Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

އެމެރިކާއިން ވަނީ 2019ގައި ތުރުކީއަށް އެސް-400 ސިސްޓަމްތައް ލިބުމާއެކު އެ ސިސްޓަމްތައް ނައްތާލުމަށް ގޮވާލާ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 މާރިޗު 2022 | އާދީއްތަ 05:34
ރަޝިއާގެ އަސްކަރީ ތަމްރީނު ޕްރޮގްރާމެއްގައި އެގައުމުގެ އެސް-400 މިސައިލް ސިސްޓަމްތައް ބޭނުންކުރަނީ

ރަޝިއާގެ އަސްކަރީ ތަމްރީނު ޕްރޮގްރާމެއްގައި އެގައުމުގެ އެސް-400 މިސައިލް ސިސްޓަމްތައް ބޭނުންކުރަނީ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް އެގައުމުން ޔޫކްރެއިނަށް ހަދިޔާކުރުމަށް އެމެރިކާއިން ނުރަސްމީކޮށް ހުށަހަޅާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާއިން ވަނީ ތުރުކީއަށް ރަޝިއާއިން ދީފައިހުރި އެގައުމުގެ އެސް-400 މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް ހުށަހަޅާފައެވެ. އަދި މި ހުށަހެޅުންތައް އެމެރިކާއިން ދަނީ މިދިޔަ މަހުއްސުރެ ހުށަހަޅަމުންކަމަށް ރޮއިޓަރސްގައި ވަނީ ބުނެފައެވެ. ނަމަވެސް މިކަން އެމެރިކާއިން ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށްވެސް އެނޫހުގައިވެއެވެ.

އެމެރިކާގެ ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ވޭންޑީ ޝަރމަން މިމަހު ކުރީކޮޅު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައިވެސް މިވާހަކަތައް ދައްކަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހުށަހެޅުމަކީ ތުރުކީއިން ޔަގީނުންވެސް ނޫނެކޭ ބުނާނެ ހުށަހެޅުމެއްކަމަށް މިކަންތައް ދިރާސާކުރާ މާހިރުން ބުނެއެވެ. އެގޮތުން މިހާތަނަށް އައިރު ތުރުކީ ސަރުކާރުން މިކަމާއި ގުޅިގެން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މިކަމަކީ ތުރުކީއަށް ކުރަން ފަސޭހަވާނެ ކަމެއް ނޫންކަމަށްވެސް އެނަލިސްޓުން ފާހަގަކުރެއެވެ. ޔޫކްރެއިނަށް މިސިސްޓަމްތައް ދޭން ނިންމައިފި ނަމަ ދިމާވާނެ ޓެކްނިކަލް މައްސަލަތަކުގެ އިތުރުން އެނިންމުމާއެކު ރަޝިއާ އާއި ތުރުކީއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ބުރުއަރާނެކަމަށް އެނަލިސްޓުން ބުނެއެވެ.

އެމެރިކާގެ ސަރުކާރުން ދަނީ އެކުވެރި ގައުމުތަކުގައި ހުރި ރަޝިއާގެ އަސްކަރީ ސާމާނުތައް، އެސް-300 އަދި އެސް-400 ފަދަ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް ހުށަހަޅަމުންނެވެ.

އެމެރިކާއިން މިހުށަހެޅުން ތުރުކީއަށް ހުށަހަޅާފައިވާއިރު، 2019 ވަނަ އަހަރުގެ ޖުލައި މަހު ތުރުކީއަށް އެސް-400 ސިސްޓަމްތައް ލިބުމާއެކު އެ ސިސްޓަމްތައް ނައްތާލުމަށް އެކި ފަހަރުމަތިން އެމެރިކާއިން ވަނީ ގޮވާލާފައެވެ. އަދި މިމައްސަލާގައި ތުރުކީގެ ޑިފެންސް އިންޑަސްޓްރީއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާ ނޭޓޯގެ މެމްބަރު ގައުމުތަކުުގެ މެދުގައި ކުރިއަށް ގެންދިޔަ އެފް-35 ފައިޓަރ ޖެޓް ޕްރޮގްރާމްގައި ތުރުކީއަށް ބައިވެރިނުވެވޭ ގޮތް އެމެރިކާއިން ވަނީ ހަދާފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު