Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 12:13
"އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން ޖެނުއަރީ 7، 2022 ގައި ބޭއްވި ހަރާކާތުގެ ތެރެއިން

"އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން ޖެނުއަރީ 7، 2022 ގައި ބޭއްވި ހަރާކާތުގެ ތެރެއިން

'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ރިޔާސީ ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދިވެހި ދައުލަތުގެ މައްޗަށް ހުށަހެޅި މައްސަލަ އެ ކޯޓުން އަންގާރަ ދުވަހު ބޭރުކޮށްފިއެވެ.

މިއީ ސިވިލް ކޯޓުން މި މައްސަލަ ބޭރުކޮށްލި ދެވަނަ ފަހަރެވެ.

އޭޕްރީލް 21، 2022 ގައި ރައީސް ސާލިހް ސޮއި ކުރައްވާ ނެރުނު ގަރާރުގައި ވަނީ، 'އިންޑިއާ އައުޓް' ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެ އާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކަށް ވެސް ނުރަނގަޅު އަސަރު ކޮށްފާނެ ކަމެއް ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ރައީސް ސާލިހް ނެރުއްވި ގަރާރަކީ ގާނޫނީ ބާރެއް ލިބިގެން ނުވާ، ރައްޔިތުން އަމަލު ކުރުން ލާޒިމު ނުވާ ގަރާރެއް ކަމުގައެވެ. އެހެން ކަމުން ކޯޓަށް މައްސަލަ ހުށަހެޅީ އެއީ ބާތިލު ގަރާރެއް ކަމަށް ކަނޑައެޅުމަށެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި ގަރާރުގެ މައްސަލަ މައްސަލަ ސިވިލް ކޯޓުން ބާތިލު ކުރީ، ޝަރީއަތުގެ މަޖިލީހަށް ޔާމީންގެ ފަރާތުން އައްޔަން ކުރައްވާފައިވާ ވަކީލު އެއްވެސް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވުމުން ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަށް ކޯޓަށް ހާޒިރު ވުމަށް ވަކީލަށް އަމުރު ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ކޯޓުން ބުނެފައިވެއެވެ.

ކޯޓުން މިމައްސަލައިގައި ގާޟީ އަބްދުއްނާސިރު ޝަފީގު ސޮއި ކުރައްވާ ނެރުނު ހުކުމުގައި ބުނެފައިވަނީ، ކޯޓަށް ވަކީލު ހާޒިރު ނުވީ، މަގުބޫލު އުޒުރެއްނެތި ވަކީލު ކޯޓަށް ހާޒިރުވުމަށް ކުރި އަމުރު އޭނާ އަށް ރައްދު ކުރެވިފައިވަނިކޮށް ކަމުގައެވެ.

ސިވިލް ކޯޓުން ބުނީ، މައްސަލަ ކޯޓުން ބޭރުކުރަން ނިންމީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވައިދުގެ 20 ވަނަ މާއްދާގެ ދަށުން ކަމުގައެވެ. މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލެވޭ ސަބަބެކެވެ.

"މި މައްސަލައިގެ ދައުވާ ފޯމު ބާތިލު ކޮށް މި ގަޟިއްޔާ ނިންމީއެވެ." ޝަރީއަތް ނިމުނުގޮތުގެ ލިޔުމުގައި ވެއެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ރިޔާސީ ގަރާރު ބާތިލުކުރަން ޕީޕީއެމް/ޕީއެންސީން ހުށަހެޅި މައްސަލަ އެއް ސިވިލް ކޯޓުން މީގެ ކުރިންވެސް ވަނީ ބޭރުކޮށްފައެވެ. 28 ޖޫން 2022 ގައި އެ މައްސަލަ ކޯޓުން ބޭރު ކުރީވެސް ޕީޕީއެމްގެ ވަކީލުންނަށް ހާޒިރުވާން ކޯޓުން އެންގުމުން ވެސް މައްސަލައިގެ އަޑުއެހުންތަކަށް ވަކީލުން ހާޒިރު ނުވުމުންނެވެ.

އިންޑިއާ އައުޓް

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
13 އޮކްޓޯބަރު 2024

ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ- ހަނިމާދޫ ކައުސިލްގެ ނައިބު

13 އޮކްޓޯބަރު 2024
ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މިހާރުވީ އިތުރު، ޑޯނިޔާ ވެސް އެބަ ދުއްވާ-  ހަނިމާދޫ ކައުސިލްގެ ނައިބު
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
08 އޮކްޓޯބަރު 2024

މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟

08 އޮކްޓޯބަރު 2024
މުއިއްޒުގެ ފަޚުރުވެރި އިންޑިއާ ދަތުރުފުޅުން ހާސިލްވީ މަލާމާތާ ފުރައްސާރަ ނޫންތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު