Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުލޫފުގެ މައްސަލަ

މަހުލޫފުގެ މައްސަލަ ބޭރުކޮށްލީ ޤާނޫނު ނުދަންނަ އިޖުރާއަތްތަކެއް ހިންގުމަށްފަހު ކަމަށް ދައުލަތުން ބުނެފި

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 10:30
މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލުކުރުމާއި ގުޅިގެން، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށްފަހުގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހުއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 6 މާރޗުގައެވެ.

ދައުލަތުން އިސްތިއުނާފު ހުށައެޅުން:

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ހުށައެޅީ އެއް ނުކުތާގެ މައްޗަށް ކަމަށެވެ. އެ ނުކުތާ ބިނާވަނީ އިބްތިދާއީ މަރުޙަލާގައި ކަންކަން ހިނގާ ދިޔަ ގޮތުގެ މައްޗަށްކަން ފާހަގަ ކުރައްވައި ދައުލަތުން ވަނީ އެކަމުގެ ޚުލާސާއެއް ދެއްވާފައެވެ. އެގޮތުން ދައުވާ ހުށައެޅިއިރު ހެއްކާ ގުޅިގެން ހުރި ކަންކަމަށް ދައުލަތުން ޖަވާބުދާރީވާން އެންގި ނަމަވެސް، އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާގައި ވާހަކަ ދެއްކޭނެ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ އިސްތިއުނާފީ ނުކުތާއަކީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށް ކްރިމިނަލް ކޯޓުން ނިންމުމެވެ. އެގޮތުން ދައުލަތުން ހުށައެޅި ވަކިވަކި ހެކިތައް ވަޒަން ކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އެ ހެކިތަކުން ނުކުންނާނެ ނަތީޖާ ބަޔާން ކުރައްވައި، މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި ދައުވާއެއް ކުރިއަށް ގެންދެވިދާނެ ގޮތަށް ބަލާއިރު، ދައުލަތުން ހުށައެޅި ވަކިވަކި ހެކިތައް ވަޒަން ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އެ ހެކިތަކުން ނުކުންނާނެ ނަތީޖާ ބަޔާން ކުރެއްވި ކުރެއްވުން ދައުލަތުން ފާހަގަކުރިއެވެ. އަދި މަދަނީ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑުކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ހެކި ވަޒަން ކުރުމަކީ މި މަރުޙަލާގައި ކުރަންޖެހޭ ކަމެއް ނޫންކަމަށް ހައިކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާއެއްގައި ބަޔާން ކޮށްފައިވާކަމަށެވެ.

ނަމަވެސް އެ އުސޫލާ ޚިލާފަށް މައްސަލަ ބެއްލެވި ގާޒީ ހެކިތައް ވަޒަން ކުރައްވާފައިވާއިރު، ދައުލަތުން ހުށައެޅި ޝަފަހީ ހެކިން ހާޒިރުވެސް ނުކޮށް އެ ހެކިންގެ ހެކިބަހުން މައްސަލަ ސާބިތު ނުކުރެވޭނެކަމަށް ނިންމެވިކަން ދައުލަތުން ފާހަގަ ކުރެއްވިއެވެ.

މިފަދައިން އިބްތިދާއީ މަރުޙަލާގައި ނިންމުމުގެ ނަތީޖާއަކަށްވަނީ ޝަރީއަތުގެ މަރުޙަލާގައި ހެއްކާ ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތުންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުން ވަނީ މި މައްސަލައިގެ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މިއީ ކްރިމިނަލް ކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

މަހުލޫފުގެ ފަރާތުން ޖަވާބުދިނުން:

މަހުލޫފުގެ ފަރާތުން އިސްތިއުނާފަށް ޖަވާބުދެއްވަމުން އޭނާގެ ވަކީލާ ވިދާޅުވީ، މައްސަލަ ބެއްލެވި ގާޒީ ބެއްލެވީ ކުށުގެ އުންސުރުތަކާއި، އެ ހެކިތަކުން އުންސުރުތައް ސާބިތުވޭތޯކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާއި، މުޅި މައްސަލައިގައި ގާޒީގެ ވިސްނުންފުޅު ހުރި ގޮތުން ފެނިގެންދާ ކަމަށެވެ.

މަހުލޫފުގެ ވަކީލާ ވިދާޅުވީ، 33،000 އެމެރިކާ ޑޮލަރަކީ އެސްއީއެޒް ވޯޓާގުޅިގެން ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ފައިސާކަން ސާބިތުކޮށްދިނުމަށް ހުށައެޅިފައިވަނީ އެންމެ ހެއްކެއް ކަމެވެ. އެއީ އަހުމަދު އަދީބުގެ ހެކިބަސްކަން ދައުލަތުންވެސް ސަރީޙަ ބަހުން ފާހަގަ ކޮށްފައިވާކަމަށް މަހުލޫފުގެ ވަކީލާ ވިދާޅުވިއެވެ.

ފަނޑިޔާރު ހެކިތަކުގެ އެންމެ ފުނަށް ފީނުއްވައިގެން އެ ހެކިތައް ވަޒަން ކުރައްވާފައިނުވާކަމަށް މަހުލޫފުގެ ވަކީލާ ވިދާޅުވިއެވެ.

މި މައްސަލައި ހައިކޯޓުން ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލީ ސަމީރުއެވެ.

ފަނޑިޔާރުން ސާފުކުރަން ބޭނުންފުޅުވާ ކަންކަން ސާފު ކުރެއްވުން:

ފަނޑިޔާރުން ވަނީ އިތުރަށް ސާފު ކުރައްވަން ބޭނުންފުޅުވާ ކަންކަން ސާފު ކުރައްވާފައެވެ. އެގޮތުން މަދަނީ މިންގަނޑުން މައްސަލައެއް ކުރިއަށް ގެންދެވިދާނެތޯ ބައްލަވާއިރު ޝަރީއަތުން ބަލާނީ ކޮންކޮން ކަންތަކަށްތޯ ފަނޑިޔާރު ފަރްހީޒާ ސުވާލު ކުރެއްވިއެވެ. އަދި އެ ޙާލަތްތަކުގައި އުންސުރު ހަމަވާ މިންވަރަށް ހެކި ހުރިތޯ ބަލަންޖެހޭތޯ ފަނޑިޔާރު ވަނީ ސުވާލު ކުރައްވާފައެވެ. ޖެހޭނަމަ ދައުލަތުން ހުށައަޅާފައިވާ ހެކިތަކަކީ ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އަހުމަދު އަދީބުގެ އިތުރުންވެސް، އިތުރު ހެކިތައް ދައުލަތުން ހުށައަޅާފައިވާނެ ކަމަށެވެ. ދައުލަތުން ހުށައަޅާފައިވާ ހެކިތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، 33 ހާސް އެމެރިކާ ޑޮލަރު ގަންނަ ވަރަށް ދަ ޖީންސް ފިހާރައިގައި ފައިސާއެއް ނެތް ކަމަށެވެ. އަދި އެއީ އެހާ މާލީ ގާބިލުކަން އޮތް ފިހާރައެއް ނޫންކަން ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުން ސާބިތުވާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހުށައެޅި ހެކިތަކުން އަދީބުގެ ވާހަކަތަކަށް ބާރު ލިބިގެންދާ ކަމަށެވެ. ދައުލަތުުން ބުނާ ގޮތުގައި ދައުލަތުން ހުށައަޅާފައިވާ ހެކިތަކަކީ މަހުލޫފުގެ ފަރާތުން ހުށައެޅި ހެކިތައް ނަފީ ކުރެވޭ ވަރުގެ ހެކިތަކެކެވެ. އަދި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އަދީބުގެ ފަރާތުން ސާބިތު ކުރަން ބޭނުންވާ ކަންކަމަށްވެސް ބާރު ލިބިދޭ ހެކިތަކެކެވެ.

ޝަރީއަތުން ވަނީ ދެފަރާތުންވެސް އިތުރަށް ސާފު ކުރައްވަން ބޭނުންފުޅުވާ ކަންކަން ސާފު ކުރައްވާފައެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބާއްވާ އަޑުއެހުމެވެ.

އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާ ކޮށްފައިވާ ފައިސާ ކަމަށް, އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ޓްވީޓަކާއެކު ނެރުއްވި ބަޔާނެއްގައި މަހުލޫފު ވިދާޅުވީ, އެމުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

"ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރިއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. 

ކްރިމިނަލް ކޯޓްއަހުމަދު މަޚްލޫފްއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު