Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭނަށް ޗައިނާއިން ޚަރަދުކުރާ ކަމުގެ ތުހުމަތު

އަހަރަކު 70،000 އަށް ވުރެ ގިނަ ދިވެހިން ތަފާތު އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 08:53
ޖަލު ޙުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން

ޖަލު ޙުކުމަށްފަހު ރައީސް ޔާމީން ގެންދަވަނީ އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރައްވަމުން

ޢަވައްޓެރި އިންޑިއާ އާއި ދެކޮޅަށް ކުރަމުންދާ ކެމްޕޭނަށް ޗައިނާއިން ޚަރަދުކުރާ ކަމުގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްކޮށް ހުންނަވައި ކުރިއަށްގެންދަވާ އިންޑިއާ އައުޓް ޙަރަކާތަކީ އިންޑިއާ އާއި ވާދަވެރިކަން އޮންނަ ޗައިނާއިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޙަރަކާތެއްކަމަށް މީގެ ކުރިންވެސް އަޑު ފެތުރިފައިވެއެވެ.

ބޭރުގެ ބައެއް ނޫސްތަކުންވެސް މި ޚަބަރުތައް ގެންދަނީ ރިޕޯޓު ކުރަމުންނެވެ. އެގޮތުން އުތުރުތިލަފަޅު އެއްބަސްވުމާއި ގުޅުވައިގެން އިދިކޮޅުން ދައްކަމުންގެންދާ ‘ޙަޤީޤަތާ ޚިލާފު’ ވާހަކަތަކަކީ އޭގެ މިސާލެއްކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. ވަކިން ޚާއްސަކޮށް، އެ އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ނެތްކަމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކޮށްފައިވާއިރުވެސް، އިދިކޮޅު ފަރާތްތަކުން އެކަމުގެ ޙަޤީޤަތް އޮޅުވާލައި ޚަބަރުތައް ފަތުރަމުން ގެންދަނީ ވަކި އެޖެންޑާއެއްގެ ދަށުން ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ އިންޑިއާ އާއި އެކަހެރިވުމުގެ ވިސްނުންފުޅު ބަހައްޓަވައި، އެގޮތަށް ގެންދެވީ އަމަލު ކުރައްވަމުންނެވެ. ޗައިނާ ފަރސްޓް ޕޮލިސީގެ ދަށުން ހަމައެކަނި ޗައިނާ އާއި ގާތް ގުޅުމެއް އުފައްދަވައި، އޭގެ ނަތީޖާއެއްގެ ގޮތުން ޗައިނާ ރުއްސުމަށްޓަކައި ޚާރިޖީ ސިޔާސަތުތައްވެސް އެ މަގުން ބައްޓަން ކުރައްވާފައިވާކަމަށް ވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއިން ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެއެވެ. އެ ލޯނުގެ އެހީގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް މަޝްރޫއަކީ ސިނަމާލޭ ބްރިޖް މަޝްރޫއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުން ރައީސް ޔާމީނު އަލުން ވެރިކަމަށް ވަޑައިގެންފިނަމަ ޗައިނާއާއެކު ކުރިއަށް ގެންދަވާ އިންވެސްޓްމަންޓުތައް އަނެއްކާވެސް އިތުރުވެގެންދާނެއެވެ. އެކަމުގެ ސަބަބުން ޗައިނާއަށްވެސް ދުރު މުސްތަޤުބަލުގައި އެކަމުގެ ފައިދާ ކުރާނެތީ ޗައިނާއިންވެސް ގެންދަނީ އިންޑިއާ އައުޓް ޙަރަކާތްތައް ޕްރޮމޯޓު ކުރާ ނޫސްތަކަށް އެކި ގޮތްގޮތުން ފަންޑު ކުރަމުންދާކަމުގައި ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރަމުންދެއެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ހުރިހާ ނޭއްގާނީ ސިފަތައް އެކުލެވޭ، އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ މަރުތަކާއި، ޚިޔާނަތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ހީލަތްތެރި ކެމްޕޭނެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ވަކި ޤައުމަކާމެދު ނަފްރަތު އުފެއްދުމަކީ ރާއްޖެއިން ބަލައިގެންފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާވެސް ދެކޮޅު ކަމެއްކަމަށް ފޮރިން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ. އެގޮތުން އިންޑިއާގައި އުޅޭ ދިވެހިންގެ އަދަދުތަކަށް ބަލާއިރު، 1000 އާއި 1500 އާއި ދެމެދުގެ އަދަދުތަކެއްގައި އަބަދުވެސް ދިވެހިން އެ ޤައުމުގައި އުޅޭކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

އަދި އަހަރަކު 70،000 އަށް ވުރެ ގިނަ ދިވެހިން ތަފާތު އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރާއިރު، އިންޑިއާއިންވެސް އެހާ ގިނަ ރައްޔިތުން ރާއްޖެއަށް ދަތުރުފަތުރުކޮށް އުޅޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޭގެ އަސަރު ދިވެހިންގެ ދިރިއުޅުމަށް ކުރާކަން ފާހަގަކޮށްފައެވެ. މިފަދަ ޙަރަކާތްތައް ފުޅާވެ، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ޙާލަތެއް އައިސްފިނަމަ އިންޑިއާގައި އުޅޭ ދިވެހިންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށްވެސް މިނިސްޓްރީގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

އިންޑިއާ އައުޓްރައީސް ޔާމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު