Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރާއި މެދު އާއްމުން ދެކޭ ގޮތް

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024 | އާދީއްތަ 12:33

ވެރިކަމަށް އައުމަށް ސަރުކާރުން ބޭނުން ކުރި އެންމެ ބޮޑު އުކުޅަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުން ކަމަށް އާއްމުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޮކްޓޯބަރު 2024 | އާދީއްތަ 12:33
ހަނިމާދޫ ކައުންސިލް ރައީސް އަދި ބައެއް އާއްމުން

ހަނިމާދޫ ކައުންސިލް ރައީސް އަދި ބައެއް އާއްމުން

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރުކަމަށާއި މިހާރު އެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯ ހަނިމާދޫ ކައުސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން ވަނީ ސަރުކާރަށް އެއް އަހަރުވެގެންދާ އިރު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރު ވެރިކަމަށް އައީ ވަރަށް ބޮޑަށް 'އިންޑިއާ މިލިޓަރީ އައުޓް'ގެ ޓެގްލައިން ބޭނުންކޮށްގެން ކަމަށް ވެފައި އެކަމުގައި ހަގީގަތެއް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ސަރުކާރާއި މެދު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެރިކަމަށް އައުމަށް ސަރުކާރުން ބޭނުން ކުރި އެންމެ ބޮޑު އުކުޅަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ސަރުކާރުން ހެދީ ދޮގުކަން މިއަދު އެބަ ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ހަނިމާދޫ އެއާޕޯޓް ހަދަމުން ދަނީ އިންޑިއާގެ ލޯނު އެހީގައި ކަމަށް ވާއިރު އެކަން އޮޅުވާލުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އޭނާ ވަނީ އެކަން އޮޅުވާލައިގެން އެއާޕޯޓް އެޅުމުގެ ކްރެޑިޓް މި ސަރުކާރުން ނަގަން އުޅޭ ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ. މިހާރުވެސް އެއާޕޯޓް މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދު އެކަމުން އެކަނި ވެސް ކުރީގެ ރައީސް ޞާލިހު ކުރެއްވި މަސައްކަތް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އެމްވީ އާއި ވާހަކަދެއްކި ބައެއް އާއްމުން ވަނީ ހަނިމާދޫގައި ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫޢުތައް މިހާރު ހުއްޓާލާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގޭ ކަމަށާއި ދައްކަނީ ހުސް ވާހަކަކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި އާއްމުން ވަނީ ބުނެފައެވެ. އެއާޕޯޓްގެ މަސައްކަތް ނޫން ކަމެއް ހަނިމާދޫގައި ނުހިނގާކަމަށް އާއްމުން ފާހަގަކުރިއެވެ.

އިތުރު އާއްމު މީހަކު ރާއްޖެ އެމްވީ އާއި ވާހަކަދައްކަމުން ބުނީ ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ހަމަލޮލަށް ނުފެންނަ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ދާނެ ގޮތުގެ ތަފްސީލެއް ނުދެވޭ ކަމަށާއި އިންޑިއާ ސިފައިންނާއި މެދު ވެސް ސަރުކާރުން ހެދީ ދޮގުކަން ހާމަވާ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

ހަނިމާދޫއިންޑިއާ އައުޓްރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
10 ނޮވެމްބަރު 2025

ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

10 ނޮވެމްބަރު 2025
ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!
18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
16 ޖުލައި 2025

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު
16 ޖުލައި 2025

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
21 ޑިސެމްބަރު 2024

ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ

21 ޑިސެމްބަރު 2024
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ
24 ނޮވެމްބަރު 2024

ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި

24 ނޮވެމްބަރު 2024
ގެޒެޓް ކުރާ ގާނޫނީ ލިޔުންތަކުގައި ވަޒީރުން ސޮއި ކުރައްވަން ޖެހޭ ގޮތް ހަދައިފި
19 ނޮވެމްބަރު 2024

ޤާނޫނަށް ގެންނަ ކޮންމެ އިޞްލާޙަކީ އިޞްލާހެއް ނޫނެވެ

19 ނޮވެމްބަރު 2024
ޤާނޫނަށް ގެންނަ ކޮންމެ އިޞްލާޙަކީ އިޞްލާހެއް ނޫނެވެ
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް