Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން އިޝްތިހާރުކުރުން

ޑައިވިން ހަރަކާތްތަކާއެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަނީ

13 މާރިޗު 2022 | އާދީއްތަ 10:54

50 ޑައިވިން ޕޮއިންޓަކަށް އެއްފަހަރާ ޑައިވްކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2022 | އާދީއްތަ 10:54
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ޑައިވިން ހަރަކާތްތަކާއެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު 50 ޑައިވިން ޕޮއިންޓަކަށް އެއްފަހަރާ ޑައިވްކުރާނެ އެވެ. ފޮޓޯ މުބާރާތް ކުރިއަށްދާނީ އެ ޑައިވްގެ ތެރެއިންނެވެ. މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހެވެ.

މި ހަރަކާތްތަކާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މުޅި ރާއްޖެއިން ޑައިވް ޕޮއެންޓްތައް ކަނޑައަޅާނެ ކަމަށާއި، އެމަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ގުޅިގެން މަސައްކަތްތައް ކުރިއަށްދާއިރު، ކައުންސިލްތަކުން ދެ ޕޮއެންޓެއް ކަނޑައެޅުމަށް ފުރުސަތު ދީފައިވާ ކަމަށާއި، ރިސޯޓުތަކުން ވެސް ތިން ޕޮއެންޓެއް ކަނޑައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަނޑައަޅާ ޕޮއެންޓްތަކުން ޓޫރިޒަމް މިނިސްޓްރީން ނަނގާނީ އެއް ޕޮއެންޓް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ހަރަކާތާއެކު ރާއްޖޭގެ އިތުރު ޑައިވިން ޕޮއެންޓްތައް މަޝްހޫރުވެގެންދާނެ ކަމަށާއި، ރާއްޖޭގެ ކަނޑުގެ ރީތިކަން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދައްކާލުމަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ.

މި ހަރަކާތް އިންތިޒާމް ކުރުމަށް އެންމެ އިސްކޮށް އުޅުއްވާ އޯޝަން ޖިއޯގްރަފިކްގެ ޑިރެކްޓަރ އަދި ޕަބްލިޝަރ މައިކަލް ވިދާޅުވީ ޑައިވް ޕޮއިންޓުތަކުން އެއް ވަގުތެއްގައި ނަގާ ފޮޓޯތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކާ ބެހޭ ދިރާސާތައް ކުރުމަށް ފަސޭހަވާނެ ކަމަށާއި، ފަރުތަކަށް އަންނަ ބަދަލުތައް ފާހަގަވާނެ ކަމަށެވެ. ފަރުތައް ހިމާޔަތްކުރުމުގެ މުހިންމު ކަމަށް އިޝާރަތް ކުރައްވައި މައިކަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމާއި ގުޅޭ މިނިސްޓްރީތަކާއިއެކު މަޝްވަރާތައް ކުރިއަށްދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަންނަ އޮތް ޖީލުތަކަށް ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ މިންވަރު ހާމަވާނެ ކަމަށެވެ.

ޑައިވްގެ ތެރެއިން ކުރިއަށް ގެންދާ ފޮޓޯ މުބާރާތުގައި ދިވެހި އަދި ބައިނަލްއަގުވާމީ ފޮޓޯގްރާފަރުން ވެސް ބައިވެރިވާނެއެވެ. މި މުބާރާތުގައި ދިވެހި ފޮޓޯގްރަފަރުންނަށް ހިލޭ ބައިވެރިވެވޭއިރު، ބޭރުގެ ފޮޓޯގްރަފަރުން 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ. މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ތިން ފޮޓޯ އެ ޑައިވްއަށް ޚާއްސަ ފޮތުގައި ހިމަނާނެ އެވެ. އަދި މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަވޯޓާ އެގްޒަބިޝަނުގައި ފޮޓޯގްރަފަރުގެ ނަމާއެކު ހިމަނާނެ އެވެ. މިއީ ދިވެހި ޕޮޓޯގްރަފަރުންނަށް އެހެންގައުމުތަކުގެ ޕޮޓޯގްރާފަރުންނާއި ވާދަކޮށްލުމަށް ލިބޭ ފަހި ފުރުސަތެކެވެ.

ރާއްޖޭގެ އެންމެ ރީތި 50 ޑައިވް ސައިޓް ނޮމިނޭޓްކޮށްގެން ހޮވާއިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ޑައިވަރުންނާއި، ޑައިވް ސެންޓަރުތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އަދި އެފަދަ ފަރާތްތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި 85 ރުފިޔާ ދައްކަންޖެހެއެވެ. އަންޑަވޯޓާ އެގްޒަބިޝަނުގައި 150 ފޮޓޯ ހިމަނާނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް