Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމްއެޗް17 ވައްޓާލި މައްސަލަ

އޮސްޓްރޭލިއާ އާއި ނެދަލޭންޑްސް ގުޅިގެން އެމްއެޗް17ގެ މައްސަލަ އައިސީއޭއޯއަށް ހުށަހަޅަނީ

14 މާރިޗު 2022 | ހޯމަ 09:24

މި ހާދިސާގައި ބޯޓުން ދަތުރުކުރި 298 މީހުން މަރުވި އިރު އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 38 މީހުން ހިމެނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 މާރިޗު 2022 | ހޯމަ 09:24
އެމްއެޗް17 ވެއްޓުނު ސަރަހައްދުގައި ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ

އެމްއެޗް17 ވެއްޓުނު ސަރަހައްދުގައި ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ

ރަޝިޔާއާއި ދެކޮޅަށް، އޮސްޓްރޭލިއާ އާއި ނެދަލޭންޑްސް އިން ގުޅިގެން އެމްއެޗް17 ވައްޓާލި މައްސަލައިގައި ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނަށް ގާނޫނީ މައްސަލައެއް ވައްދަން ނިންމައިފިއެވެ.

މީގެ 8 އަހަރު ކުރިން ޔޫކްރޭންގެ މަތިން ދަތުރުކުރަމުން ދިޔަ މެލޭޝިއާގެ މަތިންދާ ބޯޓު، އެމްއެޗް17 ވައްޓާލައިފައި ވަނީ ރަޝިއާގެ މިސައިލްއަކުން ކަމަށް ތަހްގީގު ކުރަމުންދާ ބައިނަލް އަގްވާމީ ޓީމުން ބުނެފައިވެއެވެ. ނެދަލޭންޑްސް ގައި ހުންނަ ބައިނަލްއަގްވާމީ ކޯޓް، ދަ ހޭގްއަށް އެ ޓީމުން އޭރު ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ 2014 ވައްޓާލި މަތިންދާ ބޯޓަށް ހަމަލާ ދީފައިވާނީ ރަޝިއާގެ މިސައިލް އަކުން ކަމަށް އެކަށީގެންވާ ހެކިތައް ލިބިފައިވާ ކަމަށެވެ.

އެމްއެޗް17، ބޮއިންގް 777 ގެ މަތިންދާ ބޯޓު ގޮއްވާލާފައި ވަނީ އެމްސްޓަޑާމްއިން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރަށް ދަނިކޮށެވެ. އެ ހާދިސާގައި ބޯޓުގެ ހުރިހާ ފަތުރުވެރިންނާއި ފަޅުވެރިން ވަނީ މަރުވެފައެވެ.

މި ހާދިސާގައި ބޯޓުން ދަތުރުކުރި 298 މީހުން މަރުވި އިރު އޭގެ ތެރޭގައި އޮސްޓްރޭލިއާގެ 38 މީހުން ހިމެނެއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާއި ހާރިޖީ ވަޒީރު މެރިސް ޕޭން ވިދާޅުވެފައިވަނީ ބޯޓު ވައްޓާލުމުގެ ޒިންމާ ބައިނަލް އަގުވާމީ ގާނޫނުގެ ދަށުން ނަގަންޖެހޭނީ ރަޝިޔާއިން ކަމަށެވެ.

ނަމަވެސް ރަޝިޔާއިން އަންނަނީ މި ތުހުމަތުތަައް ދޮގުކުރަމުންނެވެ. އަދި އެފަދަ ކަމެއް ނުކުރާކަމުގެ ތިއަރީތަކެއް ދައްކާފައިވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ އިންވެސްޓިގޭޓަރުން ވަނީ ހެކި ނެތުމުގެ ސަބަބުން އެކަން ބަލައި ނުގަނެފައެވެ.

2008 ވަނަ އަހަރު އެމްއެޗް 17 ވެއްޓުނު ހާދިސާ ތަހުޤީޤުކުރި ނެދަލެންޑްސްގެ ޓީމުން ބުނީ އެމަތިންދާ ބޯޓަށް އަރާފައިވަނީ ބީޔޫކޭ މިސައިލެއްކަމަށާއި، މިސައިލް ފޮނުވާލީ ޔޫކްރެއިންގައި ހަރަކާތްތެރިވި ރަޝިޔާއިން ވާގިވެރިވާ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދަކުން ކަމަށާއި، މިސައިލް ފޮނުވާލީ ރަޝިޔާގެ އަސްކަރިއްޔާގެ 53ވަނަ ބްރިގޭޑްގެ އަސްކަރީ ވެހިކަލްތައް ހިމެނޭ ފައުޖުންކަމަށެވެ. 

2015 ވަނަ އަހަރުވެސް ނެދަލެންޑްސްގެ ތަޖުރިބާކާރުން ވަނީ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ބީޔޫކޭ މިސައިލަކުން ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުން މިމައްސަލަ ތަހުޤީޤުކުރި ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް އެޓީމުން ހާމަކުރި މައުލޫމާތު ޕްރިލިމިނަރީ ރިޕޯޓެއްގެ ގޮތުގައި އާއްމުކޮށްފައިވެއެވެ. މި ޓީމުގައި ހިމެނެނީ ނެދަލެންޑްސް، އޮސްޓްރޭލިއާ، ބެލްޖިއަމް، މެލޭޝިއާ އަދި ޔޫކްރެއިންގެ ތަޖުރިބާކާރުންނެވެ. 

އެޓީމުގެ ހޯދުންތަކާއި ގުޅޭގޮތުން ރަޝިޔާ ސަރުކާރުން ބުނީ އެރިޕޯޓު ޤަބޫލު ނުކުރާކަމަށާއި، އެތުހުމަތުތަކުގައި އެއްވެސް އަސްލެއް ނުވާކަމަށެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް