Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޕުޓިން ދަނީ ކެމިކަލް ހަތިޔާރު ބޭނުންކުރުމާމެދު ވިސްނަމުން: ބައިޑަން

22 މާރިޗު 2022 | އަންގާރަ 11:48

ރަޝިއާ ކޮށްފައިވާ ދޮގު ތުހުމަތުތަކަކީ އެގައުމުގެ ރައީސް ޕުޓިން، މި ހަނގުރާމާގައި އެފަދަ ހަތިޔާރު ބޭނުންކުރައްވަން ވިސްނަވަމުންދާކަން ހާމަކޮށްދޭ ކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 މާރިޗު 2022 | އަންގާރަ 11:48
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލު ކުރައްވަނީ

ރަޝިއާހެ ރައީސް ވްލަޑިމިއަރ ޕުޓިން ދަނީ ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކެމިކަލް ހަތިޔާރު ބޭނުންކުރަން ވިސްނަވަމުންކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ޔޫކްރެއިނުން ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ގެންގުޅޭކަމަށް ރަޝިއާ ކޮށްފައިވާ ދޮގު ތުހުމަތުތަކަކީ އެގައުމުގެ ރައީސް ޕުޓިން، މި ހަނގުރާމާގައި އެފަދަ ހަތިޔާރު ބޭނުންކުރައްވަން ވިސްނަވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ބައިޑަން ވަނީ މިހާރު ރަޝިއާގެ ރައީސް ހުންނެވީ ގޮތް ހުސްވެފައި ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެފަދަ ދޮގު ތުހުމަތުތައް ހުޅަނގުގެ ގައުމުތަކަށް އަމާޒުކޮށް ޕުޓިން ކުރައްވަމުން އެގެންދަވަނީ ހަނގުރާމަ ކާމިޔާބު ކުރައްވަން އިތުރު ގޮތެއް ނެތުމުން މަނާ ހަތިޔާރު ބޭނުންކުރަން ބޭނުންފުޅުވާތީ ކަމަށް ބައިޑަން ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް އެމެރިކާއާ ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން މަނާ ހަތިޔާރު ބޭނުންކުރާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ.

ޔޫކްރެއިން ހިފުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެގައުމުން ވަނީ ޔޫކުރެއިނަށް ހަމަލާ ދިނުމުގައި ހައިޕަރސޮނިކް މިސައިލްވެސް ބޭނުންކޮށްފައެވެ.

މިއީ، ގަޑިއަކު 6،000 ކިލޯ މީޓަރަށްވުރެ ބާރުމިނުގައި، އަޑަށްވުރެ 10 ގުނަ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްއެކެވެ. ހަމަ މިއާއެކު، އުހުގައި ދަތުރުކޮށް، ޖައްވުގައި ހުއްޓައި، ބިމަށް ތިރިކުުރުމުގެކުރިން މީގެ ސްޕީޑާއި މިސްރާބު ބަދަލު ކޮށްލުމުގެ ގާބިލްކަން ލިބިފައިވެއެވެ.

މިއީ ހަނގުރާމައެއްގައި ހައިޕަރސޮނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ރަޝިއާއިން ހައިޕަރ ސޮނިކް މިސައިލް އުފައްދާފައިވާކަން ހާމަކޮށްފައިވަނީ 2018ވަނަ އަަހަރުއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް