Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެ ރައްޔިތުންނަށް ދޫކުރާ ގޯތި

މާލެ ރައްޔިތުންނަށް ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް އޮތީ މައިގަނޑު ހަތަރު ޝަރުތެއް

ދިރިއުޅުމުގެ ހާލަަތަށް ބަލައި މާކްސް ދޭނެ ގޮތްތައް އަދި ނިންމާފައި ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 މާރިޗު 2022 | ހޯމަ 07:14
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަ ސުވާލުކުރެއްވުން

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމަށް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ޝަރުތެއް ކަމަށް މިިސްޓަރ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރަކްޗާރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚަކާއި އެއަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މެމްބަރުންނާއި ބައްދަލުކުރުން އަދި ކުރިއަށް ނުގެންދިވި އޮތް ކަމަށާއި، އެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވަވާނެ ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ޝަރުތުތަކަކީ، މާލެއަށް އުފަން މާލެ ރައްޔިތަކަށްވުމާއި، އެ މީހެއްގެ ނަންމަތީ، 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުން އަދި ވާރުތަކުރަން ވެސް ނެތް އެވަރުގެ ބިމެއް ނެތުން އަދި އެވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތްތަނެއް ވެސް ދޫކޮށްލުމެވެ. ތިންވަނަ ޝަރުތެއްގެ ގޮތުގައި ވިދާޅުވީ، ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށެވެ.

ދަފްތަރުގައި ތިބޭ މީހުންނަށް ކުރިމަތި ލެވޭނެ ކަމަށް ވިދާޅުވެ، އެކަން ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަ ކުރުމަށް ފަހު ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުން ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

މާކްސް ދޭ އުސޫލުތަކުގެ މިނިސްޓަރު އަސްލަމް ވިދާޅުވީ، އެކި އުމުރުފުރައިގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވާނެ ކަމަށެވެ. އެހެންނަމަވެސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސްއެއް ނުދޭނެ ކަމަށާއި، ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނަވާ ކަމަށެވެ.

ދިރިއުޅުމުގެ ހާލަަތަށް ބަލައި މާކްސް ދޭނެ ގޮތްތައް އަދި ނިންމާފައި ނުވާ ކަމަށާއި، އެކަންކަން ނިމިގެންދާނީ، މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި ރައީސް އޮފީހުގެ ޕޮލިސީ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ގޯތި ދޫކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފެށިގެން ދާނެ ކަމަށް މީގެ ކުރިން މަޖިލީހަށް ވަޑައިގެން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސްވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު