Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމް ޙަސަންގެ މަރު

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު: ހެކިންގެ ހެކިބަސް ނެގުން ކުރިއަށް

ޤާސިމްގެ މަރު ރިޕޯޓު ކޮށްފައިވަނީ 2019 ވަނައަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2022 | އާދީއްތަ 05:38
ގާސިމްގެ މަރުގެ މައްސަލަ: މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދުހަމްގެ މައްޗަށް

ގާސިމްގެ މަރުގެ މައްސަލަ: މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަދުހަމްގެ މައްޗަށް

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލަ ގޮސްފައިވާ ހިސާބު:

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަންދު މުރާޖައާ ކުރުމަށް އަޑުއެހުންތަކެއް ބޭއްވި ނަމަވެސް، ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ އަދުހަމް ވަނީ، ތަހުގީގު މަރުހަލާގައި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އިބްތިދާއީ އަޑުއެހުމުގައި ވެސް ދައުވާއަށް އިއުތިރާފުވެ، އެއީ އޭނާ ގާސިމް މަރާލުމުގެ ގަސްތުގައި ދިން ހަމަލާއެއް ނޫންކަމަށް ބުނެފައިވެއެވެ. އެކަމަކު، ކުށަށް އިއުތިރާފުވުމުން ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި، އޭނާ ފަހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެހެން ނަމަވެސް، އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި، އަދުހަމްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ވިދާޅުވީ، އަދުހަމް ބޭނުންވަނީ، ޕީޖީއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާއެކު، އަދަބު ލުއިވާނެ ގޮތަކަށް ކުރިއަށް ދިއުމަށް ކަމަށެވެ. އެހެންނަމަވެސް ދައުވާއަށް އަދުހަމް އިއުތިރާފުވުމަށްފަހު، ފަހުން ދައުވާއަށް އިންކާރުކޮށްފައިވާތީ، އެކަމާއި ގުޅިގެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު، ގާޒީ ދެއްވާފައެއް ނުވެއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން:

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މައްސަލަ ގޮސްފައިވާ ހިސާބު ސާފުކޮށްފައެވެ. ސަބަބަކީ މި މައްސަލަ ކުރިން ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވާފައިވާތީއެވެ.

މި އަޑުއެހުމުގައި ދައުލަތާއި ދިފާއުންވެސް ވަނީ މި މައްސަލައިގައި ދެން އޮތީ ޝަރީއަތް ފަށައި ހެކިބަސް ނެގުންކަން ފާހަގަ ކުރައްވާފައެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ އަދުހަމު އަދިވެސް އިއުތިރާފް އެއްބަސްވުމާއެކު ކުރިއަށްދާން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، އަދަބަށް ލުއި ލިބިދެވޭނީ އިބްތިދާއީ މަރުޙަލާގައި އިއުތިރާފުވުމުން ކަމަށާއި، ޝަރީއަތް ފެށުމަށްފަހު އިއުތިރާފުވީ ނަމަވެސް އަދަބަށް ލުއި ނުދެވޭނެ ކަމަށެވެ. ގާޒީވެސް ވަނީ މައްސަލައިގެ ހެކިބަސް ނަގައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

މި އަޑުއެހުމުގައި އަދުހަމް ވަނީ ޝަރީއަތުގައިވެސް ދައުވާއަށް އިއުތިރާފުވެ، އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަ ނިމެންކަމަށް ބުނެފައެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރު ކުރި ހެކިވެރިއަކީ ސީންއަށް ހާޒިރުވި ޕޮލިސް ސަރޖަންޓް މަރިޔަމް ޝިހާމާއެވެ.

އޭނާ ވަނީ ސީންއިން 21 މާއްދީ ހެއްކެއް ނަގާފައެވެ.

ދެން ހެކިބަސް ދިނީ ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް ޤާސިމްގެ ހަށިގަނޑަށް އެޓެންޑުވި ޕޮލިސް ސަރޖަންޓް ހުސައިން ފަރުހާންއެވެ.

އޭނާ ބުނި ގޮތުގައި ޤާސިމްގެ ކަރުގެ ވާތް ފަރާތުގައި ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ހުއްޓެވެ. އަދި ދެ އަތުގެ އިނގިލިތަކާއި، ކަނާތު ކުޑަހުޅާ ދިމާއިންވެސް އެފަދަ ޒަޚަމްތަކެއް ހުއްޓެވެ.

ތިންވަނައަށް ހެކިބަސް ދޭ ފަރާތަކީ ޙާދިސާ ހިނގިއިރު ކުޑަކުއްޖެއް ނަމަވެސް މިހާރު އޭނާއަށް ވަނީ 18 އަހަރު ވެފައެވެ. އެހެންނަމަވެސް މީޑިއާތަކުގެ ހާޒިރުގައި ހެކިބަސް ދޭން އޭނާ އިއުތިރާޒު ކުރާތީ އޭނާގެ ހެކިބަސް ނެގީ ނޫސްވެރިންނާއި ނުލައެވެ.

މި މައްސަލައިގައި އޭޕްރީލް މަހުގެ ތެރޭގައިވެސް ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުންތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯަޓްކޮށްފައިވަނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު