Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީތައުލީމް ހާސިލްކުރުން

ދަރިވަރުން އެންރޯލްކުރުމާއި، ކިޔަވައިދިނުމާބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

15 މާރިޗު 2022 | އަންގާރަ 13:30

ކިޔަވައިދެވޭނެ ސެމިސްޓަރތަކުގެ އަދަދާއި، އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ކިޔައިދެވޭނެ "ވޯރކް ލޯޑް" ހިމެނޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މާރިޗު 2022 | އަންގާރަ 13:30
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާބެހޭ އުސޫލު އެކުލަވާލައި, މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އެއަށް އަމަލުކުރަންފަށައިފިއެވެ.

މި އުސޫލަކީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުމުގެ ތެރެއިން އެކުލަވާލެވިފައިވާ އުސޫލެކެވެ.

Advertisement - newsAdvertisement

މި އުސޫލުގެ މަގުސަދަކީ, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގައި މަތީ ތައުލީމުދޭ މަރުކަޒުތަކުގައި, މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގުމުގައި ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމުގައި ޢަމަލުކުރަންޖެހޭ އެންމެހާ އުސޫލުތައް ކަނޑައެޅުމެވެ.

މި އުސޫލުގައި ދަރިވަރުން ކޯސްތަކަށް އެންރޯލްކުރުމާއި، ކިޔަވައި ދިނުމާ ގުޅޭގޮތުން, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން, މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގައި މަތީ ތަައުލީމުދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކިޔަވައިދެވޭނެ ސެމިސްޓަރތަކުގެ އަދަދާއި، އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ކިޔައިދެވޭނެ "ވޯރކް ލޯޑް"އާއި، ސެމިސްޓަރތަކުގެ އިންޓޭކާ ގުޅުވައިގެން ދަރިވަރުން އެންރޯލްކުރުމާއި، ލެކްޗަރަރުން ހަމަޖެއްސުމަށްފަހު, ސެމިސްޓަރ ފެށޭއިރު މޮޑިއުލްތައް ކިޔަވައިދޭން ފަށަން ކަނޑައަޅާފައިވެއެވެ.

އަދި މި އުސޫލާ ޚިލާފަށް, މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އަމަލުކޮށްފިނަމަ، އެ މަރުކަޒަކާމެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި، ފާހަގަކުރެވޭ މައްސަލަތައް އިޞްލާހުކުރުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި ނޯޓިސް ދިނުމާއި، އެއަށްފަހު އިސްލާހުނުކޮށްފިނަމަ، އެ ޕްރޮގްރާމަށް ދީފައިވާ ހިންގުމުގެ ހުއްދަ ބާތިލުކުރެވޭނެކަން ބަޔާންކޮށްފައިވެއެވެ.

 މި އުސޫލަށް މިއަދު އަމަލުކުރަންފަށާފައިވާއިރު މިއަދުންފެށިގެން 4 މަސް ދުވަހުގެ ތެރޭގައި، މަތީ ތައުލީމުދޭ މަރުކަޒުތަކުން، އެ މަރުކަޒެއްގެ އެކަޑަމިކް ކަލަންޑަރާއި، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅަން މި އުސޫލުގައިވަނީ ކަނޑައަޅާފައެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ މަތީތައުލީމުގެ ފެންވަރު ކަށަވަރުކުރުމަށާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މިނޫން ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
27 މާރިޗު 2017

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު
26 މާރިޗު 2017

ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި

26 މާރިޗު 2017
ސްކޫލަށް ދަރިވަރުން ނުދިއުމުން، އިންފްލުއެންޒާގެ ޙާލަތު ރަނގަޅުވަމުން ދާކަމަށް އެޗްޕީއޭއިން ބުނެފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް