Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ އިންޑިއާ ދަތުރުފުޅު

މޯދީގެ މެސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވި ރައީސް މުއިއްޒު ދެއްވީ ރާއްޖެ އަންނަން މޯދީއަށް ދައުވަތު

އެކި ދާއިރާތަކުން ދެއްވާ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 އޮކްޓޯބަރު 2024 | ހޯމަ 13:43
ޕީޕީއެމް އަދި ޕީއެންސީން އިސް ނަގައިގެން ބޭއްވި އިންޑިއާ އައުޓް އެއްވުމުގެ ތެރެއިން

ޕީޕީއެމް އަދި ޕީއެންސީން އިސް ނަގައިގެން ބޭއްވި އިންޑިއާ އައުޓް އެއްވުމުގެ ތެރެއިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މޮސްކޮޓް ހަދައިގެން އިންޑިއާ އައުޓް ގޮވުމުގައި އުޅުއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފިއެވެ.

އިންޑިއާއާއި ދެކޮޅު ސިޔާސަތެއް ގެންގުޅުމަށްފަހު، ގޮތް ހުސްވެ އިންޑިއާގެ ފައިބުޑަށް ވެއްޓުނު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެއްވި މީޑިއާ ބަޔާނުގައި ވިދާޅުވީ އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެ އަށް ފުރަމަނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދަޢުވަތު އަރުވާފައެވެ.

ރާއްޖެ އާއި އިންޑިއާގެ އެތައް ގަރުނެއް ވެފައިވާ ގުޅުމަށް އިޝާރާތްކުރައްވަމުން، ރައީސް މުއިއްޒު، އެ މަނިކުފާނުގެ ބަޔާނުގައި ވަނީ، އެކި ދާއިރާތަކުން ދެއްވާ އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާއިން ރާއްޖެއަށް ކެނޑިނޭޅި ދެއްވާ އެއްބާރުލެއްވުމާއި، ކުރައްވާ ތާއީދަށްޓަކައި ބޮޑުވަޒީރު މޯދީއަށް ނިހާޔަތަށް ޝުކުރުދަންނަވާފައެވެ.

ވަކިން ޚާއްޞަކޮށް، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އިތުރު އެހީގެ ގޮތުގައި ދެއްވި 30 ބިލިޔަން އިންޑިއާ ރުޕީޒް އާއި، ޓީ-ބިލް ރޯލްއޯވަރގެ ގޮތުގައި ދެއްވި މާލީ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖެ އާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވި، އެ އެއްބަސްވުމުގެ އެހީގައި ދެ ޤައުމަށް ހުރި އިޤްތިޞާދީ ފުރުޞަތުތަކުގެ ފުރިހަމަ ބޭނުން ހިފައި، ރާއްޖޭގެ ފަތުރުވެރިކަމާއި ތަރައްޤީގެ އެކި ދާއިރާތަކަށް އިންޑިއާއިން ކުރާ އިންވެސްޓްމަންޓް އިތުރުކުރެވޭނޭކަމުގެ އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ބާޒާރުކަމުގައި ވާ ހިނދު، އިންޑިއާއިން ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވޭނޭކަމަށް އުންމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "އަ ވިޜަން ފޯ ކޮމްޕްރިހެންސިވް އިކޮނޯމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ތަޞައްވަރު ކަރުދާހުގެ މަސައްކަތާ ގުޅުންހުރި ބައެއް ތަފްޞީލުތައްވެސް ދެއްވާފައެވެ. އެގޮތުން، މި ކަރުދާހަކީ، ތަރައްޤީ އާއި، ވިޔަފާރި އާއި ޑިޖިޓަލް، ސިއްޙީ އަދި ސަލާމަތީ ދާއިރާގައި ގުޅުން ބަދަހިކޮށްދޭނޭ އާރުކާޓީއަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލައްވާފައިވަނީ، އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ބަދަހިކަމުގެ ސަބަބުން، ދެ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރެވޭނާކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިންޑިއާ އައުޓްޑރ. މުއިއްޒުގެ އިންޑިއާ ދަތުރުފުޅު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު