Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި ބޮޑުވަޒީރު ޔޫއޭއީއަށް

ތެޔޮ އިމްޕޯޓްކުރުން އިތުރުކުރުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑުވަޒީރު ޔޫއޭއީއަށް

ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫއޭއީއަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 މާރިޗު 2022 | ބުދަ 08:18
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތައް ޔޫއޭއީން އެކްސްޕޯޓް ކުރާ ތެޔޮ އިތުރުކުރުމުގެ މަޝްވަރާތައް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫއޭއީއަށް ވަޑައިގެންފިއެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫއޭއީއަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހުއެވެ.

ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި އެމެރިކާއާއި އެހެން ގައުމުތަކުން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާކުރުމާއެކު ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. ހުޅަނގުގެ ހުރިހާ ގައުމަކުންވެސް ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަނާކުރުމަށް އެމެރިކާއިން ބާރު އަޅަމުންދާއިރު، އިނގިރޭސި ބޮޑުވަޒީރު ވަނީ ކުއްލިއަކަށް ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން ހުއްޓާލުމަކީ އެގައުމަށް ފަސޭހަކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޑުމަޑުން ރަޝިއާގެ ތެޔޮ އިމްޕޯޓްކުރުން މަދުކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ރަޝިއާ ފިޔަވައި ތެޔޮ އުފައްދާ އެހެން ގައުމުތަކުން ތެޔޮ ސަޕްލައި ކުރާ މިންވަރު އިތުރުކޮށް އަގު އުފުލުނަ ނުދީ ހިފޭއްޓުމަށް މަސައްކަތްކުރުމަށް ޖޯންސަން ވަނީ ގޮވާލައްވާފައެވެ.

ޔޫއޭއީއަށް އިނގިރޭސި ބޮޑުވަޒީރު ކުރައްވާ މިދަތުރުފުޅަކީ ރަޝިއާގެ ތެލަށް އެގައުމުން ބަރޯސާވާ މިންވަރު ކުޑަކޮށް ޔޫއޭއީން އިމްޕޯޓުކުރާ ތެޔޮ އިތުރުކުރުމުގެ މަޝްވަރާތައްކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒަޔިދު އާއި ބޮޑުވަޒީރު ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅަށްފަހު އިނގިރޭސި ބޮޑުވަޒީރު ސައުދީ އަށް ދަތުރުކުރައްވާނެއެވެ. އެއީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ބައްދަލުކުރެއްވުމަށެވެ.

ބޮޑުވަޒީރު ޖޯންސަންގެ ސްޕޯކްސްޕާސަން ވަނީ ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިންސާނީ ހައްގުތަކާއި ބެހޭގޮތުން ބޮޑުވަޒީރު ވާހަކަދައްކަވާނެ ކަމަށް ވިދާޅުވެފައެެވެ. ނަމަވެސް އެއްފަހަރާ 81 އެއް މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރި ގައުމެއްގެ އެހީއެއް އެދުމަކީ އިނގެރޭސިވިލާތުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު