Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤައިދީންގެ ބޭސްފަރުވާގެ ކަންކަން

ކޮންމެ ޤައިދީއަކަށް ވަކި އިންތިޒާމެއް ހަމަޖައްސަން ވެއްޖެނަމަ، އެންމެ އިންސާފުން ކަންކަން ނުވެދާނެ: ގާޒީ ސޮފްވަތު

މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ވަނީ ނިންމާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 މާރިޗު 2022 | ބުދަ 09:18
ކްރިމިނަލް ކޯޓު- ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ޖަލުގައި ހުންނައިރު އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވެދާނެކަމަށް ޤަބޫލު ކުރަންޖެހޭ ކަމަށް

ކްރިމިނަލް ކޯޓު- ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ޖަލުގައި ހުންނައިރު އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވެދާނެކަމަށް ޤަބޫލު ކުރަންޖެހޭ ކަމަށް

ޖަލުގައި ތިބޭ ކޮންމެ ޤައިދީއަކަށް ވަކި އިންތިޒާމެއް ހަމަޖައްސަންވެއްޖެނަމަ، އެންމެ އިންސާފުން ކަންކަން ނުވެދާނެކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވެއްޖެއެވެ.

ގާޒީ އެހެން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދަޢުވާތައް އުފުލި ދެ މީހުންގެ ތެރެއިން ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ ބަންދާއި ގުޅޭގޮތުން އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އިނާސްގެ ފަރާތުން ވަނީ ޖަލުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށާއި، އާތްރައިޓިސްއަށް ވެސް އެކަށީގެންވާ ފަރުވާ ނުލިބޭކަމުގެ ޝަކުވާ ކޮށްފައެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ މައްސަލައެއްގައި ބަލި ޙާލަތާއި ގުޅޭގޮތުން އެކަށީގެންވާ ފަރުވާ ނުލިބޭނަމަ، އަދި އެކަންކަމުގައި ދައުލަތުން އިހުމާލުވާނަމަ، ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ދޫކޮށްލައްވާނެ ކަމުގައި ވިދާޅުވެފައެވެ. އިނާސް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް އިނާސް ވަނީ އެ ޝަކުވާ ކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސި ނަމަވެސް އޭނާ ބޭނުންވަނީ ވަކި ޑޮކްޓަރަކަށް ދެއްކުމަށް ކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ކަރެކްޝަންސްއަށްވެސް ފަސޭހަ ކަމަކަށް ނުވާނެކަން ކަރެކްޝަންސްއިން ފޯރުކޮށްދިން މައުލޫމާތުތަކާއި ޙަވާލާދީ ދައުލަތުގެ ވަކީލާ ވިދާޅުވެފައިވެއެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ޖަލުގައި ހުންނައިރު އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވެދާނެކަމަށް ޤަބޫލު ކުރަންޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން ޖަލުގައި ހުންނަ މީހަކު މުގުރިހަ ކާން ބޭނުން ނުވި ނަމަވެސް، ޖަލުގައި ހުންނައިރު ކޮންމެ ޤައިދީއަކު ބޭނުންވާ ވަކި އިންތިޒާމުތަކެއް ހަމަޖައްސަންވެއްޖެނަމަ، އެއީ އެންމެ އިންސާފުވެރިގޮތަކަށް ނުވެދާނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި މި މައްސަލައިގައިވެސް ބޭސްފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުންވެސް ވަނީ އެ ނުކުތާ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ދައުވާ ލިބޭ މީހާ ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހޭތޯ ކަރެކްޝަންސް މެދުވެރިކޮށް މަސައްކަތް ކޮށްދެއްވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީވެސް ވަނީ ޝަރީއަތުން އޭނާގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލަމުންގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލައެއް އުޅޭކަމަށް ދެކިވަޑައިނުގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ ބޭސްފަރުވާއާއި ގުޅިގެން އެއްވެސް މައްސަލައެއް އުޅޭނަމަ ނުވަތަ ކަރެކްޝަންސްގެ އިހުމާލެއް ވާނަމަ، ލިޔުމުން އެކަން އެންގުމަށް ދަންނަވާފައެވެ. މި އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ މަރުޙަލާވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.

72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ސ.ހުޅުދޫ ދޭލިޔާގޭ އިރުފާން ތަޤިއްޔުގެމައްސަލައިގައިވެސްމިފަދަ ކަމެއް ދިމާވެފައިވެއެވެ. އެ މައްސަލައިގައި ހިމެނޭ ފަރާތަށްވެސް ދައުލަތުން ބޭސްފަރުވާގެ އިންތިޒާމު ހަމަޖެއްސިނަމަވެސް، އޭނާ ބޭނުންވަނީ ވަކި ޑޮކްޓަރަކަށް ދައްކާށެވެ.

ދައުވާ ލިބޭ މީހާ ބޭނުން ކޮންމެ ޑޮކްޓަރަކަށް ނުދެއްކި ނަމަވެސް، ބޭސްފަރުވާގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ޑޮކްޓަރަށް ނުދެއްކި އޮތީ ކަރެކްޝަންސްގެ އިހުމާލަކުން ނޫންކަން މި ދެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ވަކީލުންވެސް ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދައްކަން ގެންދާ ނިޒާމު އޮންނަ ނަމަ، ޖަލުގައި ބަންދުގައި އެއްވެސް މީހަކު ނުހުންނާނެކަންވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ މައްސަލަ ބެއްލެވީ ގާޒީ ޙަސަން ސައީދެވެ.

ގާޒީ ޙަސަން ސައީދު ވަނީ އިރުފާން ތަޤިއްޔު ބޭނުންވާ ޑޮކްޓަރަށް ދެއްކުމާއި އޮޕަރޭޝަން ކުރުމަށް އާއިލާއިން އެޕޮއިންޓްމަންޓް ހެއްދުމަށްފަހު، އެކަން އެންގުމަށް ދަންނަވާފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރި ކުރުން ގާޒީ ޙަސަން ސައީދު ވަނީ ދަމަހައްޓަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު