Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރު: އެޗްޕީއޭ

ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2022 | އާދީއްތަ 06:58
އައިސޮލޭޝަނަށް މީހުން ގެންދިޔުމުގެ ތެރެއިން

އައިސޮލޭޝަނަށް މީހުން ގެންދިޔުމުގެ ތެރެއިން

ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވި ނަމަވެސް މިދިޔަމަހާއި އަޅާބަލާއިރު ފެބުރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށް ވެފައިވާ ކަމަށެވެ. އެހެންކަމުން އަރިދަފުސް ރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އަރިދަފުސް ރޯގާއާއި ބެހޭ ގޮތުން އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޖެނުއަރީމަހު 25554 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 16125 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އިންފްލުއެންޒާ އާއި ބެހޭ ގޮތުން އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ޖެނުއަރީ މަހާއި އަޅާ ބަލާއިރު ފެބްރުއަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު މަދުވެފައިވާ ކަމަށެވެ. އަދި ޓެސްޓް ކުރެވުނު ހުރިހާ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިންފްލުއެންޒާގެ 2022ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު ޓެސްޓް 317 މީހުން ޓެސްޓުކޮށްފައިވެއެވެ. ތިން މީހުން ޕޮޒިޓިވްވެފައިވެއެވެ. ފެބްރުއަރީ މަހު 41 މީހުން ޓެސްޓުކޮށްފައިވާއިރު، އެކަކުވެސް ޕޮޒިޓިވްވެފައިނުވެއެވެ. އަދި މިއަހަރު މިހާތަނަށް 358 ޓެސްޓުކޮށްފައިވެއެވެ. މިއަހަރު މިހާތަނަށް ޕޮސިޓިވްވެފައިވަނީ 3 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ އާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެންގީގެ 15 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑެންގީގެ 24 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށްހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހާއި އަޅާބަލާއިރު ފެބުރުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ބޭރަށް ހިންގުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރު ޖެނުއަރީ މަހު 9495 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު 2739 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައިވީ ނަމަވެސް ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު