Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޮޓޯ ޖަރނަލިސްޓްގެ މަރު

އިންޑިޔާގެ ފޮޓޯޖަރނަލިސް ދާނިޝް ސިއްދީޤީގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ތާލިބާން އާއި ދެކޮޅަށް ކޯޓަށް ހިނގައްޖެ

23 މާރިޗު 2022 | ބުދަ 08:40

ދާނިޝް ސިއްދީޤީ ހުރީ ރޮއިޓާސްގެ އިންޑިޔާގައި ހުންނަ ޗީފް ފޮޓޯގްރާފަރުގެ ވަޒީފާގައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 މާރިޗު 2022 | ބުދަ 08:40
ދާނިޝް ސިއްދީޤީ

ދާނިޝް ސިއްދީޤީ

ޕުލިޓްޒަރ ޕްރައިޒް ހާސިލްކޮށްފައިވާ އިންޑިޔާގެ ފޮޓޯ ޖަރނަލިސް ދާނިޝް ސިއްދީޤީގެ މަރާއި ގުޅިގެން އޭނާގެ އާއިލާއިން ތާލިބާން ޖަމާއަތާއި ދެކޮޅަށް ކޯޓަށް ހިނގައްޖެއެވެ.

އުމުރުން 38 އަހަރުގެ ދާނިސް މަރުވެފައިވަނީ 2021 ވަނަ އަހަރު ތާލިބާން ޖަމާއަތުން އަފްޢާނިސްތާން ހިސޯރު ކުރުމަށް ހިންގި ހަރަކާތްތައް ގެނެސްދޭން އުޅުމުގެ ތެރޭގައެވެ. އޭނާގެ މަންމައާއި ބައްޕަ މިހާރުވަނީ ތާލިބާންގެ އިސް 6 ލީޑަރަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ވައްދާފައެވެ.

ދާނިޝްގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ތާލިބާން ހަނގުރާމަވެރިންވަނީ އޭނާ ހައްޔަރުކޮށްގެން ގެންގޮސް ނުހަނު އަނިޔާދީ މަރާލާފައެވެ. އެއީ އިންޑިޔާ ރައްޔިތަކަށް ވާތީކަމަށާއި ޖަރނަލިސްޓަކަށް ވާތީކަމަށް ދާނިޝްގެ އާއިލާއިން ތުހުމަތުކުރެއެވެ.

2021 ވަނަ އަހަރުގެ ޖުލައިމަހު ހިނގި މިހާދިސާއަށްފަހު ފުރަތަމަ ރިޕޯޓްތައް ބުނެފައިވަނީ އޭނާ މަރުވީ ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި ވަޒަން އަރައިގެން ކަމަށެވެ. ނަމަވެސް ފަހުން ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބަޑީގެ ވަޒަން އެރުމަށްފަހު އޭނާ ދަމާފަ މިސްކިތަކަށް ވެއްދި އެވެ. އަދި އެއަށްފަހު ކަންތައް ވީގޮތެއް ނޭނގޭ ކަމަށް ރޮއިޓަރސް ބުނެފައިވެއެވެ.

ދާނިޝް ސިއްދީޤީގެ ހަށިގަނޑު ރެޑްކްރޮސްއާއި ހަވާލު ކުރެވުނުއިރު ވަނީ ވަރަށް ބޮޑަށް އަނިޔާކުރުމުގެ އިތުރުން ބަރުވެހިކަލެއްގެ ދަށުކޮށްފައިކަމުގައި އާއިލާއިން ތުހުމަތުކުރެއެވެ. އަދި ބަޑީގެ 12 ވަޒަން އޭނާގެ ހަށިގަނޑަށް އަރާފައި ހުރިކަމުގައިވެސް އާއިލާއިން ބުނެއެވެ.

ރޮއިޓަރސްގެ އިންޑިޔާގައި ހުންނަ ޗީފް ފޮޓޮގްރާފަރުގެ ވަޒީފާގައި ހުރި ދާނިޝް ސިއްދީޤީ އަށް ޕުލިޓްޒަރ ޕްރައިޒް ލިބިފައިވަނީ އިންޑިޔާގައި ކޮވިޑް ބަލީގެ ހާލަތު ޕީކަށް އަރައިގެން ދިޔައިރު މަރުވިމީހުން އަންދަމުން ދިޔަގޮތް ދައްކާދީ އޭނަ ނެގި ފޮޓޯތަކަށެވެ.

ކޯޓަށް ދިޔަ ނަަމަވެސް އެމީހުންގެ ދަރިފުޅު އެނބުރި ނާންނާނެކަން އެނގޭކަމަށާއި ނަމަވެސް އިންސާފު ލިބޭނެކަމުގެ އުންމީދުގައި އެކަން ކުރީކަމުގައި ދާނިޝް ސިއްދީޤީގެ އާއިލާއިން ބުނެއެވެ.  

އަފްޣާނިސްތާން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް