Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޚާކިވްގެ 500އެއްހާ މީހުން ވަނީ ރަޝިއާގެ ހަމަލާތަކުގައި މަރުވެފައި: އެމަޖެންސީ ސަރވިސް

އާންމުންނަށް ހަމަލާ ނުދޭ ކަމަށް ރަޝިއާއިން އަންނަނީ ބުނަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 މާރިޗު 2022 | ބުދަ 07:50
ރަޝިއާ އަސްކަރިއްޔާގެ ވައިގެ ހަމަލާއެއްގެ އަސަރުކޮށްފައިވާ ޚާކީވްގެ އާންމުން ދިރިއުޅޭ ސަރަހައްދެއް

ރަޝިއާ އަސްކަރިއްޔާގެ ވައިގެ ހަމަލާއެއްގެ އަސަރުކޮށްފައިވާ ޚާކީވްގެ އާންމުން ދިރިއުޅޭ ސަރަހައްދެއް

ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ ޚާކިވް ސިޓީގެ އެތައްބަޔަކު މީހާރު މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާ އެމަރޖެންސީ ސަރވިސް ޔުނިޓުން ބުނެފިއެވެ.

އެމަރޖެންސީ ސަރވިސްއާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ބުދަ ދުވަހާއި ހަމައަށް ޚާކިވް އިން މަދުވެގެން 500އެއްހާ މީހުން ރަޝިއާގެ ހަމަލާތަކުގައި ވަނީ މަރުވެފައެވެ. ނަމަވެސް މިއީ ސައްހަ ނަންބަރެއްތޯ ރޮއިޓަރސްއަށް ކަށަވަރުކުރެވިފައި ނުވާކަމަށް އެނޫހުން ބުނެއެވެ.

ރަޝިއާއިން ޔޫކްރެއިންގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި އެގައުމުގެ އަސްކަރިއްޔާއިން އާންމުންނަށް ހަމަލާ ނުދޭ ކަމަށް ރަޝިއާއިން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރަޝިއާގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބެމުން އަންނަކަމަށާއި އެގައުމުގެ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުވަމުންދާކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ރަޝިއާ ޔޫކްރެއިން ހަނގރާމައާއެކު ޔޫކްރެއިންގެ ތިން މިލިއަނަށް ވުރެ ގިނަ މީހުން މިހާރުވެސް ރެފިއުޖީންގެ ގޮތުގައި ޔޫރަޕްގެ އެކި ގައުމުތަކަށް ހިޖުރަކޮށްފައިވާއިރު، ހަމަލާ ބަދުލުކުރުން އެންމެ ވަރުގަދަ އެއް ސަރަހައްދުކަމަށްވާ މެރިޕޯލް އިން މިހާތަނަށް 20،000އެއްހާ އާންމުން އަމިއްލަ ކާރުތަކުގައި އެސަރަހައްދުން ގޮސްފައިވާކަމަށް ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރުގެ އެޑްވައިޒަރު ވެޑީމް ޑެނިސެންކޯ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.

މެރިޕޯލްގެ އާންމުން ފެނާއި ކަރަންޓާ ނުލައި އެސިޓީގައި ތާށިވެފައި ތިބޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އެސިޓީން ދެލައްކައެއްހާ މީހުން ވީހާވެސް އަވަހަށް އެސިޓީއިން ނެރެންޖެހޭ ކަމަށް މިހަފުތާގެ ކުރީކޮޅު ޔޫކްރެއިންގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައި ވަނީ ފެބްރުއަރީ 24ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

އެމެރިކާ އާއި ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި މޫސަލްގައި 230 މީހުން މަރުވެއްޖެ

24 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު