Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމުގެ ތުހުމަތު އެމެރިކާއިން ކޮށްފި

އެމެރިކާއިން ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހިންގާ އަމަލުތައް ބަލާ އެސެސްކޮށްފައިވާ ކަމަށް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 މާރިޗު 2022 | ބުރާސްފަތި 07:58
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ އެމެރިކާއިން ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހިންގާ އަމަލުތައް ބަލާ އެސެސްކޮށްފައިވާ ކަމަށާއި މި ހޯދުންތަކުން ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަން ފެންނަކަމަށް ބުދަ ދުވަހު ވިދާޅުވެފައެވެ. އޭނާ ވަނީ ރަޝިއާގެ އަސްކަރިއްޔާގެ އަމަލުތައް ބެލުމުގައި އެކި ގޮތްގޮތުން އާންމުކޮށްފައިވާ މައުލޫމާތާއި އިންޓެލިޖެންސް ރިޕޯޓްތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ބްލިންކެން ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ހިންގާ ޖަރީމާތަކާއި ގުޅޭ ސައްހަ ގިނަ ރިޕޯޓުތައް އެބަހުރިކަމަށާއި ގަސްތުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމުގެ ހެކި ފެންނަން އެބަހުރިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބްލިންކެން ވަނީ ރަޝިއާގެ ހަނގުރާމައިގެ ޖަރިމާތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި އެޖަރީމާތަކުގެ ރިޕޯޓު އެގައުމުން ބަލަހައްޓަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް އިންސާފު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބްލިންކެން ވަނީ ވިދާޅުވެފައެވެ.

ބްލިންކެން ވަނީ އެމެރިކާއިން އޮޮތީ ރަޝިއާއިން ހިންގާ އަމަލުތަކުގެ ޒިންމާ ރަޝިއާ ލައްވާ ނެގުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ސެކެޓްރީ މިމޭރުމުން ވާހަކަދައްކަވާފައިވާއިރު އެގައުމުގެ ރައީސް ޖޯ ބައިޑެން ވަނީ ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަކީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ވިދާޅުވެފައެވެ. ބައިޑެން މިހެން ވިދާޅުވުމާއި ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ މިއީ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވާން ޖެހޭ ފަދަ ވާހަަކައެއް ނޫންކަމަށް ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެމްބެސެޑަރު އެޓް ލާޖް ފޮރ ގްލޯބަލް ކްރިމިނަލް ޖަސްޓިސް، ބެތު ވޭން ޝޭކް ވަނީ ރަޝިއާ އަސްކަރިއްޔާގެ ހަރަކާތްތައް އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެ، މިދިޔަ ހަފުތާގެ ތެރޭގައި ޔޫކްރެއިންގެ މެރިޕޯލް ސިޓީގެ ތިއޭޓަރަށް އަމާޒުކޮށް ރަޝިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއަކީ އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ހެއްކަކީ ރަޝިއާ އާއި ދެކޮޅަށް ކޯޓުގައި ބޭނުންކުރެވޭނެ އެއްޗެހި ކަމަށާއި މި ހެކިތައް އެމެރިކާއިން ރައްކާކުރާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރަޝިއާއިން ވަނީ އެގައުމުގެ އަސްކަރިއްޔާއިން ތިއޭޓަރަށް އަމާޒުކޮށް ހަމަލާނުދޭކަމަށް ބުނެފައެވެ.

މިހަނގުރާމަ އާއި ގުޅިގެން ޔޫކްރެއިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާތޯ ބެލުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓްގެ ވަފުދެއް ވެސް ވަނީ ޔޫކްރެއިނަށް ގޮސްފައެވެ.

އެމެރިކާއިން މިހެން ވާހަކަދައްކަމުންދާއިރު ރަޝިއާއިން ވަނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ނުދޭ ކަމަށާއި އަދި ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި ރަޝިއާގެ ރައީސް ވިދާޅުވަނީ އެގައުމުގެ އަސްކަރިއްޔާ އިން ޔޫކްރެއިންގައި ހަރަކާތްތެރިވަނީ އަސްކަރީ އޮޕަރޭޝަނެއް ފުރިހަމަކުރުމަށް ކަމަށެވެ.

ރަޝިއާގެ ރައީސް ޕުޓިންއާއި އެމަނިކުފާނަށް ވާގިވެރިވާ ބޭފުޅުންނަށް ދައުވާކޮށް ކޯޓަށް ހާޒިރުކުރާ ނަމަ އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި މިއަޑުއެހުންތައް ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ކަމާއި ގުޅުންހުރި މާހިރުން ދަނީ ބުނަމުންނެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން އެތައް ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އދ އިން ވަނީ ޔޫކްރެއިންގެ 3.5 މިލިއަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް ގޮސްފައިވާކަމަށް ބުނެފައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު