Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުށްކުރާ މީހުންނަށް ހައްގު އަދަބު ދިނުން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބާރު ފަނޑިޔާރުން ނުހިފާތީ ކުށްކުރާ މީހުން ވީއްލިގެންދާތަން ފެނޭ: ސުޕްރީމް ކޯޓު

18 މާރިޗު 2022 | ހުކުރު 06:40

ދައުވާކޮށްފައިވާ ކުށް ނޫން އެހެން ކުށެއް ސާބިތުކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2022 | ހުކުރު 06:40
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އެ ގޮތުގައި ގާނޫނުގައި އޮވެ، އެ ބާރުގެ ބޭނުން ފަނޑިޔާރުން ނުހިފާތީ ކުށްކުރާ މީހުން ހައްގު ނޫން ގޮތުގައި ވީއްލިގެންދާތަން ފެންނަ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އެގޮތަށް ބުނީ މީގެ 13 އަހަރު ކުރިން، މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ ލ. ގަން، ތުޑިވިލާ، މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް، ހުކުމް ދަމަހައްޓަމުންނެވެ. މީގެ 13 އަހަރު ކުރިން ހިނގި މި ލާއިންސާނީ އަމަލުގެ ސަބަބުން ނަޖާހު 12 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނަޖާހުއެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވާ ކުށް ނޫން އެހެން ކުށެއް ސާބިތުކުރުމުގެ ބާރު ފަނޑިޔާރުންނަށް ދީފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގެ މަގުސަދުގައި ކަމަށާއި، އެ ބާރުގެ ބޭނުން ފަނޑިޔާރުން ކުރަމުން ނުގެންދާނަމަ، ވަރަށް ގިނަ ފަހަރު ކޯޓު ވެގެންދާނީ ކުށްކުރާ މީހުންނަށް ހައްގު އަދަބު ނުލިބި ނިކުމެގެންދެވޭ ދޮރަކަށް ކަމަށެވެ. ސުޕްރީމް ކޯޓުން ބުނީ އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި މުޖުތަމައުގެ މަސްލަހަތު ބީވެގެން ހިނގައިދާނޭ މަގުފަހިވާ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ އެގޮތުގައި ގާނޫނުގައި އޮވެ، އެ ބާރުގެ ބޭނުން ފަނޑިޔާރުން ނުހިފުމުގެ ސަބަބުން ދައުލަތުން ދައުވާކުރާ މަރުގެ މައްސަލަތަކުގައި އާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ އަމަލުތަކުން އެ މީސްމީހުން ކޮށްފައިވާ އެހެން ކުށެއް ސާބިތުވާން އޮންނަ މިންވަރަށް ހެކި ލިބުނު ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެ ކުށެއް ހިމަނާފައި ނެތިގެން، ނުވަތަ ދައުވާގެ ސީޣާގައި އޮޅުމެއް އޮވެގެން މައްސަލަތައް ކޯޓުން ބޭރުކޮށް ކުށްކުރާ މީހުން ހައްގު ނޫންގޮތުގައި ވީއްލިގެންދާތަން ފެންނަ ކަމަށެވެ. އަދި އެކަން ހައްލުވެ ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަވެ މުޖުތަމައުގެ އިތުބާރު އެ ނިޒާމުގެ މައްޗަށް އުފެދޭނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގައިވާ ބާރު، އެ މާއްދާގެ މަގްސަދު ހާސިލުވާނެ ގޮތަށް ފަނޑިޔާރުން ބޭނުންކުރުމުން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ފަނޑިޔާރުންނަށް އިޝާރަތްކޮށް ސުޕްރީމް ކޯޓުން ބުނީ މައްސަލައިގައި ހިމެނޭ އަމަލުތަކުން ފުރިހަމަވާ އެހެން ކުށެއް ފަނޑިޔާރަށް ފެންނަން އޮވެފައި، ދައުލަތުން ދައުވާކޮށްފައި އޮންނަ ގޮތް ގޯސްވެގެން މައްސަލަތައް ބޭރުކޮށްލުމުގެ ބަދަލުގައި ޕްރޮސިކިއުޝަނުން ހެދިފައި އޮންނަ ގޯހެއް ނުވަތަ ވެއްޓިފައިވާ ކަމެއް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިސްނެގުމުގައި އިސްލާހުކޮށް، އެ ރޫހުގައި މަސައްކަތްކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުން ހިމަނާފައިވަނީ އެ އިޖުރާއަތުގެ ސަބަބުން މަސްލަހަތުތަކެއް ހިމާޔަތްވެގެން ދާނެތީ ކަމަށާއި، ބައެއް ފަހަރަށް ދައުލަތުން ދައުވާކޮށްފައިވާ ކުށުގެ މައްސަލަތަކުގައި، ފުރަތަމަ ނަޒަރުން ބަލާއިރު އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ކުރިކަމުގެ ހެކި ހުރިކަމަށް ފަނޑިޔާރަށް ފެންނަން އޮންނަ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުންނުކުރާ ނަމަ، އެކުރެވެނީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

މީގެ އިތުރުން އަދުލުވެރިކަމާއި އިންސާފުން ޝަރިއަތް ކުރުމަކީ އަދުލުގެ ނިޒާމުގެ މައިމޫ ކަމުގައިވާއިރު، ފަނޑިޔާރުންގެ މަގުސަދަކަށް ވާންވާނީ ދެ ޚަސްމުންގެ ދެމެދުގައި އިންސާފުވެރިވުން ކަމަށެވެ. އަދި ކޮންމެ ފަނޑިޔާރެއްގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވާޖިބަކަށް ވެސް ވާންޖެހޭނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށާއި، ހަމަ އެގޮތަށް، ކުށްވެރިޔަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުހައްގުން ވީއްލިގެން ނުދާނެކަން ކަށަވަރުކުރުން ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ވާޖިބު އަދާކުރަންވާނީ އެކަމެއް ކޮށްފައިވަނީ ރަނގަޅަށްކަމަށާއި، އިންސާފުވެރިކަމާއެކުގައިކަން ބޭރުފުށުން ކަށަވަރުކުރެވޭނެ ގޮތަށް ކަމުގައެވެ. އަދި އުފެއްދުންތެރިކަމާއި ވިސްނުންތެރިކަމާއެކު ކަމަށެވެ. ފަރުވާތެރި އަދި މައްސަލައިގެ އެންމެ ކަވި ތަފްސީލުތަކަށް ވިސްނުންތެރިކަމާއެކު ސަމާލުކަންދޭ ފަނޑިޔާރެއްގެ ކުރިމަތީގައި ޕްރޮސިކިއުޝަނުންނާއި ދިފާއުން އެންމެހައި ހެކިތައް ބެހެއްޓުމުން، އެ ފަނޑިޔާރު ވާންޖެހޭނީ އެ މައްސަލައިގައި އަނިޔާ ލިބުން ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ހައްގުތައް ހިމާޔަތްކޮށްދޭ މަދަދުގާރަށް ކަމުގައެވެ. އަދި އެއިން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ނުލިބޭކަން ވެސް ފަނޑިޔާރު ކަށަވަރުކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް