Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިނޭންސްގެ ތަފާސްހިސާބު

ދައުލަތުގެ އާމްދަނީ 5.4 ބިލިއަނަށް އަރައިފި

18 މާރިޗު 2022 | ހުކުރު 04:00

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 މާރިޗު 2022 | ހުކުރު 04:00
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މާރޗް 10 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ މިދިޔަ 2021 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް 5.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. މިއީ 1.5 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.

މިއަހަރުގެ މިހާތަަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް ފައިސާއިންނެވެ. މިގޮތުން ޓެކުހުން ލިބުނު އާމްދަނީ 4 ބިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި، ޚިދުމަތުގެ އަގުން ނަގާ ޓެކުހުން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 529.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއާއެކު މުޅި ޖުމްލަ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުން 2.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

ވިޔަފާރިތަކުންނާއި، ތަކެތިން ނަގާ ޓެކުހުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި އިމްޕޯޓު ޑިއުޓީން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 551 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ގްރީން ޓެކެސްގެ ގޮތުގައި 202 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުން ހާމަކުރެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ދައުލަތަށް ލިބިފައެވެ. މިއީވެސް 2021 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ބޮޑުތަނުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 691 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރާ އަޅާ ބަލާއިރު 709 މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. ކެޕިޓަލް ރިސީޓްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ފްރާންޓްސްގެ ގޮތުގައި 65.3 މިލިއަން ރުފިޔާ ދައުލަތަށް ލިިބިފައިވެއެވެ.

މީގެ އިތުރުން، މިހާތަނަށް ބަޖެޓުން ކުރި ހޭދަ 6.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިގޮތުން ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި މިހާތަނަށް 5.9 ބިލިއަން ރުފިޔާ ހިނގާފައިވާކަމަސް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ

08 ސެޕްޓެމްބަރު 2017
އެކްސްޕޯޓް، އިމްޕޯޓްގެ އާމްދަނީ އިތުރުވެއްޖެ
07 ސެޕްޓެމްބަރު 2017

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

07 ސެޕްޓެމްބަރު 2017
ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ
24 ޖޫން 2017

ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި

24 ޖޫން 2017
ކަރާ ކިލޯއެއްގެ އަގު 80ރ. އަށް އަރައިފި
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް