Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަނގުރާމައާއި ދެކޮޅަށް ޝުއޫރު ފާޅުކުރި ނޫސްވެރިޔާ

ރަޝިޔާގެ ސްޓޭޓް ޓީވީގައި ހަނގުރާމައާއި ދެކޮޅަށް ޕޯސްޓަރ ހިފައިގެން ޝުއޫރު ފާޅުކުރި ނޫސްވެރިޔާ 280 ޑޮލަރުން ޖޫރިމަނާ

16 މާރިޗު 2022 | ބުދަ 03:59

އެންކަރު ޚަބަރު ކިޔަމުންދަނިކޮށް ފަހަތުން ޕޯސްޓަރު ހިފައިގެން ހުރެ ހަނގުރާމަކުރުން ކުށްވެރިކުރާކަމަށް ބުނެ އަޑު އުފުލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2022 | ބުދަ 03:59
ރަޝިޔާގެ ސްޓޭޓް ޓީވީގައި ހަނގުރާމައާއި ދެކޮޅަށް އެޓީވީގައި އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރީނާ އަޑުއުފުލަނީ

ރަޝިޔާގެ ސްޓޭޓް ޓީވީގައި ހަނގުރާމައާއި ދެކޮޅަށް އެޓީވީގައި އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރީނާ އަޑުއުފުލަނީ

ރަޝިޔާގެ ސްޓޭޓް ޓީވީން ޕްރައިމް ޓައިމް ޚަބަރު ގެނެސްދެމުން ދަނިކޮށް އެންކަރުގެ ފަހަތުން ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައާއި ދެކޮޅަށް ޕޯސްޓަރެއް ހިފައިގެން ޝުއޫރު ފާޅުކުރި އެޓީވީގައި މަސައްކަތްކުރާ އެޑިޓަރ ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

މަރީނާ އޮވްސައްޔާނިކޮވާ ވަނީ ހޯމަ ދުވަހުގެ ރޭ ރަޝިޔާގައި އެންމެ ގިނަ ބަޔަކު ބަލާ އެއް ޗެނަލު ކަމަށްވާ ޗެނަލް ވަން އިން އެންކަރު ޚަބަރު ކިޔަމުން ދަނިކޮށް ފަހަތުން ޕޯސްޓަރު ހިފައިގެން ހުރެ ހަނގުރާމަކުރުން ކުށްވެރިކުރާކަމަށް ބުނެ އަޑު އުފުލާފައެވެ. ޕޯސްޓަރު ހިފައިގެން ހުރެ ރަޝިޔާއިން ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރާކަމަށް ބުނެ އަޑުއުފުލުމުން މަރީނާ ވަނީ ހައްޔަރުކޮށްފައެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވަނީ 280 ޑޮލަރުން ޖޫރިމަނާ ކުރުމަށްފަހުއެވެ.

މަރީނާ ހިފަހައްޓައިގެން ހުރި ޕޯސްޓަރުގައި ލިޔެފައިވަނީ "ހަނގުރާމަކުރުން ހުއްޓާލާ، ފަތުރަމުންދާ ޕްރޮޕެގެންޑާ ގަބޫލުނުކުރޭ، އެމީހުން މިތާންގައި ހަދަމުންދަނީ ހުސް ދޮގު" އެވެ.

އެންކަރު ޚަބަރު ކިޔަމުންދަނިކޮށް މަރީނާ އެންކަރުގެ ސައިޑަކުން ޕޯސްޓަރު ހިފައިގެން ހުރެ "ހަނގުރާމަކުރުން ހުއްޓާލާ، ހަނގުރާމައަށް ނޫނެކޭ ބުނެ" ހަޅޭއްލަވާ އަޑުވެސް އިވިގެންދެއެވެ.

މުޒާހަރާކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަރީނާ ކުށްވެރިވާއިރު މިހާރު ދީފައިވާ އަދަބަށްވުރެ އިތުރު އަދަބުތަކެއް ނުވަތަ އިތުރު ދައުވާތަކެއް އުފުލާނެކަމެއް އަދި ސާފެއް ނޫނެވެ.

ސްޓޭޓް ޓީވީގައި ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑަމިއަރ ޒެލެންސްކީ ވަނީ އަންގާރަ ދުވަހުގެ ރޭ ވީޑިއޯ މެދުވެރިކޮށް ވާހަކަދައްކަވަމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޒެލެންސްކީ ވިދާޅުވީ ތެދު ހާމަކުރުމަށް މަސައްކަތްކުރާ ރަޝިޔާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާކަމަށެވެ. ދުނިޔެއަށާއި އެކުވެރިންނަށާއި ލޯބިވާ މީހުންނަށް މިހަނގުރާމައިގެ އަސްލު ތެދު މައުލޫމާތު ފޯރުކޮށްދެމުންދާކަން ޒެލެންސްކީ ފާހަގަކުރެއްވިއެވެ. އަދި ޗެނެލް ވަންގެ ސްޓޫޑިއޯއަށް ވަދެ ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލި އަންހެން މީހާއަށް ވަކިން ޚާއްސަކޮށް ޝުކުރު އަދާކުރަކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޯވް ވަނީ މިއަމަލަކީ ގޭންގުތަކުން ހިންގާފަދަ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޗެނަލް ވަން އިން މިކަމުގެ އެންމެ ފުނަށް ވާސިލުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މިވަގުތު ޖަލުގައި ހުރި ރަޝިޔާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީގެ ސްޕޯކްސްވުމެން ކުރި ޓްވީޓެއްގައި ވަނީ ނޫސްވެރިޔާގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. އެވީޑިއޯއާއެކު ކުރި ޓްވީޓް އެތައް ބަޔަކު ރީޓްވީޓްކޮށްފައިވާއިރު ވީޑިއޯ ބެލި މީހުންގެ އަދަދު 2.6 މިލިއަނަށްވުރެ ގިނައެވެ.

ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މަރީނާ ބުނީ 14 ގަޑިއިރު ވަންދެން ސުވާލުކުރުން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ވަރުބަލިވެފައިވާކަމަށެވެ. އަދި ފާއިތުވި ގަޑިއިރު ތަކުގެ ތެރޭގައި ގާތްތިމާގެ މީހަކާއި ވާހަކަދެއްކެމުގެ ފުރުސަތު ދީފައިނުވާއިރު ގާނޫނީ ގޮތުންވެސް އެހީތެރިކަމެއް ދީފައިނުވާކަމަށް ވަނީ ބުނެފައެވެ. އިތުރަށް މިކަމާއި ގުޅިގެން ވާހަކަދެއްކުމުގެ ކުރިން ރެސްޓެއް ނަގާލަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ.

މަރިނާ މިގޮތަށް އަޑުއުފުލުމާއެކު 15 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އައުމަކީ ގާތްކަމެކެވެ. ލައިވްކޮށް ޓީވީގައި ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލުމުގެ ކުރިން މަރީނާ ރިކޯޑްކޮށްފައިވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓްކޮށްފައެވެ. އެވީޑިއޯގައި އޭނާ ވަނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމަކީ ޕުޓިން ޒިންމާވާން ޖެހޭ ކަމެއްކަމަށާއި އެތައް އަހަރެއް ވަންދެން ކްރެމްލިންގެ ޕްރޮޕެގެންޑާ ފެތުރުމަށް ޗެނަލުގައި މަސައްކަތްކުރެވުނީތީ ލަދުގަންނަ ކަމަށް ވީޑިއޯގައި މަރީނާ ބުނެފައިވެއެވެ.

މަރީނާ ވަނީ ހަނގުރާމައާއި ދެކޮޅަށް އަޑުއުފުލުމަށް ރަޝިޔާގެ ރައްޔިތުންނަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް