Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބާޖަމާލުއްދީން ސްކޫލް ހުސްކުރުން

ކުރިއަށް އޮތް ހަފްތާ ތެރޭގައި ބާޖަމާލުއްދީން ހުސްކޮށް ނިމޭނެ: އީސީ

މިދިޔަ މަހު ސާމާނުތައް ޕެކް ކުރުމުގެ މަސައްކަތް ފަށާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މާރިޗު 2022 | ހޮނިހިރު 12:19
އިންތިޚާބާ ބެހޭ މަރުކަޒު ހިންގަމުންދިޔަ ބާ ޖަމާލުއްދީން ސްކޫލް

އިންތިޚާބާ ބެހޭ މަރުކަޒު ހިންގަމުންދިޔަ ބާ ޖަމާލުއްދީން ސްކޫލް

ކުރިއަށް އޮތް ހަފްތާ ތެރޭގައި ބާޖަމާލުއްދީން ސްކޫލް ހުސްކޮށް ނިމޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އީސީގެ އިންތިޚާބާ ބެހޭ މަރުކަޒު ހިންގާ ބާޖަމާލުއްދީން ސްކޫލް ހުސްކުރަން އަންގާފައިވަނީ އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް އެބިމުގައި އެޅުމަށެވެ. ބާޖަމާލުއްދީންގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރާއްޖެއެމްވީއަށް ވިދާޅުވީ ބާޖަމާލުއްދީން ހުސްކުރުމުގެ މަސައްކަތް މިދިޔަ މަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. ވަރަށް ބޮޑަށް ބާވެ ރައްކާތެރި އިމަރާތަކަށް ނުވުމާއެކު، ހުސްކުރަން އެންގުމާއެކު ޕެކިންގެ މަސައްކަތްތަށް ފަށައިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުއާދު ވިދާޅުވީ ބާޖަމާލުއްދީންގައި އެކޮމިޝަނުންގެ 4 ސެކްޝަން ހިންގަމުންދާ ކަމަށާއި، ގިނަ އަދަދެއްގެ އާލާތްތައް ގެންދަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ހޮނިހިރު ދުވަހު ވެސް ބުރަކޮށް މަސައްކަތް ކޮށް ގިނަ އަދަދެއްގެ ސާމާނު ބަދަލުކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ވޯޓު ފޮށިތަކާއި ބައެއް އެހެނިހެން ސާމާނުތައް އަރަބިއްޔާ އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދިޔަ ކޮމިޝަންގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާނީ އީސީގެ މައި އޮފީހުގައި ކަމަށް ވިދާޅުވިއެވެ.

ބާޖަމާލުއްދީން ހުސްކުރުމުގެ މަސައްކަތް ލަސްވި ސަބަބަށް އިޝާރަތް ކުރައްވާ ފުއާދު ވިދާޅުވީ ގިނަ އަދަދެއްގެ މުއައްޒަފުންނާއެކު މަސައްކަތްކުރާ އޮފީހަކަށް ކޮމިޝަނަށްވާއިރު، އެކަށީގެންވާ އިމާރާތެއް ބޭނުންވާ ކަމަށެވެ. މިދިޔަ ދުވަސްތަކުގައި އީސީއަށް އެކަށީގެންވާ އިމާރަތެއް ހަމަނުޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަގުތީ ގޮތުން އަރަބިއްޔާ ސްކޫލަށް ބަދަލުވެވޭނެކަން އެޑިޔުކޭޝަން މިނިސްޓްރީން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އިމާރަތް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އެ އިމާރާތް ވެސް މިއަހަރުގެ ފަހުކޮޅު ހުސްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އީސީއަށް ދާއިމީ އިމާރާތެއް ހޯދުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، މިހާރު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ކޮމިޝަނުންގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް މެނޭޖްކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު