Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސެޓް ރިކަވަރީ ކޮމިޝަން އުވާލުން

އެސްޓް ރިކަވަރީ ކޮމިޝަން އުވާލައްވައިފި

އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މާރިޗު 2022 | ބުރާސްފަތި 13:11
އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2018 އިން އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބުރާސްފަތި ދުވަހު އުވާލައްވާފައިވާ ކަމަށެވެ.

އަދި އެ ކޮމިޝަން އުވާލެއްވުމާއެކު އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން 17 ނޮވެންބަރު 2018ގައެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

އެކޮމިޝަނުން ކުރިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޖުމުލަ 220 މިލިއަން ޑޮލަރު (3.3ބިލިއަން ރުފިޔާ) ދައުލަތައް ލިބެންޖެހެއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ، އޭރަކު އައި މީހަކު ހިތައް އެރި ގޮތަކަށް ކަމަށާއި، ރަށްތައް ދޫކުރި ފަރާތްތަކުގެ ތެރޭގައި ހަމަހަމަ އުޞޫލެއް ގެންގުޅެފައި ނުވާކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް، ޤާނޫނީ މަރުހަލާތައް ފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުމަށް ނިންމަވާފައިވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީގު ކުރުމުގައި ހަރަކާތްތެރިވާ އެއް ފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ. އަދި އެ ކޮމިޝަންގެ މެންޑޭޓްގައިވާ ތަހުޤީގުތައް އެންމެ ބޮޑަށް ސީދާ ކުރެވުނީ އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތް ތައް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސާލިޙު އިތުރަށް ވިދާޅުވީ، މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް ޤާނޫނީ މަރުހަލާތައް ފެށުމަށް އޭ.ސީ.ސީއަށް ހުށައެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވުމުން އޭ.ސީ.ސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭ.ސީ.ސީއިން ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އޭސީސީގެ މެންބަރުން ހުވާކުރެއްވުމާއެކު، އޭސީސީން އެންމެ އިސްކަމެއް ދީގެން ދެން ބަލަމުންދާނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އެސްޓް ރިކަވަރީ ކޮމިޝަނުން ބަލަމުން ގެންދިޔަ މައްސަލަތަކެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލާފައިވާއިރު، މިދިޔަ އަހަރުގެ އަދަދުތަކަށް އެކަނި ބަލައިލިނަމަވެސް، އެ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 2،678،435 ރުފިޔާ އެ ކޮމިޝަނަށް ޚަރަދުކޮށްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުސަރާއާއި އެލަވަންސް ދިނުމަށެވެ. އެގޮތުން މުސާރައާއި އެލަވަންސްގެ ގޮތުގައި 2،661،462 ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެދިގެން މިހާތަނަށް އައިއިރު، ދައުލަތުން ވަނީ ޖުމްލަ 9،951،748 ރުފިޔާ މި ކޮމިޝަނަށް ޚަރަދުކޮށްފައެވެ. ދައުލަތުން ގެއްލިގެން ދިޔަ 3.3 ބިލިއަން ޑޮލަރު ހޯދުމުގެ މަގުސަދުގައި އުފައްދަވާފައިވާ ކޮމިޝަނަށް ކޮންމެ އަހަރަކު އެތައް ޚަރަދެއް ކުރާއިރު، އެދެވޭ ނަތީޖާ އެއް ނެރެވޭތަން ފެނިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
25 މާރިޗު 2017

އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

25 މާރިޗު 2017
އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު