Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފްގެ ޓްރެއިނިންގ

ޓްރެއިނިންގ ބެޗުން ތިން ޒުވާނަކަށް ސިއްހީ މައްސަލަ ދިމާވެ، އެކަކު ނިޔާވި މައްސަލަ ތަހުގީގުކުރަނީ

12 މާރިޗު 2022 | ހޮނިހިރު 11:42

19 އަހަރުގެ ޒުވާނަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2022 | ހޮނިހިރު 11:42
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ޓްރެެއިނިންގ ހަދަން މާފިލާފުއްޓަށް ދިޔަ ޓްރެއިނިންގ ބެޗުން ތިން ޒުވާނަކަށް ސިއްހީ މައްސަލަ ދިމާވެ, އެކަކު ނިޔާވި މައްސަލަ ބެލުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކެއް ކަމަށެވެ. މި ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންގ ތަކުގައި ބައިވެރިވެވޭ މީހުން ކަމަށެވެ. ނަމަވެސް ތިން ޒުވާނަކަށް މެޑިކަލް މައްސަލަތަކެއް ދިމާވެ, އޭގެ ތެރެއިން އެކަކު ނިޔާވެ ދެވަނަ ޒުވާނާއަށް އައިސީޔޫގައި ފަރުވާކުރަން ޖެހި އަދި ތިންވަނަ ޒުވާނާ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހެންކަމުން ބަލަން ޖެހޭކަންކަން ބެލުމަށް އެކިދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން ކޮމިޓީއެއް އެކުލަވާލެވި މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިކަންކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހާމަކުރެވޭނީ ކޮމެޓީން އެ މައްސަލަ ބަލައި ތަހުގީގުކޮށް ނިމުމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފަށާފައިވާއިރު، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އަދި 21 އަހަރުގެ ޒުވާނަކަށް އެހޮސްޕިޓަލުގެ ވޯޑުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. ނަމަވެސް މި ދެ ޒުވާނުންނަށް ދިމާވީ ކޮންކަހަލަ ސިއްހީ މައްސަލައެއްކަން ހާމަކޮށްފައެއްނުވެއެވެ. މި ދެ ޒުވާނުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައިވަނީ 11 މާޗް 2022ގައެވެ.

މީގެ އިތުރުން ޓްރޭނިންގ ހަދަން މާފިލާފުއްޓަށް ދިޔަ އުމުރުން 19 އަހަރުގެ ޒުވާނެއް 7 މާޗް 2022ގައި ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައިވަނީ ނޭވާލުމަށް އުނދަގޫވެގެންނެވެ. އަދި ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާ ނިޔާވެފައިވާ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އެމްއެންޑީއެފްއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް