Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ވޮލްނޮވާޚާގެ ރައްޔިތުން ދެ ހަފުތާ ވަންދެން ބިންގަރާސްތަކުގައި ތާށިވެފައި

13 މާރިޗު 2022 | އާދީއްތަ 08:24

ހުއްޓުމެއް ނެތި ހަމަލާތައް ދެމުން ގެންދިޔުމުގެ ސަބަބުން ދެ ހަފުތާ ވަންދެން އާންމުން ބިންގަރާސްތަކުގައި ތާށިވެފައި ތިބެންޖެހުނު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 މާރިޗު 2022 | އާދީއްތަ 08:24
ވޮލްނޮވާޚާގެ ރައްޔިތުން ދެ ހަފުތާ ވަންދެން ބިންގަރާސްތަކުގައި ތާށިވެފައި ތިބެންޖެހުނު، ކަރަންޓު އަދި ފެނާއި ކާނާ ލިބޭނެ ގޮތެއް ނެތި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު

ވޮލްނޮވާޚާގެ ރައްޔިތުން ދެ ހަފުތާ ވަންދެން ބިންގަރާސްތަކުގައި ތާށިވެފައި ތިބެންޖެހުނު، ކަރަންޓު އަދި ފެނާއި ކާނާ ލިބޭނެ ގޮތެއް ނެތި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު

ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ސަރަހައްދަކީ ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޑޮނަޓްސްކްގެ އަވަށެއް ކަމަށްވާ ވޮލްނޮވާޚާއެވެ. އެ އަވަށުގައި ހިނގި ހަމަނުޖެހުންތަކާއެކު މުޅި އަވަށް ވަނީ ވީރާނާވެފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ އާއި ވޮލްނޮވާޚާގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި ދެމެދު ހަމަލާ ބަދަލުކުރުން ފެށުމާއެކު އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ އާންމު ރައްޔިތުން ވަނީ އިމާރާތްތަކުގެ ބިންގަރާސްތަކުގައި ރައްކާތެރިކަން ހޯދާފައެވެ. ހަމަލާތަކަށް ހުއްޓުމެއްނައިސް ދެ ހަފުތާ ވަންދެން އާންމުން ބިންގަރާސްތަކުގައި ތާށިވެފައި ތިބެންޖެހުނެވެ.

ބިންގަރާސްތަކުން ނުކުމެވުމާއެކު އާންމުންނަށް ފެނިގެން ދިޔައީ ވަރަށް ހިތްދަތި މަންޒަރެކެވެ. އާންމުން ދިރިއުޅެމުންދިޔަ އެތައް އިމާރާތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައެވެ.

ދާދިފަހަކަ ޖެހެންދެން ވޮލްނޮވާޚާ އޮތީ ރަޝިއާއަށް ތާއިދުކުރާ މީހުންގެ އަތްދަށުގައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއާއި ދެމެދު ހަމަލާ ބަދަލުކުރުންތައް ފެށިގެން ގޮސްފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ބިންގަރާސްތަކުގައި ތާށިވެފައި ތިބި މީހުންނަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފެނާއި ކާނާ އާއި ނުލައި އެތަންތަނުގައި ތިބެންވެސް މަޖުބޫރުވެފައެވެ.

އަވަށުގެ އިންފްރާސްޓްރަކްޗަރ އެއްކޮށްހެން ވީރާނާވެފައިވާއިރު، އަވަށުގައި ހުރި ހޮސްޕިޓަލްވެސް ވަނީ މިހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ބިމާ ހަމަވެފައެވެ.

އ.ދ. އިން ވަނީ ފެބްރުއަރީ 24 އިން ފެށިގެން މިހާތަނަށް ޔޫކްރެއިންގެ އާންމުގެ 500ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 40ށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް ބުނެފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް