Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިގްތިސާދީ މާހިރެއް ނޫނަސް ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންނާއެކު މިމާލިމީ ހުރީ ވީހާލެއްގައި ވާން

ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މާރިޗު 2022 | ހޯމަ 08:35
ރައީސް މަނަދޫގައި

ރައީސް މަނަދޫގައި

ދެ އަހަރު ދުވަސް ފަހުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިކަން އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރުގެ މާރޗު މަހުގެ 12 ވަނަ ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރީ އެއީ މުޅި ދުނިޔެއަށް އޭރު ފެތުރެމުންދިޔަ ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައިވެސް ފެތުރެން ފެށުމާއި ގުޅިގެން، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ފިޔަވަޅެއްގެ ގޮތުގައެވެ. މިއާއެކު ރާއްޖެ ބަންދުކުރަން ޖެހުނެވެ. ދުނިޔެއަށް ހުޅުވާލާފައިވާ ދުނިޔެމަތީގެ ސުވަރުގެ ކަމަށް މީހުން ގަބޫލުކުރި ހުދު ދޮންވެލި ގޮނޑުދޮށާއި، ޖަވާހިރުތަކެއް ހެން ވިދާ ބަބުޅާ ނޫކުލައިގެ ކަނޑު ފަޅުތައް މުޅި ދުނިޔެއަށް ބަންދުކުރަން ޖެހުނެވެ.

ނަމަވެސް އެއީ އެންމެންގެ ރައްކަލަކަށްޓަކައެވެ. ކޮވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކަކާއި އުނދަގޫތައް ދިވެހިން ތަހައްމަލު ކުރިއެވެ. ކޮވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާ ގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފިއެވެ. ހުށިޔާރު ވެރިއެއްގެ ސީދާ އިރުޝާދުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތްތަކާއެކު މަރުވި މީހުންގެ އަދަދު ރާއްޖޭގެ އާބާދީއާއި އެއްވަރުގެ އާބާދީތައް ހިއްސާ ކުރާ ގައުމުތަކަށް ވުރެ އަދަދު މަދު ކުރެވުނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ކޮވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވިއެވެ.

ކޮވިޑާއެކު މުޅި ދުނިޔޭގެ އިގްތިސާދު ޑިޕްރެޝަނަކަށް ދިޔައެވެ. ބޮޑެތި ބިޔަ އިގްތިސާދުތައް ދިޔައީ ފުނޑެމުންނެވެ. ގައުމުތައް ދަރަނިވެރިވެ ހަރުމުދާ ވިއްކަން ޖެހުނެވެ. އެންމެ ކައިރިން ސްރީލަންކާ އަށް ބަލާލިއަސް އެ މަންޒަރު އެބަފެނެއެވެ. ގައުމުގެ އިގްތިސާދު ފުނޑިއްޖެއެވެ. އަސާސީ ތަކެތި އަތް ނުފޯރާފަށަށް މައްޗަށް ގޮސް ރައްޔިތުން ބިކަވާ ހިސާބުގައި އެގައުމުގެ ކަންކަން އޮތީ ގޮސްފައެވެ.

ކޮވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވެއެވެ. އެ ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމަށެވެ. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނެވެ.

ފަތުރުވެރިކަމުގެ އާމްދަނީއަށް ބަރޯސާވާ މާ ބޮޑު އިގްތިސާދީ ހަރަކާތެއް ނެތް އިރުވެސް، ރައްޔިތުންނަށް ބޭނުންވި އެންމެ އަސާސީ ކަންކަން ސަރުކާރުން ދިޔައީ ކޮށްދެމުންނެވެ. ރައީސް ސޯލިހުގެ އިރުޝާދުފުޅުގެ ދަށުން ގޭބީސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނެވެ. ވަޒީފާ ގެއްލުނު މީހުންނަށާއި، މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނެވެ. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނެވެ. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުތުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނެވެ. އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވުނެވެ. އަދި ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނެވެ.

މިއީ އިގްތިސާދީ އަނދަވަޅަކާއި ދިމާލަށް މިސްރާބު ޖަހާފައި އޮތް ގައުމެއްގެ ވެރިއެއްގެ މޮޅެތި ނިންމެވުމާއި ދައްޗާއި ތުރާލުގައި ގައުމާއި ރައްޔިތުން ގޮވައިގެން މާދަމާ ހޯދުމަށް ކުރި މަސައްކަތުން ކޮށްދެވުނު ކަންކަމެވެ. އެއްބަޔަކު ގޮވަމުން ދިޔައީ ގައުމެއް ނެތެވެ. އިގްތިސާދެއްވެސް ނެތެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އިގްތިސާދީ މާހިރެއް ނޫނަސް ރައީސް ސޯލިހު ވަނީ ހިކުމަތާއި ނުގުޑާފަދަ އަޒުމަކާއެކު ރައްކާތެރި މަންޒިލަކަށް ދިވެހި ރައްޔިތުންގެ ގެންގޮސްދީފައެވެ. އަދި އިގްތިސާދުވެސް ކުރިން އޮތް ހަރު ދުވެލީގައި ދުވަން ފަށައިފިއެވެ.

ކޮވިޑުން ސަލާމަތްވެއްޖެ ކަމުގައި ފެހި ސިގަނަލެއް ސަރުކާރުން ދިން އިރު، މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެ ކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ފަސް ޤައުމުގެ ތެރޭގައި، މި ކުޑަކުޑަ ރާއްޖެ ވެސް ހިމެނެއެވެ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމެވެ. މިއީ ހުދު ރައީސް ސޯލިހުގެ މޮޅުކަމަކުން ކުރެއްވި ކަމަކަށް ދައުވާ ވެސް ނުކުރައްވައެވެ.

ހަމަ މިއާއެކު، ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތުގައި ރަޙްމަތްތެރި ޤައުމުތަކުން ވެދިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފެނިގެން ދިޔައެވެ. މިކަން ވެގެންދިޔައީ ރާއްޖެއިން ބައިނަލައަގުވާމީ ދުނިޔެއާއި ބޭއްވި ގުޅުމެވެ. ކުރިން ކަނޑާލާފައިވާ ގުޅުންތައް އައުކުރުމުގެ ނަތީޖާއެވެ. އެހީ ދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، އ.ދ.ގެ ބައެއް އިދާރާތަކުން ދިން އެހީ ހިމެނެއެވެ.

ވަކިން ހާއްސަކޮށް އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބުނެވެ. ބަޔަކު އެގައުމަކާއި އެންމެ ދެކޮޅުކަން ދައްކާ ގައުމުން، ކޮވިޑް ވެކްސިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ހަދިޔާކުރީ އިންޑިޔާއިންނެވެ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ގަންނަން ލިބުނެވެ. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރިއެވެ. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިނެވެ. މިއީ އަވަށްޓެރި ގައުމުތަކާއި ގުޅުންބަދަހި ކުރުމުގެ ނަތީޖާތަކެވެ. އިންޑީއާ އަށް ރުޅިވެރިކަން ދެއްކި މީހުން ކޮވިޑްގެ ތެރޭގައި ކައިބޮއި ހަދާ ފަރުވާ ވެސް ހޯދީ އެ ގައުމުގެ އެހީގައެވެ.

ރާއްޖެއިން ބޭސްފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ފަސޭހައިން އިންޑިއާއަށް ދެވޭނެގޮތްވެސް އެ ޤައުމުން ހަމަޖައްސައިދިނެވެ. މިއީ ކޮވިޑުގެ ތެރޭގައި އެހެން އެއްވެސް ޤައުމަކަށް އިންޑިއާއިން ނުދޭ ފުރުޞަތެކެވެ.

އިގްތިސާދީ މާހިރެއް ކަމަށް ދައުވާ ނުކުރެއްވިޔަސް އަދި އެހެން އަމިއްލަފުޅަށް ވިދާޅު ނުވިކަމުގައި ވިޔަސް، ހަގީގަތުގައި ރައީސް ސޯލިހު ދައްކުވައިދިނީ ހިކުމަތްތެރިކަމާއެކު ވެރިޔަކު ކަންކަން ކުރައްވާނެ ގޮތުގެ ލާމަސީލު މިސާލެކެވެ. އިގްތިސާދީ މާހިރަކަށް ނުވިޔަސް ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖައްސަވައިފިއެވެ. ރައްޔިތުން ބިކަވާން ދޫކޮށް ނުލައްވާ ރައްޔިތުންގެ އަސާސީ ކަންކަން ވެސް ފުރިހަމަކޮށްދެއްވައިފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

15 ފެބުރުއަރީ 2019
ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު