Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނގުރާމަވެރި ސަރަހައްދުން ގެނައި އާއިލާ

ހަނގުރާމަވެރި ސަރަހައްދުން ރާއްޖެއައި އާއިލާ 30 ދުވަހަށް އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ގިނަވެގެން 30 ދުވަހަށް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 މާރިޗު 2022 | އާދީއްތަ 11:17
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ހަނގުރާމަވެރި ސަރަހައްދުން ރާއްޖެއައި އާއިލާ 30 ދުވަހަށް އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހުކުރު ދުވަހު މާލެ ގެނެސްފައިވަނީ ހަނގުރާމައިގައި ހާލުގައި ޖެހުނު 31 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ ހަނގުރާމައަށް ދިޔައިރު ގޮވައިގެންދިޔަ ދެ ކުދިންނެވެ. ދެން ތިބި ދެ ކުދިންނަކީ ރާއްޖެ އައި އިރު އޭނާ ގޮވައިގެން އައި ދެ ކުދިންނެވެ. އެ ކުދިން ގެނައީ ޑީއެންއޭ ޓެސްޓް ހެދުމަށް ފަހު އެއީ އޭނާގެ ދަރިންކަން ކަށަވަރުކުރުމަށް ފަހުގައެވެ. އެ ދެކުދިންނަށް މިހާރުވަނީ ރާއްޖޭގެ ރަށްވެހިކަންވެސް ދީފައެވެ.

ކޯޓް އަމުރުގައި ބުނެފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ހަނގުރާމަވެރި ސަރަހައްދެއްގައި ހުރެފައި އެނބުރި ރާއްޖެ އަންނަ މީހެއް ނަމަ އެ މީހަކީ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަކާ ނުލައި ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލަމާތަށް ނުރައްކާވެދާނެ މީހެއް ކަމަށް ބަލައި ގިނަވެގެން 30 ދުވަހަށް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބުނެފައި ވާތީ، އެގޮތަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ އަންހެން މީހާއާ އެކު، އޭނާގެ ހަތަރު ދަރިންވެސް އެ މުއްދަތަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ. ބަންދުގައި ބަހައްޓަން އެއްވެސް އިއުތިޒާރެއް ނެތް ކަމަށް އަންހެން މީހާ ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

ހަނގުރާމަތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފުސާނީ ފަރުވާ ދެވޭގޮތަށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކޮށް އެކަމަށް ބޭނުންވާ ހާއްސަ މަރުކަޒެއް ކ. ހިންމަފުށީގައި ވަނީ ހުޅުވާފައެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ އެ އާއިލާ މުޖުތަމައުއަށް އަނބުރާ ނެރޭނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ.

ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާޙަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔަކަށް ވާހިނދު، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީ މައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭ، ޤާނޫނީ ގޮތުން މަނާކުރެވިފައިވާ، އަދި އެފަރާތްތައް އަލުން އަނބުރާ މުޖުތަމައު ޢަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމުގައި ވާތީ، ޒިންމާދާރުކަމާއެކު މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މިމަސައްކަތުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދިވެހި ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި، އެކި ސަބަބުތަކާއި ހުރެ މުޖުތަމަޢު އިން ހަވާސާ ވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމައު ޢަށް ގެނައުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓްހައުސިންގ މިނިސްޓްރީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު