Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އަދި ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން

އިންޑިއާއިން އިމްޕޯޓްކުރާ އެމެރިކާ ތެލުގެ ނިސްބަތް އިތުރުވިޔަސް ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނައެއް ނުކުރޭ

20 މާރިޗު 2022 | އާދީއްތަ 06:01

އިންޑިއާއިން އިމްޕޯޓްކުރާ އެމެރިކާ ތެލުގެ ނިސްބަތް 11 އިންސައްތަ އިތުރުވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 މާރިޗު 2022 | އާދީއްތަ 06:01
މުމްބާއީގެ ޕެޓްރޯލް ސްޓޭޝަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކާރަށް ޕެޓްރޯލް އަޅަނީ

މުމްބާއީގެ ޕެޓްރޯލް ސްޓޭޝަނެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކާރަށް ޕެޓްރޯލް އަޅަނީ

އިންޑިއާއިން އިމްޕޯޓްކުރާ އެމެރިކާ ތެލުގެ ނިސްބަތް 11 އިންސައްތަ އިތުރުވާނެ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވަނީ މިއަހަރު އިންޑިއާއިން އިމްޕޯޓްކުރާ އެމެރިކާ ތެލުގެ ނިސްބަތް އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރަޝިއާ ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުމާއި ދެކޮޅަށް ގައުމުތަކުން ގެންގުޅޭ އުސޫލުގެ ސަބަބުން އަންނާނެ ބަދަލެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލާއެކު އިންޑިއާއިން ދަނީ އެގައުމަށް ގައުމުތަކުން ސަޕްލައި ކުރާ ތެލަށް އަންނާނެ ބަދަލުތަކަށް ވިސްނައި ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން އިންޑިއާއިން ހުއްޓާލާނެ ކަމަކަށްވެސް އިންޑިއާއިން ބުނެފައެއް ނުވެއެވެ.

އިންޑިއާއިން ރަޝިއާ އާއި ބާއްވާ ގާތްގުޅުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުން ވަނީ އެގައުމަށް އަމާޒުވެފައެވެ. ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތައް ފެށުމަށް އިންޑިއާއިން ގޮވާލާފައި ވީނަމަވެސް އެގައުމުން ރަޝިއާ އާއި ވިޔަފާރީގެ ގުޅުން ބާއްވާނަމަ އެއީ ހަނގުރާމައަށް ރަޝިއާއަށް ފަންޑު ފޯރުކޮށްދެނީ ކަމަށް ހުޅަނގުގެ ގައުމުތަކުން ދަނީ ބުނަމުންނެވެ. އަދި ރަޝިއާއާއި ދެކޮޅަށް އިންޑިއާއިން ސީދާ ތެދުވެފައި ނުވާތީވެސް އެގައުމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އިންޑިއާއިން އެންމެ ގިނަ އަދަދެއްގެ ތެޔޮ އިމްޕޯޓްކުރަނީ މެދު އިރުމަތީގެ ގައުމުތަކުންނެވެ. އެމެރިކާއަކީ އިންޑިއާއިން ހަތަރު ވަނައަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓްކުރާ ގައުމެވެ. އެގޮތުން އިންޑިއާއަށް އިމްޕޯޓްކުރާ ތެލުގެ 23 އިންސައްތަ އިރާގުން ސަޕްލައި ކޮށްދޭއިރު، އެގައުމަށް އިމްޕޯޓްކުރާ ތެލުގެ 18 އިންސައްތަ ސަޕްލައި ކުރަނީ ސައުދީ އަރަބިޔާއިންނެވެ. އިންޑިއާ ތެޔޮ ސަޕްލައިގެ 11 އިންސައްތަ ހިއްސާކުރަނީ ޔޫއޭއީންނެވެ. އަދި އެގައުމަށް އެތެރެކުރާ ތެލުގެ 8 އިންސައްތަ މިއަހަރު ހިއްސާކުރާނެ ކަމަށް ލަފާކޮށްފައި ވަނީ އެމެރިކާއިންނެވެ.

ރަޝިއާއަކީވެސް އިންޑިއާގެ ތެޔޮ ސަޕްލަޔަރެކެވެ. ނަމަވެސް ފެބްރުއަރީ 24 ގައި ރަޝިއާއިން ޔޫކްރެއިނަށް ހަމަލާންދޭން ފެށުމާއެކު އެގައުމާއި ދެކޮޅަށް އަޅަން ފެށި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާއިން މިހާރު ދަނީ އެގައުމުގެ ތެޔޮ ޑިސްކައުންޓް އަގުގައި ވިއްކަމުންނެވެ.

އިންޑިއަން އޮއިލް ކޯރޕް އިން ވަނީ ޓެންޑަރ މެދުވެރިކޮށް ރަޝިއާގެ ތިން މިލިއަން ތެޔޮ ފީފާ އޯޑަރުކޮށްފައެވެ. އަދި ހިންދުސްތާން ޕެޓްރޯލިއަމް ކޯރޕް އިން ވަނީ މެއި މަހު ގަތުމަށް ރަޝިއާގެ 2 މިލިއަން ތެޔޮ ފީފާ ބުކްކޮށްފައެވެ.

އިންޑިއާ ސަރުކާރުން ވަނީ އެގައުމުން ހުރިހާ ގައުމެއްގެ ތެޔޮ ގަންނަން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. ހާއްސަކޮށް ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުުގައި އެގައުމަށް ސަޕްލައި ކުރާ ހުރިހާ ގައުމަކުންވެސް ރަނގަޅު އަގުތަކެއްގައި ތެޔޮ ލިބޭ ނަމަ އިންޑިއާއިން ގަންނާނެ ކަމަށް އެގައުމުގެ ސަރުކާރުން ފާހަގަކުރެއެވެ. އަދި މިހާރުވެސް ރަޝިއާގެ ތެލާއި ގޭސް އިމްޕޯޓްކުރާ ޔޫރަޕްގެ ގައުމުތައް އެބަހުރި ކަމަށާއި އެކަން އެހެން އޮއްވާ އިންޑިއާއިން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން ގައުމުތަކަށް މަނާ ނުކުރެވޭނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އިންޑިއާއިން ރަޝިއާ އާއެކު އޮންނަ ތެލުގެ ވިޔަފާރީގެ މުއާމަލާތް ސިޔާސީ ނުކުރުމަށްވެސް އެޤައުމުގެ ސަރުކާރުގެ އޮފިޝަލް ވަނީ ގޮވާލާފައެވެ. ވަކިން ހާއްސަކޮށް އަމިއްލައަށް ތެޔޮ އުފައްދާ ގައުމުތަކާއި އަދިވެސް ރަޝިއާއިން ތެޔޮ އިމްޕޯޓްކުރާ ގައުމުތަކަށް އިންޑިއާ ކުށްވެރި ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް