Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމްރާއަށް ދާ މީހުން ވެކްސިން ފުރިހަމަކުރުން

އުމްރާއަށް ދާ މީހުން ބޫސްޓަރ ޑޯޒް ޖެހުމަށް ހަނދާންކޮށްދީފި

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފުރިހަމަވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީޚުގެ ދެ ހަފްތާކުރިން ބޫސްޓަރ ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 މާރިޗު 2022 | ބުދަ 01:55
ހައްޖުގެ އަޅުކަމުގައި

ހައްޖުގެ އަޅުކަމުގައި

އުމްރާގެ އަޅުމަކަށް ދާ ފަރާތްތަކުން ފުރުމުގެ ދެ ހަފްތާކުރިން ކޮވިޑް-19ގެ ބޫސްޓަރ ޖެހުން މުހިންމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރޯދަ މަހު އުމްރާގެ އަޅުކަމަށް ފުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ. އުމްރާއަށް ދާ ފަރާތްތަކުން ކޮވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފުރިހަމަވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީޚުގެ ދެ ހަފްތާކުރިން ބޫސްޓަރ ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ސައުދީ އަރަބިއްޔާއިން ވަނީ ވެކްސިން ފުރިހަމަކޮށްފައިކަމަށް ބަލާނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށް ކަނޑައަޅާ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެގައުމުގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަން "ތަވައްކަލްނާ" ގައި ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާ މިންގަނޑަށް ފެބްރުއަރީ 1ން ފެށިގެން ވަނީ ބަދަލު ގެނެސްފައެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ފުރިހަމަވެފައިވާކަމަށް އެޕްލިކޭޝަނުން ފެންނާނީ ދެވަނަ ޑޯޒް ޖަހާތާ އަށް މަސްވެފައިނުވާނަމައެވެ. ދެ ޑޯޒް ފުރިހަމަކޮށްފައިވާތާ 8 މަސް ވެފައިވާނަމަ ވެކްސިން ޖަހާފައިވާކަމަށް އެޕްލިކޭޝަނުން ދައްކާނީ އެމީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވާނަމައެވެ. ސައުދީ އަރަބިއްޔާގައި އާންމު ޚިދުމަތްދޭ ތަންތަނަށްވެސް ވަދެވޭނީ ވެކްސިން ފުރިހަމަވެފައިވާނަމައެވެ.

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2017

ޙައްޖާއި އުމްރާއަށް ހަމައެކަނި ސައުދީ އެއާލައިންސްއިން ގެންދެވޭގޮތަށް ހަދައިފި

25 އޮކްޓޯބަރު 2017
ޙައްޖާއި އުމްރާއަށް ހަމައެކަނި ސައުދީ އެއާލައިންސްއިން ގެންދެވޭގޮތަށް ހަދައިފި
07 އޯގަސްޓު 2017

މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"

07 އޯގަސްޓު 2017
މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"
07 އޯގަސްޓު 2017

ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ

07 އޯގަސްޓު 2017
ޔޫކޭގެ ވިސާ ޖެހުމަށް ފޮރިން މިނިސްޓްރީގައި ސެންޓަރެއް ގާއިމް ކުރަނީ
22 ޖުލައި 2017

ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި

22 ޖުލައި 2017
ބާރުގަދަ އިންޖެކްޝަނެއް ޖެހުމަށް އޭޑީކޭ ހޮސްޕިޓަލުގައި މުހުތާޒް އެޑްމިޓް ކޮށްފި
22 ޖޫން 2017

މަހެއްހާ ދުވަހުގެ ތެރޭގައި އޯވަރ ޑޯޒް ވެގެން ތިން މީހުން މަރުވެއްޖެ

22 ޖޫން 2017
މަހެއްހާ ދުވަހުގެ ތެރޭގައި އޯވަރ ޑޯޒް ވެގެން ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު