Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެވެށި އަނިޔާކުރުން

އަނބިމީހާއަށް ގެވެށި އަނިޔާކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

ދަޢުވާ ކުރުމަށް 10 މާރިޗު 2022 ގައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2022 | ބުރާސްފަތި 06:43
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. މި އަޑުއެހުމަކީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެގޮތުން މި މައްސަލައިގައި ހެކިންގެ ގޮތުގައި ހުށައަޅާފައިވަނީ އޭނާއާ ގާތް މީހުން ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ދައުލަތުން ބުނެއެވެ. ސަބަބަކީ އޭނާ ޙަމަލާ ދީފައިވަނީ އޭނާގެ ރައްކާތެރިކަމުގެ ދަށުގައި ހުރި ފަރާތެއްކަމަށްވާ އޭނާގެ އަނބިމީހާއަށްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އޭނާ ކޮށްފައިވާ ކުށަށް ބަލާއިރު، ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވާނެކަން ދައުލަތުން ފާހަގަކުރެއެވެ. މި މައްސަލައިގެ ހެކިންގެ ތެރޭގައި އަނިޔާ ލިބުނު ފަރާތާއި، މަންޒަރު ދުއް ފަރާތުގެ އިތުރުން، ސީންއަށް ދިޔަ ފުލުހުންވެސް ހިމެނެއެވެ.

ނަމަވެސް ދިފާއުން ވަނީ އަނިޔާ ލިބުނު ފަރާތަށް މަޖުބޫރު ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ބަޔާންދިނީ ފުލުހުން މަޖުބޫރު ކޮށްގެންކަމަށް ބަޔާން ކޮށްފައިވާ މި ސިޓީގެ ތަހުގީގު ކުރިއަށްދާކަމަށް ދައުލަތުގެ ވަކީލާ އެކަމާ ގުޅިގެން ވިދާޅުވެއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމާއި، މައްސަލައިގެ ބާވަތަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ނިންމަވާފައެވެ.

އޭނާއަށް ދައުވާ އުފުލަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ، 02 ފެބްރުވަރީ 2022 ދުވަހު، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި ސްރިނިވަސަން ސުބްރަމަނިގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް 10 މާރިޗު 2022 ގައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ގެއެއްގެ ސިޑިމަތިން ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެންމީހާ ފައިބައިގެންދާ މަންޒަރެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

އަންހެން މީހާގެ ޅިނދުކަށިގަނޑު ކައިރިއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ވަރަށް ބޮޑަށް ޒަޚަމްވެފައިވެފައިވެއެވެ. އަދި ފިރިހެން މީހާގެ ބަނޑަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި ނަމަވެސް އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫތުލިބެއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު