Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޭރެން މަސައްކަތް ކުރުން

ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާއްމުކޮށްފި

ފޭރުމަށް މަސައްކަތް ކުރީ ހެލްމެޓް އަޅައިގެން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 07:17
ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ

ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ

މާލޭގެ މަގެއްގައި ސައިކަލު ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާއްމުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އަލިކިލެގެފާނު މަގުގައި ހިނގި މިހާދިސާގެ ވީޑިއޯ ސޯޝަލް މީީޑިއާގައި ވަނީ އާއްމުވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ހެލްމެޓެއް އަޅައިގެން ހުރި ޒުވާން ފިރިހެނަކު ޒުވާން އަންހެނެއްގެ ސައިކަލު ފަހަތުން ދުއްވާފައި އައިސް އަރާ ހަމަކުރުމަށްފަހު، ކަރުގައި އޮތް ރަން ފަށް ޖަހައިގަތުމަށް މަސައްކަތް ކުރެއެވެ. އެމަސައްކަތް ކާމިޔާބު ނުވުމުން ސައިކަލު ބަހައްޓާފައި ވެސް އައިސް ކަރުގައި އޮތް ފަށާއި، އަތްދަބަސް ޖަހައިގަތުމަށް މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އެ އަންހެން މީހާ ސައިކަލު ދޫކޮށްލުމަށްފަހު، ދުވެފައި ގޮސް މަގުގެ ދުވާރު މައްޗަށް އަރާ މަންޒަރު ފެނެއެވެ. އޭގެފަހުން ފިރިހެން މީހާ ސައިކަލަށް އަރައިގެންދާއިރު، ފަހަތުން އަންނަ އެހެން ބަޔަކު އައިސް އަންހެން މީހާގެ ސައިކަލު ނަގައިދީ، އެހީތެރިކަން ފޯރުކޮށްދެއެވެ.

ފޭރެން މަސައްކަތް ކުރި މީހާ ހެލްމެޓް އަޅައިގެން ހުރުމުގެ ސަބަބުން އޭނާގެ މޫނު ވީޑިއޯއަށް އަރާފައިނުވެއެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ވ.ފިޔަބަރި، 30 އަހަރުގެ ހަސަން އިސާމު ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ހަވީރު 5:20 ހާއިރު ކަމަށެވެ. އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އިސާމު ދުއްވި ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދޭތެރެދޭތެރެއިން މާލެސިޓީގެ މަގުތަކުން ފޭރުމުގެ މައްސަލަތައް ފެންމަތިވެއެވެ. އެގޮތުން މޯބައިލް ފޯނާއި، އަތްދަބަސް ޖަހައިގަތުމާއި، ކަރުގައި އޮންނަ ފަށް ޖަހާ ގަތުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި މީހުންނަށް ބިރު ދައްކައިގެން ފޭރުގެ މައްސަލަތައް ހިންގާއިރު، މާލޭގެ ގެސްޓްހައުސްތަކަށް ވަދެ، ދުވަހު ކުއްޔަށް ކޮޓަރީގައި ތިބޭ މީހުންނަށް ވެސް ބިރުދައްކައިގެން މުދާ ފޭރިގަނެފައިވެއެވެ.

ފޭރުންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު