Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަކަރާއި ހީލަތުން ފައިސާ ހޯދުން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 މާރިޗު 2022 | ހޮނިހިރު 17:00
މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް

މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް

ކޮންމެ ދުވަހަކުވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މީހުން މަސައްކަތް ކުރާ ވާހަކައަކީ މިހާރު އާންމު ވާހަކައެކެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ފައިސާ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އޮޅުވާލައިގެން ފައިސާ ހޯދާއިރު ހަމްދަރުދީ ހޯދައިގެން ވެސް ފައިސާ ލިބޭތޯ މަސައްކަތް ކުރެއެވެ.

ފައިސާ ހޯދުމަށް އެދި ހަމްދަރުދީގެ ކޯލްތައް ވެސް ކުރެއެވެ. މިއީ މިހާރު އާންމު ކޯލްތަކެކެވެ. ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގެ އެވެ. އެކަމަކު އޭރު އޮންނަނީ ކަންވެ ނިމިފައެވެ. ނަންބަރު ރަނގަޅަށް ބަލާއިރު އެއީ ނުވެސް ދަންނަ ނަމްބަރެކެވެ. ދެން އެ ނަންބަރަށް ގުޅާއިރު ފޯން އޮންނަނީ އޮފް ކޮށްލާފައެވެ. ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުރެ އެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯވެއެވެ.

މަކަރާއި ހީލަތުން، އޮޅުވާލައިގެންނާއި، އަދިވެސް މިނޫން ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މިކަން ހައްލުނުވެ މިހެން ދަމުންގޮސް، ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މިކަން ކުރާ ގޮތަށް ނުވަތަ އެކަން ކުރާ މީހުން ގެންގުޅޭ އުކުޅުތަކަށްވެސް ބަދަލުތައް އަންނަމުންދެއެވެ.

މިފަހަރު ވެސް މިއީ މިފަދަ މީހެއްގެ ވާހަކައެވެ. މީހަކު "ސަލާމް ޖަހަން" އައުމުން އެމީހާއަށް ހަމްދަރުދީ ވެގެން ފޭސްބުކްގައި ޕޯސްޓެއް ޖެހިއެވެ. މި ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓުތައް ކިޔާލުމުން، މި މީހާ އަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރާ މީހެއްކަން ޔަޤީންވިއެވެ. އެއީ ހަމްދަރުދީ ހޯދުމަށްޓަކައި އެމީހާ ބޭނުންކުރި ސިޓީ އެމީހުންނަށް ވެސް ލިބިފައިވާ ކަމަށް މީހުން ކޮމެންޓް ކޮށްފައި ހުރުމުންނެވެ. އެމީހުންނަށް ލިބުނު ސިޓީގައި ވެސް ހުރީ ހަމަ އެއް ވާހަކަތަކެއް ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ނަމާއި އެޑްރެސް ތަފާތެވެ.

މި ސިޓީގައި ވަނީ އޭނާ އަކީ ރ. ދުވާފަރަށް އުފަން އުމުރުން 26 އަހަރުގެ ވާހަކަ ނުދެއްކޭ އަޑުވެސް ނީވޭ މީހެއް ކަމަށެވެ. ލޯބިވާ މައިންބަފައިން ވެސް ނިޔާވެފައިވާ ކަމަށާއި ނިދާ އުޅެނީ ރަސްފަންނު ގޮނޑުދޮށުގައި ހަދާފައި ހުންނަ ހޮޅުއައްޓެއްގައި ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި އެހެން އުޅޭތާ 8 މަސްވެއްޖެ ކަމަށާއި ނުކައި ހުންނަތާ ގާތްގަޑަކަށް 13 ގަޑިއިރު ހުރުމުގެ ސަބަބުން ވަރަށް ބަނޑުހައިވެފައި ހުރި ކަމަށާއި ރީތިވާ ތަކެތި ހުސްވެފައިވާ ކަމަށް ވެސް ވެއެވެ. އަދި މާތްﷲ އަށްޓަކައި އޭނާއަށް އެއްފަހަރު އެހީވެދިނުމަށް އެދި އާދޭސްކޮށް، ފައިސާ ނުދިންކަމުގައިވީނަމަވެސް ރީތިވާ ސާމާނު ދިނަސް މައްސަލައެއް ނެތްކަމަށް ވަނީ ބުނެފައެވެ.

މިފަދަ ސިޓީތައް އެކި ވައިބަރގްރޫޕް ތަކަސްވެސް ލާފަ ހުންނަނީ މަދެއްކޮންނޫނެވެ.ސިޓީގަދީފަ ހުންނަ ފޯނު ނަމްބަރަކާ ގުޅަން އުޅެ ނުގުޅޭނެއެވެ. ދީފަ އިންނަނީ ބޭންކް އެކައުންޓް ނަމްބަރެކެވެ. އެޔަށް އެހީގެ ފައިސާ ލާދިނުމަށް އެދިފައެވެ.

މިއީ ހައްތަހާވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މީހުން ކުރާ މަސައްކަތެކެވެ. އަދި ގިނަ ފަހަރަށް މަސްތުވާތަކެތި ބޭނުންކުރުމަށް ވެސް ސަލާމް ޖަހައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. މިކަމާ ގުޅިގެން ހުރިހާ އެންމެން ވެސް ސަމާލުވާންވީ އެއްކަމެއް އެބައޮތެވެ. މިފަދަ މަޅިތަކުގައި ނުޖެހުމެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ މީހުންނަށް އިތުބާރު ނުކުރުމެވެ.

މުޖުތަމައުގެ ހުރިހާ ފަރުދުން ހޭލުންތެރިވެގެން ނޫނީ މިފަދަ މަކަރުވެރި މީހުންގެ ކިބައިން ރައްކާތެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ހުރިހާ އެންމެން ވެސް ސަމާލުވާން ޖެހޭނެއެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
16 އޯގަސްޓު 2017

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
15 ޖުލައި 2017

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު