Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންގެ މަސްލަހަތު އިސްކޮށް އިހްސާންތެރިވުމަށް ޚުތުބާގައި ގޮވާލައިފި

18 މާރިޗު 2022 | ހުކުރު 08:41

މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2022 | ހުކުރު 08:41
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ދަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކޮށް ނިމިގެން މީހުންތައް ދަނީ

އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންގެ މަސްލަހަތު އިސްކޮށް އެމީހުންނަށް އަޅާލައި އިހްސާންތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އިޙްސާންތެރިވުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށާއި، އެމީހުންނަށް އަޅާލައި އިހްސާންތެރިވާންޖެހޭ ކަމަށެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކިނުކުރެވޭ ފަދަ ގުނަވަނެއް ކަމަށާއި، އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ވޭނެއް، ހުރިހައި ގުނަވަންތައް ހިއްސާކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިއީ މުސްލިމުންގެ މިސާލުގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ އިންސާނުން ހައްދާވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަމާއި، މަދަދަށް ބޭނުންވާނެ ކަމަށެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީވާން ޖެހޭ ކަމަށެވެ. އަދި އެފަދަ ވަގުތުތަކުގައި އެމީހުންނަށް އެހީތެރިވެ އަޅައިލުމަކީ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މި މުޖުތަމައުގައި އެކިއެކި ކަންކަމުގައި އެހީތެރިކަމަށް ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެއް ބަޔަކަށް މާލީ އެހީތެރިކަން ބޭނުންވާއިރު، އަނެއްބަޔަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަނެއް ބަޔަކަށް ހިތާމައާއި ހިތްދަތިކަމުން އަރައިގަނެވޭ ފަދަ އޯގާވެރިކަމުގެ ބަހެއް ބޭނުންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މުޖުތަމައުގެ ނިކަމެތިންނާއި ފަގީރުންނަކީ މުޖުތަމައުގައި ނުހަނު މުހިއްމު ބައެއް ކަމަށާއި، އެމީހުންނަށް ހެޔޮ އެދިގެން ކުރެވޭ ހޭދައާ ފޯރުކޮށްދެވޭ އެހީތެރިކަމުގެ ސަބަބުން މުޖުތަމައު ގެ ގިނަ ބަޔަކަށް އޭގެ ލާބައާއި މަންފާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމް ދީނުގައި އިހްސާންތެރިވުމަށް އަންގަވާފައިވަނީ ހަމައެކަނި އިންސާނުންނަށް ނޫން ކަމަށާއި، ދިރޭ ތަކެއްޗަށް ވެސް ރަހުމުކޮށް އޯގާވެރިވާންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް