Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަންގެ އޮޑިޓް ރިޕޯޓު

އިމިގްރޭޝަންގެ 3 ބޭންކް އެކައުންޓެއްގެ ހިސާބުތައް ބަލަހައްޓާފައިނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

18 މާރިޗު 2022 | ހުކުރު 07:56

ބޭންކަށް ފައިސާ ޖަމާކޮށްފިނަމަ އެހިސާބުތައް ބަލަހައްޓަންވާނެ ކަމަށް ގަވާއިދުގައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 މާރިޗު 2022 | ހުކުރު 07:56
އިމިގްރޭޝަން

އިމިގްރޭޝަން

އިމިގްރޭޝަންގެ ބޭންކް އެކައުންޓްތަކެއްގެ ބާކީ ބަލަހައްޓާފައިނުވާކަމާއި، އެކައުންޓް ރިކޮންސައިލް ކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ އިމިގްރޭޝަންގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ އެހެންވެސް ބޭންކަކަށް ފައިސާ ޖަމާކޮށްފިނަމަ، އެ ފައިސާ ޖަމާކުރި އޮފީހަކުން އެ ފައިސާގެ ހިސާބު ބަލަހައްޓައި، އެކައުންޓު ބާކީ ފޮތުގައި ލިޔެގެން ނުވަތަ ކޮމްޕިއުޓަރ ޝީޓުގައި ހިސާބުތައް ހިމަނައިގެން، އެ ހިސާބުތައް ބަލަހައްޓަމުން ގެންދަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަދި އެކައުންޓުން ދައްކާ ބާކީއާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީއަކީ ރަނގަޅު އަދަދުތަކެއްކަން ދެނެގަތުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓެއް ގެނުވައި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓެއް ތައްޔާރު ކުރަންޖެހޭނެ ކަމަށް ހަމަ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެހެންނަމަވެސް، އިމިގްރޭޝަންގެ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޮފީސްތަކުން ބަލައިގަންނަ ފައިސާ ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ތިން އެކައުންޓްގައި 2018 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 361,842 (ތިން ސަތޭކަ ފަސްދޮޅަސް އެއް ހާސް އަށްސަތޭކަ ސާޅީސް ދޭއް) ރުފިޔާ ހުރިކަމަށް އެކައުންޓްތަކުގެ ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ ކަމަށް ރިޕޯޓުގައިވެއެވެ. މި އެކައުންޓްތަކުގެ ހިސާބުތައް ބަލަހައްޓައި، އެކައުންޓް ބާކީކޮށް، އަދި ބޭންކް ސްޓޭޓްމަންޓުން ދައްކާ ބާކީ އާއި އިމިގްރޭޝަންގެ ރިކޯޑުތަކުން ދައްކާ ބާކީ އަޅާބަލައި ރިކޮންސައިލްކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުުގައި ބުނެފައިވެއެވެ. އެހެންކަމުން، އަހަރު ނިމުނުއިރު، އިދާރާގައި ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދު ސައްހަކަން ޔަގީންކުރެވެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މިކަންކަން ރަނގަޅުކުރުމަށް އޮޑިޓް އޮފީހުން ދީފައިވާ ލަފާގައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުތައް ބަލަހައްޓަމުން ދިއުމަށް އަންގާފައެވެ. އަދި މާލިއްޔަތު ގަވާއިދުގެ 5.16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ދައްކާ ބާކީއާއި އޮފީހުގެ ހިސާބުތަކުން ދައްކާ ބާކީއަކީ ރަނގަޅު އަދަދުތަކެއްކަން ދެނެގަތުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު ބޭންކް ސްޓޭޓްމަންޓެއް ގެނުވައި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓެއް ތައްޔާރު ކުރުމަށް އަންގައި ލަފާދީފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް

15 އެޕްރީލު 2018
ތަަރައްގީގެ މަޝްރޫއު ތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކަށް ސަމާލުވޭ: ވޯލްޑް ބޭންކް
16 ޖެނުއަރީ 2018

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި

16 ޖެނުއަރީ 2018
އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި
28 ޑިސެމްބަރު 2017

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން އިތުރު މުހްލަތެއް

28 ޑިސެމްބަރު 2017
ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން އިތުރު މުހްލަތެއް
21 ޑިސެމްބަރު 2017

ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް

21 ޑިސެމްބަރު 2017
ޖިނާއީ މައްސަލަތަކާ ގުޅިގެން 49 އެކައުންޓެއްގެ މައުލޫމާތު ހޯދަން ދިވެހި ސަރުކާރުން އެދުނު: ފޭސްބުކް
08 ޑިސެމްބަރު 2017

ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވަން: ޗައިނާގެ ބޭންކްތައް

08 ޑިސެމްބަރު 2017
ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވަން: ޗައިނާގެ ބޭންކްތައް
01 ނޮވެމްބަރު 2017

ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

01 ނޮވެމްބަރު 2017
ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ
25 އޮކްޓޯބަރު 2017

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

25 އޮކްޓޯބަރު 2017
ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް
03 އޮކްޓޯބަރު 2017

ޖަމާލުއްދީން ސްކޫލްގެ މޮނިއުމެންޓް އަޅަން ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކޮށްފި

03 އޮކްޓޯބަރު 2017
ޖަމާލުއްދީން ސްކޫލްގެ މޮނިއުމެންޓް އަޅަން ހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކޮށްފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް