Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އޭސީސީގެ އައު މެމްބަރުންނަށް ވެދާނެތަ؟

21 މާރިޗު 2022 | ހޯމަ 12:53

ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، މަސައްކަތްތައް ބާރު ސްޕީޑްގައި ކުރައްވާނެކަމުގެ އުންމީދު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 މާރިޗު 2022 | ހޯމަ 12:53
އޭސީސީއަށް އައްޔަންކުރެވުނު މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި

އޭސީސީއަށް އައްޔަންކުރެވުނު މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ރަސްމިއްޔާތުގައި

ސަރުކާރުން އައްޔަންކުރި އޭސީސީގެ މެމްބަރުންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން މެމްބަރުންގެ ޕަރފޯމެންސް އޮޑިޓެއް ހެދިއެވެ. އެ އޮޑިޓްގެ މައްޗަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށެވެ. ސަރުކާރުގެ ސުޕަރ މެޖޯރިޓީއާއެކު ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން އެކަން އެގޮތަށް ކުރިއަށްގެންދިޔުމަށް ނިންމިއެވެ. އެއާއެކު އޭސީސީގެ ހުރިހާ މެމްބަރުން އެއްފަހަރާ އިސްތިއުފާދެއްވީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެއަށްފަހު ދެމަސް ފާއިތުވެގެން ދިޔައީ އައު މެމްބަރުން އައްޔަން ނުކުރެވިއެވެ. މެމްބަރުން ނެތުމުން މައްސަލަތައް ނުބެލޭކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް އައު މެމްބަރުން އައްޔަންކުރީ މިދިޔަހަފުތާ ތެރޭގައެވެ.  

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަރުހަލާގައި، އެންމެ ބޮޑަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވީ، ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ތަހުގީގުނުކުރެވި ދިގުލައިގެން ދިޔަ ވާހަކައެވެ. ތަހުގީގު ނިންމުމަށް މުއްދަތަކަށްފަހު މުދަތެއް ދެމުން ދިޔަނަމަވެސް, އެ މަސައްކަތް އޭސީސީން ނިންމާފައިނުވާކަމެވެ. އައު މެމްބަރުން އައްޔަންކުރުމުގެ ކުރިން ކުރިއަށްގެންދިޔަ އިންޓަރވިއު މަރުހަލާގައިވެސް ކޮމިޓީން އެންމެ ބޮޑަށް ފާހަގަކުރީ އެކަމެވެ. އެހެންކަމުން ސިޔާސީ ނުފޫޒާއި އެހެނިހެން ނުފޫޒުތަކުން އެއްކިބާވެގެން މިހާރުގެ މެމްބަރުންނަށް ރަނގަޅަށް މަސައްކަތްކުރެއްވިދާނެބާވައެވެ؟

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަވާލުވެފައިވާ އެންމެ ބޮޑު ޒިންމާއަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމެވެ. ދައުލަތުގެ ތެރޭގައި ހިނގާ މިބާވަތުގެ އަމަލަކީ އެއިރެއްގައި ތިބޭ ސިޔާސީ ވެރިންނާއި، އިސް މަގާމުތަކުގައި ތިބޭ މީހުންގެ އަތެއް އެކަމުގައި އޮންނާނެ ކަމެއްކަމާމެދު ދެބަސްވެވޭކަށްނެތެވެ. އެހެންކަމުން އެފަދަ ވެރިންގެ ނުފޫޒު, ކަންކަމުގައި އޮތުމަކީ އޭސީސީގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅިދާނެ ކަންކަމެވެ. މިފަދަ ނުފޫޒުތަކުގެ ސަބަބުން އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަލަށް އައްޔަން ކުރެވުނު މެމްބަރުން ވިދާޅުވަނީ އެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެފަދަ އެއްވެސް ނުފޫޒަކަށް ތަންދެއްވުމެއްނެތި ކަމަށެވެ.

އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށްވާ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމުގައި އޭރުގެ އޭސީސީ ފެއިލްވެގެން ގޮސްފައިވާކަމުގެ ތުހުމަތުކުރެއެވެ. މިކަމުގައި ސިޔާސީ ނުފޫޒު އޮންނަ ކަމުގެ ތުހުމަތުތައްވެސް ކުރެއެވެ. އެހެންނަމަވެސް އޭސީސީގެ އޭރުގެ މެމްބަރުންވެސް ވިދާޅުވެފައިވަނީ، އެފަދަ ނުފޫޒެއް ނެތްކަމަށެވެ. މަދުވަނީ ބަޖެޓާއި މުވައްޒަފުން ކަމަށެވެ. އެކަމަށްވެސް މިއަދު ސަރުކާރުންވަނީ މަގު ތަނަވަސް ކޮށްދީފައެވެ. އައު މެމްބަރުން ދެއްކެވީ ވަރަށް އުންމީދީ ވާހަކަތަކެކެވެ. ބޮޑު ޚިޔާނާތުގެ މައްސަލަ, އައު މެމްބަރުން އައްޔަންކުރާތާ މާ ގިނަދުވަހެއްނުވެ ފުރިހަމަ ޓައިމްލައިނަކާއެކު ނިންމަވާލައްވާނެކަމަށެވެ. މިހާރު އޭސީސީގައި ފުނިޖެހިފައި ހުރި މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ ވާހަކައެވެ. ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެކަމަށް ކޮމިޓީގައި ވިދާޅުވިއެވެ.  

އެހެންކަމުން އައު މެމްބަރުންނާއެކު ކުރެވޭ އުންމީދުތައްވެސް އޮންނާނެއެވެ. ގިނަބަޔަކު ތިބީ ހެޔޮ ބަދަލެއްގެ އުއްމީދުގައެވެ. އައު މެމްބަރުން އިންޓަރވިއު މަރުހަލާގައި އެ ކުރައްސަވައިދެއްވި ތަސްވީރުގައި ކުލަ ޖެހޭނެ ދުވަސް އަވަހަށް އަންނާނެ ކަމުގެ އުންމީދުގައެވެ.

އޭސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
17 އޮކްޓޯބަރު 2025

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

17 އޮކްޓޯބަރު 2025
ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް