Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ ރޮކެޓް ހަމަލާއެއް ކިއެވްގެ އެއާރ ބޭސް އަށް

މި ރޮކްޓް ހަމަލާގެ އަސަރު އެއަވަށުގައި ހުރި ބަޑިގުދަނަކަށްވެސް ކޮށްފައިވާކަމަށް މޭޔަރު ވިދާޅުވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 މާރިޗު 2022 | އާދީއްތަ 09:34
ކިއެވްގައި ހުރި ޔޫކްރެއިންގެ އެއާރ ބޭސްއަކަށް ރަޝިއާގެ ރޮކެޓް ހަމަލާއެއް ވަނީ ފޮނުވާލާފައި.

ކިއެވްގައި ހުރި ޔޫކްރެއިންގެ އެއާރ ބޭސްއަކަށް ރަޝިއާގެ ރޮކެޓް ހަމަލާއެއް ވަނީ ފޮނުވާލާފައި.

ކިއެވްގައި ހުރި ޔޫކްރެއިންގެ އެއާރބޭސް އަކަށް ރަޝިއާގެ ރޮކެޓް ހަމަލާއެއް ފޮނުވާލައިފިއެވެ.

ކިއެވްގެ ވަސިލްކިވް އަވަށުގައި ހުރި ޔޫކްރެއިންގެ އަސްކަރިއްޔާގެ އެއާރބޭސް އަކަށް ރަޝިއާގެ އަސްކަރިއްޔާއިން ރޮކެޓް ހަމަލާއެއްދީ ހަލާކުކޮށްލާފައިވާ ކަމަށް އެވަށުގެ މޭޔަރާއި ހަވާލާދީ އިންޓަފެކްސް ޔޫކްރެއިން ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ރޮކްޓް ހަމަލާގެ އަސަރު އެއަވަށުގައި ހުރި ބަޑިގުދަނަކަށްވެސް ކޮށްފައިވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ކިއެވް ހިފުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޮނިހިރު ދުވަހު ކިއެވްގެ ހުޅަނގުއުތުރުގައި ހަމަލާ ބަދަލުކުރުންތައް ވަނީ ވަރުގަދަކުރަން ފަށާފައެވެ. އެގޮތުން ކިއެވް އާއި 16 މޭލު ބޭރުން ރަޝިއާގެ ފައުޖުތައް ފެންނަން ފަށާފައިވާއިރު ރަޝިއާ އަސްކަރިއްޔާއިން ކިއެވް މުޅިންހެން ވަށާލައި ހަމަލާތައް ދެމުންދާކަމަށް އިނގިރޭސިވިލާތިގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫކްރެއިން ބޮޑުވަޒީރުގެ ނައިބު، ވަނީ ހޮނިހިރު ދުވަހު ކިއެވްގެ އާންމުންނަށް ހިއުމެނިޓޭރިއަން ކޮރިޑޯތައް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ އެކި ސިޓީ ތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަނީ ސަލާމަތުގެ އައްސޭރިތަކަށް ދިއުމަށް އަންގާފައެވެ.

ރަޝިއާގެ އަސްކަރިއްޔާ ރީގްރޫޕް ކުރަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މިއީ އައު ސްޓްރެޓެޖީއަކާއެކު ކިއެވްއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް

16 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ބޮޑަށް ކައިރި ވެއްޖެ: ޓްރަމްޕް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު