Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރަގްގެ ގަދީމީ ސައިޓް "ހަތްރާ"

އިރާގްގެ ގަދީމީ ސައިޓް، "ހަތްރާ" މަރާމާތަށްފަހު ހުޅުވައިފި

"ހަތްރާ" ސައިޓް ހިމެނެނީ އިރާގާއި ސިރިއާގެ ފައުޖުތަކުން ހަނގުރާމައިގައި ހަލަކުކޮށްލާފައިވާ ގަދީމީ ސައިޓްތަކުގެތެރެއިން ސައިޓެއްގެ ގޮތުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 މާރިޗު 2022 | އަންގާރަ 11:32
އިރާގުގެ ގަދީމީ ސައިޓެއް ކަމަށްވާ ހަތްރާ

އިރާގުގެ ގަދީމީ ސައިޓެއް ކަމަށްވާ ހަތްރާ

އިރާގުގެ ގަދީމީ ސައިޓްއެއްކަމަށްވާ "ހަތްރާ" މަރާމާތު ކުރުމަށްފަހުން އަލުން އާންމުންނަށް ހުޅުވާލީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެތަން ހަލާކުކޮށްލާފައިވަނީ، މީގެ އަހަރުތަކެއް ކުރިން އައިއެސްގެ ހަނގުރާމަވެރިންނެވެ. 

އިރާގްގެ އަރކިއޮލޮޖިސްޓުން ބުނީ އެސައިޓުގެ 15 އިންސައްތައް ހަލާކުކޮށްލަފައިވާ ކަމަށެވެ.

"އަހަރެމެން، އަރކިއޮލޮޖިކަލް ޑިޕާރޓްމެންޓާއި، އިޓަލީގެ ވަފުދަކާއެކު މި މަސައްކަތްކުރީ އިސްލަމިކް ސްޓޭޓުން ހަލަކުކޮށްލާފައިވާ، މިތަނުގައި މިހާރު ފެންނަން ހުރި ފަންނީ މަސައްކަތައް ހޯދުމަށް. އެތަކެތި ދެން ގެންދިޔައީ މަރަމާތު ކުރުމަށް އަރކިއޮލޮޖިކަލް ސައިޓްގައި ހުންނަ އެކަމަށް ޚާއްސަ ލެބޯޓްރީއަށް. އެއަށްފަހު އަނބުރާ މިތަނަށް  ގެނެސް އެ ކުރިން ހުރި ތަނުގައި މި ބެހެއްޓީ " އިރާގް އާރކިއޮލޮޖީ ޑިޕާރޓްމެންޓްގެ އޮފިޝަލް މަހްމޫދު އަބްދުﷲ ވިދާޅުވިއެވެ.

އެ ސައިޓުގެ ފޮޓޯތައް 2015ވަނަ އަހަރު އާންމުވެގެން ދިޔައިރު އެ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި ސައިޓް ވަނީ ސިފަ ގެއްލިފައެވެ. އެތަނުގައި ހުރި ކުރެހުންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެ ސައިޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިޓަލިއަން އިންޓަރނޭޝަނަލް އެސޯސިއޭޝަން ފޯރ މެޑިޓެރޭނިއަން އެންޑް އޮރިއެންޓަލް ސްޓަޑީސް އިންނެވެ. މިހާތަނަށް މަރާމަތު ކުރެވުނީ ގާތްގަނޑަކަށް 5 އިންސައްތައެވެ.

ހަތްރާ ޕްރޮޖެކްޓްގެ ޑިރެކްޓަރ މަސިމޯ ވިޑޭލް ވިދާޅުވީ، "އަހަރެމެން ފުރަތަމަ މިތަނަށް އައި އިރު މިތަން އޮތީ ވަރަށް ހާލުދެރެކޮށް. ފާރުތަކާ އިމާރާތް އެއްކޮށް ވަނީ ހަލާކުވެފައި. ހަނގުރާމައިގައި ބޭނުން ކުރި އެއްޗެއްސާއި، ބޮންތައްވެސް ހުރި. އެހެންކަމުން ފުރަތަމަ އުނދަގޫތަކެއް ކުރިމަތިވި. މުޅިތަން ސާފުކުރުމަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރަން ޖެހުނު. މަޑުމަޑުން މަސައްކަތް ފެށީ އިމާރަތް ސާފުކޮށް މިތަނުގައި ހުރި ކުރެހުންތައް އޭގެ އަސްލު ނުގެއްލޭ ގޮތަށް ސާފުކުރުމަށް" 

ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ހަތްރާ ސައިޓް ހިމެނެނީ އިރާގާއި ސިރިއާގެ ފައުޖުތަކުން ހަނގުރާމައިގައި ހަލަކުކޮށްލާފައިވާ ގަދީމީ ސައިޓްތަކުގެތެރެއިން ސައިޓެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2022

ލުބްނާނުގެ ރައްޔިތުން ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ބަރޯސާވާން ފެށީ ކީއްވެ؟

15 ޖޫން 2022
ލުބްނާނުގެ ރައްޔިތުން ގަދީމީ ފަތްޕިލާވެލީގެ ބޭސްވެރިކަމަށް ބަރޯސާވާން ފެށީ ކީއްވެ؟
27 މެއި 2022

ގަދީމީ ކްލައުންޑޭ ފާހަގަކުރަން ޕެރޫގެ މަގުތަކަށް ކްލައުންތައް ނުކުމެއްޖެ

27 މެއި 2022
ގަދީމީ ކްލައުންޑޭ ފާހަގަކުރަން ޕެރޫގެ މަގުތަކަށް ކްލައުންތައް ނުކުމެއްޖެ
11 ޖެނުއަރީ 2020

އެޗް.ބީ.އޯ "ޕެރެސައިޓް"ގެ ސިލްސިލާއެއް ހަދަނީ؟

11 ޖެނުއަރީ 2020
އެޗް.ބީ.އޯ "ޕެރެސައިޓް"ގެ ސިލްސިލާއެއް ހަދަނީ؟
06 ޖެނުއަރީ 2019

ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި

06 ޖެނުއަރީ 2019
ދީޕިކާގެ އުފަން ދުވަހު ވެބްސައިޓް ލޯންޗް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު