Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީޑިއޯ ކޮންފަރެންސް

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިޔަސް، އޮންލައިން ޝަރީއަތް ކުރިއަށް ގެންދެވޭނެ

ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި، މައްސަލަތައް ނިންމުމަށް މަގުފަހިވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2022 | ބުދަ 06:02
ސުޕްރީމް ކޯޓް- ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް އިސްލާޙު ގެނެސްފައިވޭ

ސުޕްރީމް ކޯޓް- ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް އިސްލާޙު ގެނެސްފައިވޭ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިކަން އިޢުލާނު ކޮށްފައިވީނަމަވެސް، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކޮވިޑް-19 އާގުޅިގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާއި ގުޅޭ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި، އެއަށް ސުޕްރީމް ކޯޓުން އަމަލުކުރަން ފެށީ 8 އޭޕްރީލް 2020 ގައެވެ. އެގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، ޤަވާއިދެއް އެކުލަވާލިއެވެ.

އޭގެ ފަހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް އިސްލާޙު ގެނެސްފައިވާއިރު، 23 ފެބްރުއަރީ 2021 ގައި އެކަމާއި ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ސުޕްރީމް ކޯޓުން ނެރެފައިވެއެވެ.

އެހެންނަމަވެސް، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 2 އަހަރަށްފަހު މިހާރު އުވާލާފައިވާއިރު، ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ވަނީ އައު ޕްރެކްޓިސް ޑައިރެކްޝަންއެއް ނެރެފައެވެ.

މި ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާން ކޮށްފައިވަނީ، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި، ޝަރީޢަތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގުފަހިވާ ކަމަށެވެ.

އޭގެ އިތުރުން އެކަމުގެ ސަބަބުން ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި، މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަންވެސް ފާހަގަވާކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ވުމާއެކު، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާއި ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެ ވަނަ އިސްލާހަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 29 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާހެކެެވެ. އެގޮތުން ‏ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި މި އިސްލާހާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހާއްސަ ހާލަތްތަކުގައި ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ މުހިއްމު ބައެއް އިސްލާހުތަކަށް ބަލާއިރު، ފަނޑިޔާރު ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، އަޑުއެހުންތަކާއި ޝަރީއަތްތައް ހިންގާ ކޯޓުގެ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން، އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. މިގޮތުން ހާއްސަ ހާލަތެއް ކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!
12 އެޕްރީލު 2017

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް
12 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު