Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަރުކާރުގެ ހަރަދު

ސަރުކާރަށް ޖުލައި މަހު އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

އާމްދަނީ އިތުރުވެފައި ވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަަބުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 06:42
މަރުކަޒީ ބޭންކް އެމްއެމްއޭ

މަރުކަޒީ ބޭންކް އެމްއެމްއޭ

މިއަހަރު ޖުލައި މަހު ދައުލަތުގެ އާމްދަނީ އަށް 2.7 ބިލިޔަން ރުފިޔާ އާމްދަނީ އެއް ލިބިފައިވާ ކަމަށް އެމްއެމްއޭގެ އިގްތިސާދީ ރިވިއުގައި ބުނެފިއެވެ.

އެމްއެމްއޭ އިން ނެރެފައިވާ އޮގަސްޓް މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވާ ގޮތުގައި ޖުލައި މަހު ސަރުކާރަށް އާމްދަނީގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ލިބިފައި ވަނީ ހިލޭ އެހީ ނުހިމަނައެވެ. އަދި މިއީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު 849.0 މިލިޔަން ރުފިޔާގެ އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެއެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައިވާ ގޮތުގައި ޖުލައި މަހު ސަރުކާރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްއާއި ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އިތުރުވުމުން ކަމަށް އެމްއެމްއޭގެ ރިވިއުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ރިވިއުގައި ވަނީ ބުނެފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިވިއުގައި ވަނީ ބުނެފައެވެ.

ސަރުކާރުގެ ހަރަދަށް ބަލާއިރު ޖުލައި މަހު ސަރުކާރުގެ ޖުމްލަ ހަރަދަކީ 1.9 ބިލިޔަން ރުފިޔާއެވެ. މިއީ 2016 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 518.6 މިލިޔަން ރުފިޔާގެ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައިވާ ގޮތުގައި ޖުލައި މަހު ސަރުކާރުގެ ހަރަދުތައް އިތުރުވެފައި ވަނީ ސަރުކާރުގެ ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް އިތުރުވުމާ ގުޅިގެންނެވެ. ސަރުކާރުގެ ކެޕިޓަލް ހަރަދު އިތުރުވެފައި ވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް މަޝްރޫޢުތަކަށް ކޮށްފައިވާ ހަރަދު އިތުރުވުމާ ގުޅިގެން ކަމަށެވެ. އަދި ރިކަރަންޓް ހަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރު ހިންގުމުގެ ހަރަދު އިތުރުވުން ކަމަށް އެމްއެމްއޭގެ ރިވިއުގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު