Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމަރަފުށީ ހަރުކަށި ފިކުރު

ތިމަރަފުށީ ހަރުކަށި ފިކުރު: ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ސިއްރު ކޮށް ނުދިން މައްސަލަ އިސްތިއުނާފު ކުރަނީ

އަންގާރަ ދުވަހު މި މައްސަލައިގެ އަޑު އެހުމެއް ބާއްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 13:43
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ފުލުހުން ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓު ސިއްރު ކޮށް ނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހިމެނޭ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފް އާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، އަދި ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުއެވެ.

މި މައްސަލައިގައި އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 15 ޖެނުއަރީ 2022 ގައެވެ. މި އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމާއި ގުޅޭ ޖުމުލަ 63 ހުށައެޅުމެއް ދައުލަތުން ވަނީ ހުށައަޅާފައެވެ. އެގޮތުން ހެކިތަކުގެ ތެރެއިން ހާމަ ކުރެވެން ހުރި މައުލޫމާތު ހާމަ ކުރުމަށް ދައުލަތުންވެސް ދެކޮޅެއް ނުހަދައެވެ. ނަމަވެސް، ދިފާއީ ވަކީލުންވަނީ ދިފާއު ބިނާ ކުރުމަށްޓަކައި ތަހުގީގު ބަޔާންތައް ކޮންމެހެން ބޭނުންވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ބަޔާންތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް އުނިކުރުމަށްފަހު، އެ ބަޔާންތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ދިފާއީ ވަކީލުން އެދިފައިވެއެވެ. އަދި ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ކޯޓަށް ގޮސް އަބަދު ލިޔެކިޔުންތައް ބަލަން ޖެހުމަކީވެސް ދަތިވާ ކަމެއްކަމަށް ދިފާއުން ފާހަގަ ކުރިއެވެ.

މައިގަނޑު ގޮތެއްގައި ދިފާއީ ހުރިހާ ވަކީލުންވެސް ވަނީ ތަހުގީގު ބަޔާންތައް ދިފާއަށް ހިއްސާ ކުރެވެންވާނެކަަމަށް ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމަށް ދައުލަތުން ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. ސަބަބަކީ ބަޔާންތަކުގެ މައުލޫމާތުތަކަކީ އޭގެ ޒާތުގައި ހެކިންގެ މައުލޫމާތުތައް އެނގޭނެފަދަ މައުލޫމާތުތަކެއް ކަމަށާއި، އެފަދަ މައުލޫމާތުތައް ބަޔާނުން ސިއްރު ކުރާނަމަ، މުޅި ބަޔާނުގެ ބޮޑު ބައެއް ސިއްރުކުރަން ޖެހިދާނެކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ސިއްރު ހެކިން ހުށައަޅާ ސަބަބުތައް ދައުލަތުން ބަޔާންކޮށްދީފައިވާނެ ކަމަށާއި، އެ ސަބަބުން ދިފާއުވުމަށް ދިފާއަށް ފުރުސަތު އެބައޮތް ކަމަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ އެ ހުށައެޅުމާމެދު ގޮތެއް ނިންމުމެވެ. ގާޒީ ވަނީ ސިއްރު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް އެއްކޮށް ސިއްރު ކުރުމަކީ ދިފާއު ބިނާ ކުރުމަށްޓަކައި ލިބޭ ޙައްޤަށް އުނިކަން އަންނާނެކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. ވުމާއެކު، ހެކިންގެ ވަނަވަރާއި، ހެކިންނަކީ ކޮން ބައެއްކަން އެނގޭނެ ފަދަ މައުލޫމާތު އުނި ކުރުމަށްފަހު، އެ ބަޔާންތައް ދިފާއަށް ހިއްސާ ކުރުމަށް ގާޒީ ވަނީ ނިންމަވާފައެވެ. ނަމަވެސް، ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިންގެ އިންޓަރވިއު ރެކޯޑިންގ ހާމަ ނުކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ހުށައަޅާފައިވާ ބައެއް އިތުރު ހެކިތައް ވަކި މިންވަރަކަށް ހާމަ ކުރުމަށް ދައުލަތުންވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ދައުވާލިބޭ ފަރާތްތަކާއި ގުޅޭ ރިޕޯޓުތަކެއް ހިމެނެއެވެ. ގާޒީ ވަނީ އެ ރިޕޯޓު ތައްޔާރު ކޮށްފައިވާ ފަރާތުގެ ނަން އުނިކޮށް އެ ރިޕޯޓުވެސް ދިފާއަށް ހާމަ ކުރުމަށް ނިންމަވާފައެވެ. އަދި ދައުލަތުން ހުށައަޅާފައިވާ ބައެއް ސީޑީތަކާއި ސިޓީތައްވެސް ދިފާއަށް ހިއްސާ ކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި (އިސްލާމިކް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ) ތަރުޖަމާތަކެއްވެސް ހިމެނޭއިރު، އެ ސިއްރު ކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ. ނަމަވެސް އެ ސިޓީ ތަރުޖަމާކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު އެ ސިޓީވެސް ދިފާއަށް ހާމަ ކުރުމަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ހުށައެޅި އިތުރު ހެކިތަކަށް ބަލާއިރު، އައިސިސް ޖަމާއަތުން ދިވެއްސަކު އަމީރެއްގެ ގޮތުގައި އައްޔަން ކޮށްފައިވާކަން ބަޔާންކޮށްފައިވާ ލިޔެކިޔުމެއްވެސް ހިމެނެއެވެ. އެ ހެކީގެ ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހުވެސް ދިފާއަށް ލިޔެކިޔުންތައް ހަވާލު ކުރުމަށް ދައުލަތުން ދެކޮޅު ހަދައެވެ. ނަމަވެސް އެ ހެކިވެސް ތަރުޖަމާ ކުރި ފަރާތުގެ ނަން އުނި ކުރުމަށްފަހު ހާމަ ކުރެއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، މައްސަލައިގެ ތަހުގީގު ބަޔާންވެސް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައިވާއިރު، ހެކި ރައްކާތެރި ކުރުމަށް ދައުލަތުން އެދިފައިވާ ގޮތަކީ، ބަޔާންތައް ސިއްރުކޮށް، އެއީ ކޮން ހެކިންތަކެއްކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމެވެ. ނަމަވެސް ގާޒީ ވަނީ ދައުލަތުން ބުނެފައިވާ ގޮތަށް ސިއްރު ކުރަން ޖެހޭ ފަދަ އުކުޅެއް ފުލުހުން ބޭނުންކޮށްފައިވާކަން މި ތަހުގީގު ބަޔާނުން އެނގެން ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް ނިންމަވާފައެވެ.

ބޭރުގެ އިންޓެލިޖެންސް ރިޕޯޓެއްވެސް ހެކީގެ ގޮތުގައި ހިމެނޭއިރު، ހެކި ޝަރުއީ މަރުޙަލާގައި ބޭނުން ކުރެވޭނެ ގޮތް ވަންދެން އެ ހެކިތައް ހާމަ ނުކުރުމަށް ދައުލަތުން އެދެއެވެ. އެއީ ބޭރުގެ އިންޓެލިޖެންސް އިދާރާއަކުން ތައްޔާރު ކޮށްފައިވާ ލިއުމެއް ކަމަށްވާތީ ޝަރީއަތަށް ހިއްސާ ކުރެވޭ މިންވަރަށް ހިއްސާ ކުރުމަށެވެ. ޕީޖީ އޮފީހުން މިހާރު ވަނީ ފުލުހުން މެދުވެރިކޮށް އެ ރިޕޯޓު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެއީ އަދި ކޯޓަށް ހުށައެޅިފައިވާ ހެއްކެއް ކަމަށް ނުވާތީ ގާޒީ އެ ހެއްކާމެދު ވަކި ގޮތެއް ނުނިންމަވައެވެ.

ދެން ހިމެނެނީ 14 އިންޓެލިޖެންސް ރިޕޯޓަކާއި، 8 އެނެލިޓިކަލް ރިޕޯޓުތަކެކެވެ. މި ރިޕޯޓުތައް ޝަރުތުތަކަކާއެކު ޝަރީއަތް މެދުވެރިކޮށް ބެލޭނެ ގޮތް ހެދުމަށް ދައުލަތުން އެދެއެވެ. އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، އިންޓެލިޖެންސް ރިޕޯޓުތަކަކީ އޭގެ ޒާތުގައި މުޖުތަމައަށް ސިއްރުކޮށްފައި އޮންނަ އެއްޗެއް ކަމަށާއި، އެ ނަކަލު ކުރުމަށްފަހު ދޫކޮށްފިނަމަ މުޖުތަމައަށް ބޭރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ގާޒީ ވަނީ މި ރިޕޯޓުތަކުގައި ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ނެތްކަމަށް ވިދާޅުވެ، އެ ހެކިވެސް ހާމަ ކުރެއްވުމަށް ނިންމަވާފައެވެ. ގާޒީ ވަނީ އިންޓެލިޖެންސް ރިޕޯޓު ޝަރީއަތަށް އައިސް ބެލުމާއި، ވަކީލުންގެ އަތަށް ދޫކުރުމާ މެދު ވަކި ތަފާތު ނަތީޖާއެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖުމުލަ ގޮތެއްގައި މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކުރުމަށް އެދި ހުށައަޅާފައިވާ ގިނަ ހުށައެޅުންތައް ނިމިގެން ގޮސްފައިވަނީ ދައުލަތުން އެދިފައިވާ ގޮތާއި ދެކޮޅަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ލިޔެކިޔުންތައް ހަމަ ކުރުމަށް ބާއްވާ އިޖުރާއީ އަޑުއެހުމެކެވެ.

މީގެ އިތުރުން މި މައްސަލާގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ސިއްރު ކޮށްނުދިނުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށާއި، ކުރިމިނަލް ކޯޓުގެ ނިންމުން މުރާޖާ ކުރަން ހުށަހަޅާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ތ. ތިމަރަފުށިހަރުކަށި ފިކުރުޕީޖީ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު