Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި މައްސަލަ

ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ކުއްލި މައްސަލަ ހުށަހެޅި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖޫން 2017 | އަންގާރަ 15:44
ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސައިން މުހައްމަދު

ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސައިން މުހައްމަދު

އަރަބި މުސްލިމު ގައުމެއް ކަމަށްވާ ގަތަރާއެކު ބާއްވަމުންއައި ސިޔާސީ ގުޅުން ކަނޑަލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ގަތަރަކީ އަރަބި އިސްލާމީ ގައުމަކަށްވެފައި، އެގައުމަކީ ކުރީއްސުރެ ދިވެހިރާއްޖެއާ ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ އެކުވެރި ގައުމަކަށްވާއިރު، ދިވެހި ސަރުކާރުން ގަތަރާއެކު އޮތް ގުޅުން ކަނޑާލުމަކީ ރާއްޖެއަށް އެކަމުން ނުހަނު ގެއްލުންވާނެ ކަމެއް ކަމަށް ފެންނާތީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް މިމައްސަލަ ގެންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި އިތުރަށް ބުނެފައި ވަނީ ގަތަރަކީ ރާއްޖޭގެ ތަރައްގީގެ އެކި ރޮނގުރޮނގުން ދީލަތި އެހީ ދެމުންދިޔަ ގައުމެއް ކަމަށެވެ.

މީގެ އިތުރުން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް މައްސަލައެއް ނުވަތަ ދެބަސްވުމެއް ކުރިމަތިވެފައި ނުވާއިރު، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ އިސްތިގްލާލާއި މިނިވަންކަން ރައްކާތެރި ކުރުމާ އެކު ރާއްޖެ އާއި އެކުވެރިކަން އުފައްދަން ބޭނުންވާ ގައުމުތަކާ އެކު ޑިޕްލޮމެޓިކް ގުޅުން އުފެއްދުން ކަމަށްވާއިރު، ރާއްޖެ އާއި އެކުވެރި މުސްލިމު ގައުމެެއް ކަމަށްވާ ގަތަރާއެކު ބާއްވަމުންއައި ޑިޕްލޮމެޓިކް ގުޅުން ކުއްލިއަކަށް ކަނޑާލުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުވެ، ރާއްޖޭގެ މަސްލަހަތައް ގެއްލުންވާނެ ކަމެއް ކަމަށް ފެންނާތީ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

ރާއްޖެ އާއި ގަތަރާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައިވާތާ 33 އަހަރު ވެއްޖެއެވެ. ގަތަރާއި ގުޅުން ކަނޑާލުމަށް ކުއްލިއަކަށް ސަރުކާރުން ނިންމާފައިވާއިރު، ގަތަރަށް ނިސްބަތްވާ ބޮޑެތި އިސްވެސްޓްމަންޓްތައް ރާއްޖޭގައި ހިންގަމުންދާއިރު، ރާއްޖޭގައި ފުޅާދާއިރާއެއްގައި މޯބައިލްގެ ފޯނުގެ ހިދްމަތާއި އިންޓަރނެޓްގެ ހިދްމަތް ދެމުންދާ އުރީދޫއަކީ ގަތަރު ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު