Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

16 މާރިޗު 2022 | ބުދަ 00:29

ވެލާ ބިސްއަޅާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2022 | ބުދަ 00:29
ބުރިޖާ ދިމާލުން މާލޭގެ އިރު ދެކުނު ފަރާތު ގޮނޑުދޮށަށް އެރި ވެލާ އެޅި ބިސްތައް އީޕީއޭއިން ނަގަނީ

ބުރިޖާ ދިމާލުން މާލޭގެ އިރު ދެކުނު ފަރާތު ގޮނޑުދޮށަށް އެރި ވެލާ އެޅި ބިސްތައް އީޕީއޭއިން ނަގަނީ

މާލޭގެ ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ އެޅި ބިސްތައް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެސަރަހައްދަށް ވެލާ އެރުމާއެކު ފުލުހުން ވަނީ އެސަރަހައްދު ކޯޑަން ކުރުމަށްފަހު ވެލައަށް ރައްކާތެރިކަން ދީފައެވެ. ވެލައަށް ހިމާޔަތްދިނުމަށް އީޕީއޭއިން ވަނީ ފުލުހުންނަށް އަންގާފައެވެ. އަންގާރަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ވެލާ ވަނީ ބިސް އަޅާފައެވެ. ބިސް އެޅުމަށްފަހު ވެލާ ވަނީ ފައިބައިގެންގޮސްފައެވެ. އޭގެފަހުންވެސް ފުލުހުން ދިޔައީ އެސަރަހައްދު ބަލަހައްޓަމުންނެވެ.

Advertisement - newsAdvertisement

އީޕީއޭގެ ޓީމުން ގޮސް ވެލާ އެޅި ބިސްތައް ނަގާފައިވަނީ ފަތިހު 4ވެސް ޖެހިފަހުންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ވެލާ ބިސްތައް އީޕީއޭގެ ބެލެމުގެ ދަށުން ހެޗަރީއަކަށް ގެންދާނެ ކަމަށެވެ. އަދި ބިސް ފީ ކުރާނީ ވެސް އީޕީއޭގެ ބެލުމުގެ ދަށުން ކަމަށެވެ. ބިސްތައް ފީކުރަނީ ކުޑަހުރާގައެވެ.

ބިސްތައް އެހެންތަނަކަށް ބަދަލުކުރުމާއި ގުޅޭގޮތުން އީޕީއޭއިން ބުނީ ބުރިޖުކައިރިއަށް ބިސް އަޅާފައިވާތަކުގެ ގޮތުން ބިސް ފީވުމުގެ ފުރުސަތު ކުޑަކަމަށެވެ. އަދި އެތަނަކީ ރާޅު ޖަހާ ސަރަހައްދު ކަމަށްވެފައި އެންމެ ރަނގަޅު ގޮތަކީ ބިސްތައް ނަގައި ރައްކާތެރި ހިސާބަކަށް ގެންދިއުން ކަމަށާއި ބިސްތައް ނުނަގައިވާނެ ހުރިހާ ގޮތެއް ބެލި ކަމަަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށާއި، ބިސްތައް ނަގާފައިވަނީ އެނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

އީޕީއޭއިން ބުނީ ކުޑަހުރާގައި ބިސް ހެޗަރީގައި ބިސް ފީކުރާނެ ކަމަށެވެ. އަދި އީޕީއޭއިން އެކަން ގާތުން ބަލަމުން އަންނާނެ ކަމަށެވެ.

އީޕީއޭއިން ބުނީ ގުދުރަތީގޮތުން ވެލާ ބިސްއަޅާނީ އެ ވެލައެއް އުފަންވިތަނަކަށް ކަމަށާއި މާލެއަށް ބިސްއެޅި ވެލާގެ ބިސްތައް ފީވި ނަމަވެސް އެއެއްޗެހި ބިސްއަޅަން އަނބުރާ އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސިނަމާލެ ބުރިޖު ކައިރިއަށް ބިސްއެޅި ވެލާގެ ބިސްވަޅު ކޮނެފައިވަނީ އީޕީއޭގެ ކަމާއިގުޅުންހުރި ފަރާތްތަކުންނެވެ. ބިސްވަޅުކޮނުނު އިރު އެތަނުގައި ރާއްޖެޓީވީގެ ނޫސްވެރިން ތިއްބެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެލައެއް މާލެއަށް އަރާ ބިސް އަޅާފައިވާ ފުރަތަމަ ފަހަރެވެ. މީގެކުރިން މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ގައިވެސް މާލެއަށް ވަނީ ވެލާ އަރާފައެވެ. ނަމަވެސް އެފަހަރު ވަނީ ފުލުހުން އެވެލާ މޫދަށް ބާލާފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ.

ވެލާ އެރުމާއެކު ކޮންމެ ފަހަރަކުވެސް ގިނަ ބަޔަކު ވެލާ ކައިރިއަށް ގޮސް ފޮޓޯ ނަގާހަދައެވެ. މިފަހަރުވެސް ވެލާ އެރުމާއެކު ގިނަ ބަޔަކު ވަނީ ފޮޓޯ ނަގާހަދާފައެވެ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

22 މާރިޗު 2017
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް