Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުން ބާރުވެރިކުރުވުން

އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއީ ދެ އަހަރު ދުވަހަށް އެކުލަވާލެވުނު އެއްބަސްވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2022 | ބުދަ 12:25
އެއްބަސްވުމުގައި ސޮއިކުރި ބައްދަލް ވުމުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ބައްދަލް ވުމުގެ ތެރެއިން

އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓަކައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމަންޓް ސްޓަޑީސްއާއި ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލްވުމެއްގައި މި އެއްބަސްވުމުގައި ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ސޮއިކުރެއްވީ އެކަޑެމިކް ކައުންސިލްގެ ވައިސް ޗެއަރ ފާޠިމަތު މުނާއެވެ. ބީސީއެމްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ނައުޝާނެވެ.

2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން ހިންގާ ކޮންމެ ކޯހެއްގައި ބީސީއެމްގެ ފަރާތުން ބައިވެރިކުރާ 1 އަންހެނަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ބީސީއެމްގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް ފިނެކް އިންސްޓިޓިއުޓް ފޮރ ޑެވަލޮޕްމަންޓް ސްޓަޑީސް އިން ފަންނީ ލަފާއާއި އެހީތެރިކަން ދިނުމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމަންޓް ސްޓަޑީސްގެ ފަރާތުން އަލަށް ތައާރުފުކުރުމަށް ގަސްދުކުރެވިފައިވާ "ސްޓްރެޓީޖިކް ޖެންޑަރ ޑިވެލޮޕްމަންޓް" ކޯހުގެ މުޤައްރަރު އެކުލަވާ ލުމުގެއިތުރުން އިޖުތިމާއީ އެހެނިހެން ކޯސްތައް ފަރުމާކުރުމުގައި ބީސީއެމްގެ ފަރާތުން ފަންނީ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ.

އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ މަގުސަދުގައި 14 ޖަނަވަރީ 2022ގައި އިފުތިތާހުކުރެވުނު ބީސީއެމްގެ ފަރާތުން އަންނަނީ ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން އަންހެނުން ޓެކްނޮލޮޖީއަށާއި ގާނޫނީ ދާއިރާއަށާއި މީޑިއާގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އަންހެނުންނަށް ހިންގޭ ސެލްފް ޑިފެންސް ކްލާސްތައް ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު