Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

21 މާރިޗު 2022 | ހޯމަ 10:02

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2022 | ހޯމަ 10:02
ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރި މީހުން

ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރި މީހުން

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށް ދެއެވެ. އެއީ ޑައިމޯފިންޓްރެފިކް ކުރުމުގެދައުވާތަކަކާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެކެވެ. 

Advertisement - newsAdvertisement

ޑައިމޯފިން ޓްރެފިކް ކުރުން: (ދިވެހިން)

ހޯމަ ދުވަހުގެ ހެނދުނު 09:00ށް ތާވަލުކޮށްފައި އޮތީ މިމައްސަލައިގެ ޑައިމޯފިން ޓްރެފިކް ކުރުމާއި ގުޅޭ ގަޒިއްޔާގައި ހިމެނޭ ދިވެހިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ބައެވެ. އެއީ ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާން، ގއ. ކޮލަމާފުށި ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު، ކ މާފުށި ސްވީޓްމީޑް، އަހުމަދު މާހިރު، ނ. ވެލިދޫ ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ ޖަނަވަރީމާގެ، މުހައްމަދު އަހްމަދު އަދި ދ. ބަނޑިދޫ ޕޮލާރިސް، މުހައްމަދު ހުސައިނެވެ.

މުހައްމަދު ހުސައިންގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އުފުލައި އެ ގަޒިއްޔާވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.

މި މައްސަލައިގައި 09:00ށް ތާވަލު ކޮށްފައިވާ އަޑުއެހުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ ދައުވާ ލިބޭ ބައެއް ފަރާތްތަކަށް އަޑުއެހުމަށް ހާޒިރުވެފައި ނުވާތީއެވެ.

ވުމާއެކު އެ މައްސަލަ ވަނީ 27 މާރޗު 2022 ގެ މެންދުރު 13:00ށް ރީ ޝެޑިއުލް ކުރައްވާފައެވެ.

ޑައިމޯފިން ޓްރެފިކް ކުރުން: (ބިދޭސީން)

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލިބޭ 2 ބިދޭސީއެއްގެ ބައިވެސް ވަކިން ކުރިއަށް ދެއެވެ. އެ މައްސަލަ ތާވަލުކޮށްފައި އޮތީ 11:00 އަށެވެ.

އެ އަޑުއެހުމުގައި އެ ދެމީހުންގެ ވަކީލު އިބްރާހިމް ސިޔާމް ވަނީ މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ބޭނުންވާ ބައެއް އިތުރު ލިޔެކިޔުންތައް ހުރިކަން ފާހަގަކޮށް، މަދުވާ ލިޔެކިޔުންތަކުގެ މައުލޫމާތު ދައުލަތާއި ހިއްސާ ކުރައްވާފައެވެ. އަދި ދައުލަތުންވެސް ވަނީ ދިފާއަށް ދޫކުރެވެން ހުރި ލިޔެކިޔުންތައް 5 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދޫކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވުމާއެކު މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ ދައުލަތަށް 5 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، އޭގެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކެނެބިސް ބޭނުން ކުރުން:

މި މައްސަލައިގައި ދެން ހިމެނެނީ ހައްޔަރުކުރި 10 މީހުންގެ ތެރެއިން ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ގަޒިއްޔާއެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށެވެ.

ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނ. ވެލިދޫ ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ ޖަނަވަރީމާގެ، މުހައްމަދު އަހްމަދު، ގއ ދެެއްވަދޫ ދޭލިޔާގޭ، މިދުހަތު އިބްރާހިމް، މ ކޮޅުފުށި ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ރަފީޤުލް އިސްލާމްގެ މައްޗަށެވެ.

އެހެންނަމަވެސް އެ އަޑުއެހުންވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސަބަބަކީ އޮންލައިން ކަނެކްޝަންގައި މައްސަލަތަކެއް އުޅުމާއި، ދައުވާ ލިބޭ ބައެއް ފަރާތްތައް ހާޒިރުވެފައި ނުވާތީއެވެ. އެ މައްސަލަވެސް ވަނީ 27 މާރޗަށް ރީޝެޑިއުލް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް