Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާގެ މައްޗަށް ކުރާ ދައުވާ

އާޒިމާއަށް ކުރާ ދެ ދައުވާ އަލުން ފަށައިފި: ދައުވާއަށް އިންކާރުކުރާތީ ދެން އޮތީ ހެކި ހާމަކުރުން

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 މާރިޗު 2022 | އާދީއްތަ 06:13
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާއި ގުޅޭ ދެ ދައުވާއެއްގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

މި މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމެވެ. ސްލޫކީ މައްސަލައެއް ފެންމަތިވެ، ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން މިމައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހަސަން ސައީދެވެ. އޭރު މި މައްސަލަ އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަ ދެކެވި، ގޮތެއް ނިންމުމުގެ މަރުޙަލާގައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ އާދަމް ވަނީ ދައުލަތާއި ދިފާއުންވެސް އެދިފައިވާ ގޮތަށް މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އެއާއެކު ދައުލަތުން ވަނީ ދައުލަތުން ކުރާ ދެ ދައުވާ މި އަޑުއެހުމުގައި އިއްވާފައެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރިންގ އަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އިއްވާފައިވާ ދެ ދައުވާއަށްވެސް އާޒިމާ ވަނީ އިންކާރު ކުރައްވާފައެވެ.

އާޒިމާގެ މައްޗަށް އިއްވާފައިވާ ދެ ދައުވާއަށް އޭނާ އިންކާރު ކުރައްވާފައިވާއިރު، ދެން މި މައްސަލައިގައި އޮންނާނީ ދެފަރާތުންވެސް ހެކި ހުށައެޅުމެވެ. އެގޮތުން ގާޒީ ވަނީ ހެކި ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެފަރާތަށްވެސް ދެއްވާފައެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ކްރިމިނަލް ކޯޓަށް ބަލައިގެންފައިވަނީ 2019 ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

މައްސަލައިގެ ޚުލާސާއެއް:

މި މައްސަލައިގައި މީގެ ކުރިން ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނުން އާޒިމާ އޭސީސީއަށް ދޮގު މަޢުލޫމާތު ދެއްވާފައިވާކަމަށް ހާމަވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން އާޒިމާ ފޮނުއްވި ނޯޓެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ލިޔުއްވާފައިވާ ކަމަށެވެ.

ދައުލަތުން ބުނާ ގޮތުގައި އާޒިމާގެ އެ ނޯޓާއި ގުޅިގެން އޭސީސީ ޤަބޫލުކޮށްގެން ތިބީ، އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެ އެއް މިލިއަން ޑޮލަރު ކަމަށެވެ.

ނަަމަވެސް އެ އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާއެއްކަން އޭސީސީއަށް އެނގިފައިނުވާތީ އޭސީސީއަށް ވެސް އެކަމުގެ ތަހުޤީޤެއް ހިންގިފައި ނުވާކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ.

އަދި ރައީސް ޔާމީން ހިންގެވި މަނީ ލޯންޑަރިންގ ކަންކަން ފުރިހަމަވެގެން ގޮސް، ޚިޔާނާތުގެ ފައިސާ އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން 36 މަސް ވަންދެން އޭގެން ފައިދާ ނަގައި، އެހެން ގޮތަކަށް ހޯދި ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އޮޅުވާލައި، ރައީސް ޔާމީން މަނީ ލޯންޑަރިންގ ޢަމަލު ހިންގުމަށް އާޒިމާ މަގުފަހިކޮށްދެއްވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތުު ދެއްވާފައިވާކަން ދަޢުލަތަށް ޤަބޫލު ކުރެވޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އާޒިމާ ވަނީ، އެކްސްކްރޯ އެގްރީމަންޓާ އެއްގޮތަށް ފައިސާ ޖަމާވެއްޖެކަމަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އަދި ނޯޓުގައި އޮތީވެސް ދައުލަތުން ބަޔާންކުރާ އެކައުންޓު ނަންބަރު ނޫންކަމަށް އާޒިމާ ވަނީ އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

އޭގެ އިތުރުން، އޭސީސީއަށް އެއްވެސް ކަމެއްގައި ލަފާ ދެއްވާފައިނުވާނެ ކަމަށާއި، އޭސީސީއަށް ލަފާ ދެއްވުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. ވީއިރު ދެވަނަ ދައުވާގައިވެސް ހިމެނޭ ހަމައެކަނި އަމަލަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުންކަމަށްވާއިރު، އެއް ކަމަކާއި ގުޅިގެން ދެ ދައުވާއެއް ނުކުރެވޭނެކަމަށް ދައުވާއަށް އިންކާރު ކުރައްވަމުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައިވެސް އާޒިމާ ވިދާޅުވެފައިވެއެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު