Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުލުހުންގެ މަސައްކަތް

އެއްމިނެޓާއި ސާޅިސްނުވަ ސިކުންތު: ފުލުހުން ކުރާ ބުރަ މަސައްކަތް ތަސައްވުރުކުރެވޭތަ؟

23 މާރިޗު 2022 | ބުދަ 03:02

އެއީ 21 މާޗް ވީ ހޯމަ ދުވަހުގެ މެންދުރު ޗާންދަނީމަގުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 23 މާރިޗު 2022 | ބުދަ 03:02
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ސިންގްހަމްއަކީ ދިވެހިންނަށް އައު ނަމަކަށް ނުވާނެއެވެ. ހިންދީ ފިލްމަށް ލޯބި ކުރާ ބަޔަކު ދިރިއުޅޭ މި މުޖުތަމައުގައި ސިންގްހަމްއޭ ބުނުމުން ނޭނގޭ މީހަކު މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުވެގެންދިޔަ ސިންގްހަމްއަކީ މިފަހުން ބޮލީވުޑް އިންޑަސްޓްރީގައި އެންމެ ހިޓް ލިބުނު އެއް ފިލްމެވެ. މި ފިލްމަކީ ޗައްތަރަޕަތީ ޝިވާޖީ މަހަރާޖާ މަރާތާ ސިފައިންގެ ފައުޖުގައި އުޅުނު ތޫނުފިލި ލީޑަރެއް ކަމަށްވާ ތަންހާޖީ މަލުސޭރްގެ ހަޔާތަށް ބިނާކޮށް ހެދި ފިލްމެއް ކަމަށްވާއިރު، މިފިލްމުގެ ލީޑުގެ ރޯލުން ފެނިގެންދިޔަ އަޖޭ ދޭވްގަންގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ސިންގްހަމްގެ ފިލްމުގެ ވާހަކައެއް ނޫނެއެވެ. ސިންގްހަމްގެ ގޮތުގައި ސިފަކުރަމުންދާ ދިވެހިންގެ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ފަހުލަވާނެއްގެ ވާހަކައެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ވަގުކަލޭގެ އަތުލުމަށްޓަކައި ފުލުހެއް ކުރި ބުރަ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް މުޅި ސޯޝަލް މީޑިއާގައި ވަނީ ވަކި ހިއްޕާލާފައެވެ. ގިނަ ބަޔަކު ފުލުހުންގެ މީހާއަށް ތައުރީފު ކުރަމުންދާއިރު، އެއީ ދިވެހިންގެ ސިންގްހަމް ކަމަށް ބައެއް މީހުން ސިފަކޮށްފައިވެއެވެ. ފުލުހުންގެ ޚިދުމަތުން ފެންނަން ބޭނުންވަނީ މިފަދަ ހިތްވަރުގަދަ މަސައްކަތް ކުރާ ފުލުހުން ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މިހާރު ވެސް ސީން ބަލަން ބޭނުންވެ، އެކްޝަން ނުނގާ ތިބޭ ފުލުހުން މުއައްސަސާގައި އުޅޭ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް މި ވީޑިއޯއާއެކު ފުލުހުންނާއި މެދު އާއްމު ރައްޔިތުން ދެކޭ ދެކުން ބަދަލުވެ އިތުބާރު ބޮޑުވާނެ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މި ވީޑިއޯއިން ފެންނަނީ މީހަކު ވަރަށް ބާރަށް ދުވެފައި އަންނަ ތަނެވެ. އޭނާގެ ފަހަތުން ފުލުހަކު އާދެއެވެ. ފުލުހުންގެ މީހާ، އެމީހާއާއި އަރާ ހަމަކުރަނިކޮށް ގެއަކަށް އެމީހާ ވަދެއެވެ. ސިނޑިން ވެސް ވަރަށް ބާރަށް ދުވެފައި އަރައެވެ. އެކަމަކު ފުލުހުންގެ މީހާ ވެސް ހުއްޓުމެއް ނެތި ސިނޑިމަތިން ދުވެފައި އަރައެވެ. ވަރުބަލިވި ނަމަވެސް ފުލުހުންގެ މީހާ ހުއްޓެނީ އެމީހާ އަތުލައި ގަތުމަށްފަހުއެވެ. ވައްކަން ކުރި ކަމަށް ތުހުމަތުވާ މިހާ ޓީޝާޓުގެ ގިރުވާނުގައި ހިފައި އަނެއްކާ ސިޑިން ތިރިއަށް ގެންދެއެވެ. އަދި އޭރު ދެ މީހުން ވެސް ތިބީ އިންތިހާއަށް ވަރުބަލިވެފައިކަން އެނގެއެވެ. އަދި އެންމެ ތިރީ ފްލޯއިން ފުލުހުންގެ މީހާ ފޯނެއް ނަގާތަން ފެނެއެވެ. މިއީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ އެމީހާ އެތަނަށް އެއްލާލި ފޯނުކަމަށް ބެލެވެއެވެ.

ވައިރަލްވަމުންދާ މި ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނީ އެއީ 21 މާޗް ވީ ހޯމަ ދުވަހުގެ މެންދުރު ޗާންދަނީމަގުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއް ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޮށިގަނޑެއް ހިފައިގެން އުޅުނު ދިވެހި ފިރިހެނެއް ގާތު މަޑުކުރަން ބުނުމުން، އެކަމަށް ދެކޮޅު ހަދައި ދުވެ ފިލަން އުޅުމުން ހިފެހެއްޓި މަންޒަރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެކި މީހުންގެ ޝުއޫރުތައް ބަންޑުން ކުރަމުންދާއިރު، ފުލުހުންގެ އެމީހާގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތް ވަރަށް ސާފުކޮށް ފެނެއެވެ. ތައުރީފް ވެސް ހައްގެވެ. ވަގުންގެ ފަހަތުން ދުވެ، މީހުން އަތުލައި ގަތުމަކީ އައު ކަމަކަށްނުވި ނަމަވެސް މިފަހަރު ވައިރަލްވި މި ވީޑިއޯ ވަރަށް ތަފާތު ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. އެއީ މާލޭގައި ވައްކަމުގެ ތުހުމަތުކުރެވުނު މީހެއްގެ ފަހަތުން ފުލުހަކު ދުވެ، އަތުލައިގަތް މުޅި މަންޒަރު އާއްމު ރައްޔިތުންނަށް ފެނިގެންދަނީ މަދު ފަހަރެއްގައި ކަމަށްވާތީއެވެ. އެހެންކަމުން އާއްމުންނަށް މި ފެނިގެން މިދިޔަ ފުލުހުންގެ މީހާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ސިންގްހަމް ކަމަށް ސިފަކޮށްފައިވެއެވެ. އަދި 1:49 ސިކުންތުގެ ވީޑިއޯއިން އެކަނި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ހިތަށް ތަސައްވުރު ނުކުރެވޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް