Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ކޯޓުގެ ފަނޑިޔާރުން ހުވާކުރުން

"ފަނޑިޔާރުންނަކީ ފާޑުކިޔުން ހަޖަމުކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ވާން ޖެހޭނެ"

ފަނޑިޔާރެއްގެ ދިރިއުޅުމަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މާރިޗު 2022 | އަންގާރަ 09:27
ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު

ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު

ފަނޑިޔާރުންނަކީ ފާޑުކިޔުންތައް ހަޖަމުކުރުމުގެ ގާބިލުކަން ހުންނަ ބަޔަކަށް ވާން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ، ފަނޑިޔާރުންނަކީ މަޑުމައިތިރި، ކެތްކުރުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މި ސިފަތަކަކީ އަދުލުވެރިކަމާއެކު ނިންމުންތައް ނިންމުމުގައި އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފަނޑިޔާރުންނަކީ ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުނު ނަމަވެސް، ދަހި މީހަކަށް ފަނޑިޔާރުން ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ފަނޑިޔާރުންނަށް ކުރިމަތިވާ ކަންކަން ތަހައްމަލު ކުރުމުގެ ގާބިލުކަން ހުންނަން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ފަނޑިޔާރުންނަކީ ފާޑުކިޔުންތައް ހަޖަމު ކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ވާން ޖެހޭނެކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުގެ ދިފާއުގައި އޮންނަ ހަމައެކަނި އެއްޗަކީ އެ ފަނޑިޔާރަކު ކުރާ ހުކުމްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ތާއަބަދަށްވެސް އެ ފަނޑިޔާރެއްގެ ދިފާއުގައި އޭނާ ކުރާ ހުކުމްތައް އޮންނާނެ ކަމަށެވެ. ނަމަވެސް އެ ހުކުމަކީ އޮއްޓަރުހުރި، ފަންވަރު ހެޔޮ ހުކުމެއް ކަމުގައި ވާން ޖެހޭނެކަމަށެވެ.

އޮއްޓަރުހުރި ހުކުމެއް ކުރުމަށްޓަކައި އަބަދުވެސް މާތް ﷲއަށް ބިރުވެތިވުމާއި، ކުރިން ނިންމާފައިވާ ނިންމުންތައް ބަލައި ދިރާސާކުރުމުގެ އިތުރުން، އިލްމުވެރިންނާ މަޝްވަރާ ކުރުމަކީ އިސްލާމީ ތާރީޚުން ދައްކުވައިދޭ މިސާލުތައްކަމަށް ފަނޑިޔާރު މުހައްމަދު އިބްރާހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނުތަނަވަސްކަމާއި، ބަނޑުހައިހޫނުކަމުގެ މަތީގައި ހުރެ ހުކުމްކޮށްގެން ނުވާނެކަންވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ތިމާ ނަފްސާނީ ގޮތުން ތައްޔާރުނުވެ ކުރާ ހުކުމް ބައެއް ފަހަރު އެންމެ ރަނގަޅު ގޮތަކަށް ނުކުރެވި ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

ރަސްމީ މަސައްކަތަށްފަހުވެސް ފަނޑިޔާރުންގެ އަމަލުތައް ބައްޓަން ކުރަންޖެހޭ ގޮތާމެދު ފަނޑިޔާރު ވަނީ އިސްލާމީ ތާރީޚީ މިސާލުތަކާއެކު، އޭނާގެ ޝުއޫރު ހިއްސާކުރައްވާފައެވެ. އެގޮތުން ރީތިކޮށް ހެދުން އެޅުމާއި، އާންމު މުޖުތަމައު ގަބޫލުކުރާ މިންގަނޑުގައި އަމަލުތައް ބެހެއްޓުން މުހިއްމުކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކާއެކު، ފަނޑިޔާރެއްގެ ދިރިއުޅުމަކީ ވަރަށް އެކަނިވެރި ދިރިއުޅުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ފަނޑިޔާރު ކަމުގެ ހުވާކޮށްފައިވަނީ ސ. ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޒާ ޒުލައިޚާ ޝީޒާއާއި ގއ. މާމެންދޫ، ފެހިގެ، އަލްއުސްތާޒު އަހުމަދު ނިމާލް ޖުނައިދުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު