ރައްޔިތުން ރައްކާތެރި މަންޒިލުތަކަށް ގެންދެވުނެވެ.

ޕޮލެންޑުގައި ހުރި ރަޝިއާގެ ސޯވިއެޓް ދައުރުގެ މިގް-29 ފައިޓަރު ޖެޓުތައް އެމެރިކާ މެދުވެރިކޮށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް ދިނުމަށް ޕޮލެންޑުން ހުށަހެޅި ހުށަހެޅުން އެމެރިކާއިން ބަލައިނުގަނެ އެހުށަހެޅުމަށް އިންކާރުކުރިއެވެ.

މިއަހަރު ނިމެންވާއިރަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ރަޝިއާގެ ގޭހަށް ބަރޯސާވާ މިންވަރު ތިންބައިކުޅަ ދެބައި ކުޑަކުރުމަށް "ރީޕަވަރ އީޔޫ" ޕްލޭން ލޯންޗުކުރިއެވެ. އަދި އެމެރިކާއިން ރަޝިއާގެ ތެޔޮ އެގައުމަށް އިމްޕޯޓްކުރުން މަނާކޮށް އެމްބާގޯ އިއުލާނުކުރިއެވެ. މިއާއެކު ތެލުގެ ބާޒާރުގެ އަގުތައް 30 އިންސައްތަ އުފުލިގެން ދިޔައެވެ.

ޔޫކްރެއިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އެރިއެވެ.

މާޗު 09: ރަޝިއާ އަސްކަރިއްޔާގެ ވައިގެ ހަމަލާއެއް ޔޫކްރެއިން ހޮސްޕިޓަލެއްގެ މެޓާނިޓީ ވޯޑަށް އަމާޒުވެ، ތިން މީހަކު މަރުވިއެވެ. ކިއެވްގެ އަރޕިން އަދި ވޮރްޒެލް ސަރަހައްދުގެ އާންމު ރައްޔިތުންތަކެއް ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އެސަރަހައްދު ދޫކޮށް ފިލިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެމަޖެންސީ މާލީ އެހީގެ ގޮތުގައި ޔޫކްރެއިނަށް 1.4 ބިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭން ނިންމިއެވެ.

މާޗު 10: ޔޫކްރެއިންގެ އާންމު ރައްޔިތުން ދަތުރުކުރުމަށް ގާއިމުކޮށްފައިވާ އިވެކުއޭޝަން ކޮރިޑޯއަކަށް ރަޝިއާގެ ބޮމުގެ ހަމަލާތައް އަމާޒުވެ، މެރިޕޯލްއަށް އިންސާނީ އެހީގެ ސަޕްލައި ފޯރުކޮށްދޭން ހުރަސް އެޅުނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޔޫކްރެއިންގެ ރެފިއުޖީން އަދި އެގައުމުގެ އަސްކަރިއްޔާއަށް އެހީ ފޯރުކޮށްދިނުމަށް 13.6 ބިލިއަން ޑޮލަރު ހޭދަކުރުމަށް ފާސްކުރިއެވެ.

މާޗް 11: ޔޫކްރެއިންގެ އިރުދެކުނު ސިޓީއެއް ކަމަށްވާ މެލިޓޮޕޮލްގެ މޭޔަރު ރަޝިއާ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔައެވެ. އަދި ރަޝިއާގެ ރައީސް ވަނީ ސީރިއާގެ 16،000 ހަނގުރާމަވެރިން ރަޝިއާގެ އަސްކަރިއްޔާއާއެކު ޔޫކްރެއިންގައި ހަރަކާތެރިވުމަށް ހުއްދަދެއްވާފައެވެ.

އދ ގެ ހައިކޮމިޝަނަރ ފޮރ ރެފިއުޖީސް ވަނީ ޔޫކްރެއިންގެ 2.5 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށާއި އިތުރު ދެ މިލިއަނެއްހާ މީހުން ގައުމުގެ އެތެރޭގައި ޑިސްޕްލޭސް ވެފައިވާކަމަށް ވިދާޅުވެފައެވެ.

އީޔޫ އިން ވަނީ ވަރސާއީ ޑެކްލެރޭޝަން އާންމުކޮށްފައެވެ.

މާޗު 12: މެރިޕޯލްގައި ހަރަކާތްތެރިވަމުންދިޔަ އެސޯސިއޭޓެޑް ޕްރެސްގެ ނޫސްވެރިންގެ ޓީމަކުން ވަނީ ރަޝިއާގެ ޓޭންކުތަކަކުން އާންމުން ދިރިއުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސްއަކަށް ހަމަލާދޭތަން ވީޑިއޯކޮށްފައެވެ. އަދި ރަޝިއާގެ ސްނައިޕަރު ހަމަލާތައް އަމާޒުވި ޔޫކްރެއިންގެ ސިއްހީ މަސައްކަތްތެރިންގެ ތެރޭގައި އޭޕީގެ ރިޕޯޓަރެއްވެސް ހިމެނުނެވެ.

ރަޝިއާ އަސްކަރިއްޔާއިން މެރިޕޯލްގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޯށްދޭން ދިޔަ ވަފުދުތަކަށް ހަމަލާދިން ކަމަށް ރިޕޯޓްކުރެވުނެވެ.

މާޗު 13: ރަޝިއާއިން ޔޫކްރެއިންގެ ހުޅަނގަށް ދެމުންދިޔަ ހަމަލާތައް ވަރުގަދަކޮށް، ޔަވޮރިވްގައި ހުރި އެގައުމުގެ އަސްކަރީ ތަމްރީނު މަރުކަޒަކަށް އަމާޒުކޮށް 30 ކްރޫޒް މިސައިލް ފޮނުވާލިއެވެ. މި އަސްކަރީ މަރުކަޒަކީ ޕޮލެންޑުގެ ބޯޑަރާއި ވަރަށް ކައިރީގައި ހުރި މަރުކަޒެކެވެ. މި ހަމަލާތަކުގައި 35 މީހުން މަރުވެ، 134 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ.

މާޗު 14: ޗެޗެންގެ ލީޑަރު ރަމްޒަން ކަޑީރޮވް ވަނީ ޗެޗެން އިން ރަޝިއާ އާއެކު ޔޫކްރެއިނަށް ހަމަލާދިނުމުގައި ބައިވެރިވެފައިވާކަން އިއުލާނުކޮށްފައެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން ޗައިނާގެ ފޮރިން އެފެއަރޒް ޑިރެކްޓަރު ޔޭންގ ޖިއެޝީ އާއި ބައްދަލުކުރެއްވިއެވެ. އަދި އެމެރިކާއިން ވަނީ ޗައިނާއިން ރަޝިއާއަށް ވާގިވެރި ނުވުމަށް ގޮވާލާފައެވެ.

މެރިޕޯލްގެ އާންމު ރައްޔިތުންގެ ބަޔަކުވަނީ 160 ކާރުގައި އެސިޓީއިން ނުކުމެފައެވެ.

މާޗު 15: ޗެކް ރިޕަބްލިކް، ޕޮލޭންޑް އަދި ސްލޮވޭކިއާގެ ބޮޑުވަޒީރުން ވަނީ ރޭލުގައި ޔޫކްރެއިންގެ ވެރިރަށް ކިއެވްއަށް ދަތުރުކުރައްވާފައެވެ. ވިހި ހާސް އާންމު ރައްޔިތުން މެރިޕޯލް އިން ފިލިއެވެ. އަދި ޔޫކްރެއިން ރެފިއުޖީންގެ އަދަދު ތިން މިލިއަނަށް އެރިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރ ޒެލެންސްކީ ވަނީ ޔޫރަޕިއަން އޮފިޝަލުން އަރިހުގައި ނޭޓޯގެ މެމްބަރު ގައުމަކަށްވުމަކީ ޔޫކްރެއިނަށް ވާނެ ކަމެއްހެން ހީފުޅު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. މިއާއެކު ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ސުލްހަ ޤާއިމު ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ދިޔައެވެ.

މާޗު 16: ރަޝިއާ ޔޫކްރެއިން ސުލްހައިގެ މަޝްވަރާ ކުރައްވާ މަންދޫބުން ވަނީ ދެގައުމުންވެސް އަމާން ދިނުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

މާޗު 18: މެރިޕޯލްގެ ތިއޭޓަރަކަށް އަމާޒުކޮށް ރަޝިއާގެ އަސްކަރިއްޔާއިން އޭގެ ދެ ދުވަސްކުރިން ދިން ހަމަލާއަށްފަހު އެ ތިއޭޓަރުން 130 މީހުން ސަލާމަތްކުރެވިފައިވާ ކަމަށާއި އެތައް ސަތޭކަ މީހުންނެއް އަދިވެސް އެތާނގައި ތާށިވެފައި ތިބެދާނެ ކަމަށް ޔޫކްރެއިނުން ބުނިއެވެ. މީގެ އިތުރުން، އިތުރު 5،000 މީހުން ވަނީ އެ ސިޓީއިން ބޭރަށް ގެންދެވިފައެވެ. މިއާއެކު މެރިޕޯލް އިން ފޭބި ރައްޔިތުންގެ އަދަދު 35،000ށް އެރިއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން މެރިޕޯލްއަށް އަރާފައިވާއިރު، އެސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެ ސިޓީގެ 2،500އެއްހާ މީހުން މަރުވެފައިވާ ކަމަށް މެރިޕޯލް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަޝިއާއިން، ބްލެކް ސީ ސަރަހައްދުން ޔޫކްރެއިންގެ ލިވިވް ސިޓީއަށް އަމާޒުކޮށް ހަ މިސައިލް ހަމަލާ ފޮނުވާލާފައިވާއިރު، ދެ މިސައިލް ވަނީ ހުއްޓުވާފައެވެ. ނަމަވެސް ހަތަރު މިސައިލް ވަނީ ފްލައިޓް ރިޕެއަރ ހޭންގަރަކަށް އަމާޒުވެފައެވެ. މި ހަމަލާގައި އެކަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޗައިނާއިން ރަޝިއާއަށް އަސްކަރީ ހަތިޔާރުގެ އެހީ ފޯރުކޮށްދީގެން ނުވާނެ ކަމަށް ވިދާޅުވެ ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް އިންޒާރު ދެއްވާފައެވެ.

މާޗު 20: ރަޝިއާގެ ވައިގެ ހަމަލާތަކެއް މެރިޕޯލްގެ އާރޓް ސްކޫލަކަަށް އަމާޒުވެގެން ދިޔައެވެ. އެ ސްކޫލްގައި 400އެއްހާ ރައްޔިތުން ތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިންގެ 10 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ އިން ރިޕޯޓްކުރިއެވެ.

މާޗު 21: މެރިޕޯލްގައި އާމަން ދިނުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް ޔޫކްރެއިނުން އިންކާރުކުރިއެވެ.

މާޗު 22: އެމެރިކާގެ ރައީސް ބައިޑެން ވަނީ ޔޫކްރެއިންގައި ކެމިކަލް އަދި ބަޔޮލޮޖިކަލް ވެޕަންސް ގެންގުޅޭކަމަށް ރަޝިއާގެ ރައީސް ތުހުމަތު ކުރަމުން ގެންދިޔުމަކީ އެގައުމުން މިފަދަ ހަތިޔާރު ބޭނުންކުރަން ވިސްނަމުންދާކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

މާޗު 23: ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމުގެ ހެކި އެބަހުރިކަމަށް އެމެރިކާގެ ސެކްޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ ވިދާޅުވެފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު